ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލާގައި ހިމެނޭ އެކުއްޖާ މުނިކާފައަކީ މީގެކުރިން މީހަކަށް ޖިންސީ ގޯނާ ކޮށްގެން ފުލުހުން މައްސަލަ ބަލާ ޝަރީއަތަށް މައްސަލަ ފޮނުވާފައިވާ މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.

އިސްކަންދަރު ކޮށީގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ވިދާޅުވީ އިއްޔެގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އުމުރުން 82 އަހަރުގެ މީހާ ނުވަތަ ޖިންސީ ގޯނާކުރި ކުއްޖާގެ މުނިކާފަ މުޖުތަމައުއަށް ދޫކޮށްލާފައި ހުރީ އޭނާގެ އުމުރަށް ބަލާފައި ކަމަށެވެ. އެމީހާގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ 2018ވަނަ އަހަރުގެ ތެރޭގައެވެ.

"ފުލުހުން ތަހުގީގު ކުރުމަށް ފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވާނީ ފޮނުވާފައި. އެ މައްސަލާގައި ހިނގި ކަމަށް ހުށަހެޅުނު ކުށުގެ އަމަލާއި އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހާގެ އުމުރަށް ބަލާފައި ފުލުހުން އޭރު ނަގާފައި އޮތް ޑިސިޝަނެއް އެ މައްސަލާގައި އޭނާ ހައްޔަރު ނުކޮށް، އެ މައްސަލަ ތަހުގީގު ކުރަން." މަންނާން ވިދާޅުވި އެވެ.

މަންނާނު ވިދާޅުވީ އެމީހާގެ މައްސަލަ ދައުވާ ކުރުމަށްޓަކައި ޕީޖީއަށް ފޮނުވީ 2018ވަނަ އަހަރުގެ މެއި މަހުގެ 31ވަނަ ދުވަހު ކަމަށެވެ. އަދި އެ މައްސަލައިގެ ޝަރީއަތެއް މިދިޔަ އަހަރު ބޭއްވި ކަމަށްވެސް މަންނާނު ވިދާޅުވިއެވެ.

ދެ އަހަރުގެ ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެފައި ވަނީ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެކަމުގައި ވަގުތުން ވަގުތަށް ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ.

ޝިދާތާ ޝަރީފު ވިދާޅުވީ ކުއްޖާއަށް އެފަދަ ކަމެއް ބަޔަކު ކޮށްފައިވާކަން ޑޮކްޓަރުގެ ރިޕޯޓުތަކުން އެނގުމާއި އެކު އެކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ. އެގޮތުން ޝިދާތާ ވިދާޅުވީ އެ މައްސަލާގައި އެކި މުއައްސަސާތަކުން އަދާކުރަމުންދާ ރޯލަކީ މުޅިން ތަފާތު ރޯލުތަކެއް ކަމަށާއި އެހެންނަމަވެސް ކުއްޖާ ރާއްކާތެރި މާހައުލަކަށް ގެންގޮސް އެ މައްސަލަ ތަހުގީގު ކުރުމަށް ގިނަ މަސައްކަތްތަކެއް ވަގުތުން ވަގުތަށް ކުރެވިގެންދިޔަ ކަމަށެވެ.

"ކަލެކްޓިވްލީ ވަގުތުން ވަގުތަށް ފިޔަވަޅުތައް ދިޔައީ އެޅެމުންކަން ފާހަގަކޮށްލަން އަޅުގަނޑުމެން މަސައްކަތް ކުރީ ވީ އެންމެ އަވަހަކަށް ކުއްޖާ ރައްކާތެރި މާހައުލަކަށް ގެންދިއުމަށް، އަދި ފުލުހުން ވެސް އަޅުގަނޑުމެންނާއި ގުޅިގެން މަސައްކަތް ކުރަމުން ގެންދިޔައީ ވީހާވެސް އަވަހަކަށް އެކަމާއި ގުޅިގެން ކުރަންޖެހޭ އެހެން ކަންކަން ކުރުމަށް،" ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ މިފަދަ މައްސަލަތަކުގައި އެންމެ ފުރަތަމަވެސް ދައުލަތަށް ކުއްޖާ ނެގުމަށްފަހު ދައުލަތުން ކުދިން ބަލަހައްޓާ މަރުކަޒުތަކަކަށް ކުދިން ނުގެންދާ ކަމަށެވެ. އަބަދުވެސް އަމަލު ކުރަމުން އަންނަ އުސޫލަކީ އެފަދަ ކުއްޖަކަށް އާއިލާގެ ތެރެއިން ރައްކާތެރި މާހައުލެއް ލިބޭ ތަނެއް ހުރި ކަމަށްވާނަމަ އެފަދަ ތަނަކަށް ކުއްޖާ ގެންދިއުން ކަމަށް ޝިދާތާ ވިދާޅުވިއެވެ. އެގޮތުން ޝިދާތާ ވިދާޅުވީ އަނިޔާ ލިބުނު އަންހެން ކުއްޖާ މިހާރު ހަވާލުކޮށްފައިވާ އެ ކުއްޖާގެ އާއިލާ ފަރާތަކީ އެކުއްޖާއަށް ރައްކާތެރިކަން ދެވޭނެ ފަރާތެއްތޯ ބަލާފައިވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ބުރުގާ

    ތިއޭ ތި މުއަށްސަސާ ތަކުގެ މައްސަލަ އަކީ.....ނުޖެހޭ އުމުރަށް ބަލާފަ އެކަހަލަ ޖަނަވާރުން މުޖުތަމައު ތެރެއަށް ދޫކޮށްލާކަށް.. އެކަހަލަ ޖަނަވާރުން ހިތަކަށް ނާރައޭ ތިމަންނަ މިހިރީ މުސްކުޅިވެ ގައި ބާރު ދެރަވެފައޭ.. ދެން ކީއްކުރަން އެހެން މީހުން އެކަހަލަ ގޮތެއް ފޮތެއް ނެތިގެން ތެޅޭ މީހުން ގެ އުމުރަށް ބަލާފަ މުޖުތަމައު ތެރެއަށް ދޫކޮށްލާކަށް....

    83
    • ރައްޔިތުމީހުން

      ކުދިންނާބެ~ހާ ވަރު ހުންނަން ޔާ ޖަލުގަވެސް އޮވެވޭނެ..

      52
  2. ކޮރަލް

    މިއޮތީ އިހްމާލް ވެފަ އެވެ.

    57
    1
  3. ގައުމު

    އުމުރައްބަލާފަ ދޫކޮއްލީ އޭ ލަދެއް ނުގަނޭތަ ތިހެން ބުނަން އޭނަ އަހަރެމެންނާހަވާލު ކުރޭ ގޮއް ނިންމާނީ އަހަރެމެން

    61
  4. Anonymous

    ކުއްޖާ ރޭޕް ކުރި އިރު ކުއްޖާގެއުމުރަށް ނުބެލިއިރު ަަަަަަޔަށްފިޔަވަޅުއަޅަންވީމައޭނަގެއުމުރށްލާކަށްނުޖެހޭ?ލ

    61
    2
  5. Anonymous

    ތާހިރުވެއްޖެ. ފުލުހުންގެ އިޙްމާލް. މަންނާން ވަޒީފާއިން ވަކިކުރޭ. މަންނާނަނަކީ މމޕރސ ގެ ޚިޔާނާތުގައި ނަން އޮތް މީހެއް. ތިމުއައްސަސާގައި ބެހެއްޓިގެން ނުވާނެ.

    33
  6. Anonymous

    ވަރަށް ނާގާބިލް ސަރުކާރެއް. ރައީސްމީޙަވެސް މިނިސްޓަރުންވެސް ފުލުހުންމާ ހުރިހާ މުއައްސަސާތަކެއް. ސަރުކާރު އިސްތިއުފާ!!!

    38
    3
  7. ސަނާ

    ުްކުޖާރޭޕްކުރިއިރުކުއްޖާގެއުމުރަށްނުބެލި އިރު ފިޔަވަޅުއަޅަންވީމައޭނަގެ އުމުރަށްބަލާކަށްނުޖެހޭ. ސަރުކާރުގެއިސްވެރިން މިކަހަލަދަށުދަރަޖައިގެމީހުންނަށް ސާފުކޮށް ތިދޭއެއްބާރުލުމަކީދަރިންތައް ހަލާކުވުމުގެމައިގަނޑުސަބަބު..އިހުމާލުތިވަނީ ފާޅުގަ..މާތްﷲމިކުއްޖާއަށް އިންސާފުދެއްވާނެ ދުވަހެއް އަންނާނެ... މިކަހަލަ ޖާހިލުންނެތިކުރައްވާނެ.

    28
    1
  8. Anonymous

    ???

    13
  9. ކުއްޖާ

    ޢުމުރަށް ބަލާފަ ދޫކުރާކަށް ނުޖެހޭ...އޭނަ އެނުލަފާ ކަންތަށް ކުރީ އުމުރެއް ބަލާފަަތަ..ފުލުހުނަށް ނުބެލެހެއްޓެންޔާ ރައްޔިތުންނާ ހަވާލު ކުރަންވީނު....

    34
  10. ނުރަބޯ

    މިރާއްޖޭގެ ކޯޓްތަކުން މިއަށްވުރެ އަވަހަށް މައްސަލަ ބެލޭނެގޮތެއް ހަމަ ނެތީތަ. 2014/2015ވަނަ އަހަރުގެ މައްސަލައެއް ކޯޓަށް ފޮނުވުނީ 2018ގަ، ކޯޓުން އަޑުއެހުމެއް ބޭއްވުނީ 2019ވަނަ ދެބައިވީފަހުން. އަދި ދެން އޮތް އަޑުއެހުމެއް ބޭއްވޭނެ ދުވަހެއް ނޭންގޭ. ޝުކުރިއްޔާ ޕީޖީ އޮފީސް، އަދި ހުރިހާ ކޯޓްތަކަށް.

    23
    1
  11. ޢިންސާފް

    ކަލޭމެންގެ ލަދު ކޮބާ؟ 83 އަހަރުގެ މުސްކުޅި އެއްވެސް ސިޔާސީ މައްސަލައެއްގަ ޖަލުގަ ތެޅުވީ ވެސް ހަމަކަލޭމެން.. އެކަމު ތި ޖަނަވާރު ހައްޔަރުނުކުރީ އޭނަގެ އުމުރައް ބަލާފަ

    23
  12. ޙަމޭ

    01 އަހަރު ޕީޖީއަށް މައްސަލަ ވެއްދީމަ، އަނެއް އަހަރު ޝަރީއަތެއް ބާއްވާފަ، ދެން ޖެހިގެން އަންނަ އަހަރު އަޑު އެހުމެއް ބާއްވާފަ، އަނެއް އަހަރު ހެކިންގެ ބަޔާނެއް ނަގާފަ، ވަރުގަދަ ޝަރީއަތްތައް ދޯ. ސީރިއަސް މައްސަލަތަތަކަށް މިނޫން ވަރެއް ވާނީ ކޮން ދުވަހަކުން

    20
  13. Esoru

    Muni kaafa thankolhen muhssandhi or sarukaaruge issbeyfulhehge dhariyakaa behilaa dhookohlaathw.

  14. ހޯހޯ

    އު މުރައްބަލާފަ އަދިވިސް ތިކަންކުރަންފޮނުވީދޯ . ޢެ މައުސޫ މު ކުއްޖާފަކީރުގެ އުމުރައް ބެލިތަ އެފަދަ ޖަނަވާރު މީހުން

  15. ސަންފާ

    މުސްކުޅި ވުމަކީ ހުރިހާ ނުބައި ކަންތައް ތަކަށް ދެވޭ ލައިސަންސް އެއްނުން. އެހުރިިިހާ ނުބިއަ ކަމެއް ކުރުމަށް ހިތްވަރު ހުންނަ ހެން ކުޑަގޮޅީގަ އިންނާނެ ހިތްވަރު ވެސް އެ މީހާގެ ހުންނާނެ.

  16. މޯޑު

    ބަލަ އޭރު ވެރިކަމުގަ ހުރީ ޔާމީން ކިޔާ މީހެން އޭނަ ޕާޓީ މީހެން ވީމަ ބެއްޔާ ދޫކޮންލީ

    1
    3
  17. ހޮޅިވެދާނެ

    އުމުރަށް ނުބަލާ އޭނާގެ އެދުންވެރިކަން ހައްދުފަހަނައަޅާފައި ހުރިވަރު ބެލިނަމަ. އެހެން މީހުންގެ ތުއްތު ދަރިންގެ ހިމާޔަތަށް ބެލިނަމަ. އުމުރޭ ބުނާއިރަށް ބައެއް މީހުންނަށް އެއޮތް ވެވޭ ހަމްދަރުދީއެއް. ބައެއް މުސްކުޅިން ވަރިހަމަ ކިތަންމެ ނުލަފާ ކަމެއް ކުރަންވެސް އަދި ކޮންމެ ނުލަފާ އެއްޗެއް ކިޔަންވެސް. އެމީހުންނަށްވީމަ އޮޓޮމެޓިކުން މާފު ލިބޭ ގޮތަށްތަ އޮންނަންވީ؟