ދެކުނުގެ ރަށެއްގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލާގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފުގެ އެއްވެސް ފެއިލިއާއެއް އޮތް ކަމަށްވާ ނަމަ އެކަމަނާ އިސްތިއުފާ ދޭން ތައްޔާރު ކަމަށް ވިދާޅުވެއްޖެއެވެ.

ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ގުޅިގެން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝިދާތާ ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި އެބޭފުޅުންގެ މަސްއޫލިއްޔަތަކަށް ވާނީ މިފަދަ ކޮންމެ ކަމެއްގައި މަސައްކަތްތަކެއް ކޮށް ޖަވަބުދާރީވެވަޑައިގަތުން ކަމަށެވެ. އަދި އެކަން ކުރުމުގައި އެއްވެސް ކަހަލަ ފެއިލިއާއެއް އޮތްނަމަ އިސްތިއުފާ ދެއްވުމަށް ފަސްޖެހި ވަޑައިނުގަންނަވާނެ ކަމަށް ޝިދާތާ ވިދާޅުވިއެވެ.

"އަޅުގަނޑު މަގާމަށް ހަވާލުވި އިރުއްސުރެން މިހާތަނަށް ކުރެވިފަ ހުރި މަސައްކަތަށް ބަލާނަމަ ނިޒާމް ރަނގަޅު ކުރުމަށްޓަކައި ކުރެވިފަ ހުރި މަސައްކަތްތަކާއި އަދި ހާސިލް ކުރެވިފަ ހުރި މަސައްކަތައް ވަރަށް ގިނަ. އަޅުގަނޑުގެ މަސައްކަތަކަށް ވާނީ މިފަދަ ކޮންމެ ކަމެއްގަ މަސައްކަތްތަކެއްކޮށް ޖަވަބުދާރީވުން. އަޅުގަނޑުގެ ފެއިލިއާއެއް މިއިން އެއްވެސް ކަމެއްގަ ސާބިތުވެއްޖެ ނަމަ އިސްތިއުފާ ދިނުމަކީ އަޅުގަނޑު ފަސްޖެހޭނެ ކަމެއް ނޫން" މިނިސްޓަރު ޝިދާތާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެކަމަނާ ކުރައްވާ ކަންކަމަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. ޖެންޑާ މިނިސްޓްރީގެ އިހްތިސާސްގެ ތެރެއިން ކުރެވޭ ކަންކަން އިތުރަށް ހަރުދަނާކޮށް، ކުޑަ ކުދިންނާއި އެހެނިހެން ފަރާތްތަކުގެ ރައްކާތެރިކަމާއި، އެފަރާތްތަކުގެ ހައްގުތައް ކަށަވަރު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރެވިގެންދާނެ ކަމަށެވެ.

މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝިދާތާ ވަނީ ވ. ރަކީދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި މުހައްމަދު އިބްތިހާލުގެ މައްސަލައާ ގުޅިގެންވެސް ވާހަކަދައްކަވާފައެވެ. އެކަމަނާ ވިދާޅުވީ އެ މައްސަލާގައި އެކަމަނާއަށް އިނގިލި ދިއްކުރެވެން ފެށީ ކުރީގެ ރައީށް އަބްދުﷲ ޔާމީންގެ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރަން ފެށި ހިސާބުން ކަމަށެވެ. އަދި އެކަމުގައި އެކަމަނާއަށް އެއްވެސް ކަހަލަ ތުހުމަތުތަކެއް ކުރެވިފައި ނުވާ ކަމަށާއި ތުހުމަތުތަކެއް ކުރެވުނު ނަމަ އެކަމަނާ ޖަލަށް ނުލާ ނުހުންނާނެ ކަމަށެވެ.

މިނިސްޓަރު ޝިދާތާ މިފަދައިން ވިދާޅުވިއިރު ކުޑަ ކުއްޖާގެ ރޭޕްގެ މައްސަލާގައި މިނިސްޓަރު ޝިދާތާގެ އިސްތިއުފާއަށް އިއްޔެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ގޮވާފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ މަގުތަކަށް ނިކުމެވެސް ޝިދާތާގެ އިސްތިއުފާއަށް ގޮވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ގުއިދައިތަ

    ބޮޑު ފެއިލިއަރ އެއް..

    11
  2. ހައްސާނު ހާފުސީ

    ކަމަނާ ގައިގަ ހުރި ހުރިހާ ލެޔެއްފައިބާ ހުސްވުންތަ ފެއިލިޔާ އަކީ މިނިސްޓަރަކު ފެއިލްވާނީ ތިހާވަރަކަށް ކަންނޭގެ އަދިވެސް ގަދަބަސް ބުނަންހުރީދޯ އަވަހަށް އިސްތިއުފާދީފަ ގެއަށްދޭ ތީ ހަމަ ބޮޑު ފޭއްޔަކާ ބެޑުސީޓެއް ކަމަނާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ......

    11
  3. ޙސސސ

    ފެއިލް ވެފަ ތިހުރީި..... އިސްތިއުފާ ދީ

    10
    1
  4. އަހްމަދު

    ކަމަނާ ފެއިލްވެފައިވާ ވާހަކަ ބުނަންވީ ކާކު؟ ރައްޔިތުން މިބުނަނީ ފެއިލް ވެފައޭ. އިބޫއެއްނުބުނާނެ ފެއިލް ވެފައެކޭ. އެހެންބުނެފިނަމަ ސަރުކާރުވެސް ފެއިލްވީ.

    10
  5. Anonymous

    ވަޓައަޖޯކް. ކަލެއަށް ރަނގަޅަށް ކުރެވުނު ކަމެއްބުނެބަލަ؟ އެކުއްޖާފުޅުގެ މައްސަލަ ހޫސަހެޅިތާ 3 ދުވަސްފަހުން ބަޔާންގަނޑެއްވެސް ނެރެވުނީ. ސިއްޙީފަރުވާއަށް މާލެ ގެނެވުނީ މިއަދު. ވަގުތުން ވަގުތަށް އެކުއްޖާ މާލެ ގެންނަންޖެހޭނެ. ވަގުތުން ވަގުތަށް އެ 3 ފިރިހެނުން ހައްޔަރުކުރެވި ތަޙްގީގު ކުރެވި އަވަސް ޝަރީއަތެއް ހިންގެންޖެހޭނެ. ރައީސްމީހާ ޖެހޭނެ ޓާސްކްފޯސް ހަދާ އެކަން މޮނިޓަރ ކުރަން. ޓްވީޓް ކުރާނެ ވެރިއެއް ބޭނުމެއްނޫން އަމަލީ ކަމެއްނުކުރެވޭ ސޮހޮލެއް ރައީސްއަށްހުރީ ސެލްފީނަގާފަ ބަޔާން ނެރެންހުރި ހުސް ހޮޅެއް. ތަނެއްދޮރެއްނޭނގޭ ގޮފަޅެއް.

  6. Anonymous

    ކުއްޖާމާލެ ގެނެސް ސިއްޙީ ފަރުވާދޭން ފެށުން 5 ދުވަހަށް ލަސްވުމަށްވުރެ ބޮޑު ފެއިލިއަރ އެއް އޮންނާނެތަ.. މުނާފިގުންގެ ބަހާ އަމަލު ދިމާނުވާނެ. ނުކެރޭނެ އިސްތިއުފާދޭކަށް.

  7. ޙަސަނާ

    ތިމަންނަ އާއި ދިމާލައް އެންމެފުރަތަމަ އިގިލިދިއްކުރީ ޔާމިނުގެ ވެރިކަމާ ދެކޮޅައްނުކުތީމަޔޯ ލަދުކޮޮބާ ހިތުން ނަސީދުގެ ލޯބި ހޯދީ ދޯ ދެންތިހުރީސަލާމަތްވެފަ ކޮންމެކަމެއްކޮއްފަވެސް ޔާމިނޭ ބުނާހިސާބުން ދެން އެމީހަކައް އެ ރުހުންލިބުނީ..

  8. Anonymous

    ކަމަނާ ކިހާވަރެއް ވީމަތޯ ޤަބޫލް ކުރާނީ ފެއިލްވީކަމަށް

  9. Anonymous

    ވާނެ އެއްޗެއްވެއްޖެ. އަވަހަށްދީ

  10. Anonymous

    ރަނގަޅަށް މަސައްކަތް ކުރާ އެންމެ ދާއިރާއެއް ވެސް ނެތް . މީހުންގެޢާއްމު ޞިއްޙަތު ސަލާމަތުން ހުރެގެންނު ކަންކަން ވާނީވެސް .
    ޞިއްޙީ ދާއިރާވެސް ......

  11. މިދައިތަ

    އިބްތިހާލްގެމައްސަލައިގަ އެކަށީގެންވާ ފިޔަވަޅެއްއެޅުނުނަމަ އެއަނިޔާވެރިޢަމަލުހިންގަން ފުރުސަތެއްނުލިބުނީސް އެހެންވެމިބުނަނީތީ ފޭލިއާއެކޭ ދެންއެބުނަނީ ތުއްތުކުއްޖާގެމައްސަލަވެސް ތިންދުވަސްކުރިން ހުށަހެޅުނުކަމައް ކީއްވެބާ ވަޤުތުން ހިމާޔަތްނުދެވުނީ ތީބޮޑުފޭލިޔާއެއް އަވަހައް އިސްތިއުފާދީ

    • ނުރަބޯ

      ތިކަން އެކަނިއެއް ނޫން. 15އަހަރުގެ ކުއްޖަކު ބަނޑުބޮޑުވެގެން މައްސަލަ ހުށަހެޅިފަހުން 1މަސް ވިއިރުވެސް އަދިވެސް އިތުރު މައުލޫމާތު ނުލިބިގެން އެއްވެސް ފިޔަވަޅެއް ނޭޅިކަމަށްވަނީ. އެވެސް އެކުއްޖާގެ ދޮން ބައްޕަ އެކުއްޖާ ރޭޕްކޮށްގެން. ސިދާތާ މިހާރުން މިހާރަށް އިސްތިއުފާ ދޭންޖެހޭ.

  12. ފާރޫގް

    ފެއިލިޔާއެއް ނޫންތޯ ކަމަނާ ހިމެނޭ ސަރުކާރު ފެއިލް ވީމަ.ކިތެއް މައްސަލަތޯ ހުށަހެޅޭނީ.އެދެވޭ ހައްލެއް ނުލިބި ކުށްތައް ތަކުރާރުވުން ފެއިލިޔާއެއް ނޫންތޯ؟ނިކަން އިސްތިއުފާ ދީބަލަ.އެއިރުން ކަމަނާ ދިމާލަށް އިސްތިއުފާއަށް ނުގޮވާނެ.

  13. ހުސޭނުބޭ

    ފެއިލިޔާ ނޫން އެއްޗެއް ނެތް! ދެން ބާކީ އޮތީ އެ ދައިތަގެ ގެއްލޭ ބެޑްޝީޓް! މިނިސްޓަރުކަމުގައި ބަގުޑިބައްދައިގެން ހުރޭ!