ކޮރަޕްޝަން ނައްތާލެވޭނީ އަމިއްލަ ނަފްސު ކޮރަޕްޝަނާއި ދުރުކޮށްގެން ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިރޭ ދިވެހި ރާއްޖޭގެ އިސްލާމިކު ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަ އަކީ ތަފާތު އެކި ސަރުކާރުތަކުން މިކަމާއި ގުޅޭގޮތުން ތަފާތު އެކި ބަހުސް ކުރެވި ތަފާތު އެކި ވާހަކަ ދައްކަމުން އަންނަ ބޮޑު މައްސަލައެއް ކަމަށެވެ.
"ކޮރަޕްޝަންގެ މައްސަލައަކީ ދިވެހި ރައްޔިތުން ހުރިހާ ސަރުކާރެއްގައި ވެސް އެ ސަރުކާރެއްގެ އިސްވެރިންނަށް އަބަދުވެސް ތުހުމަތުގެ އިނގިލި ދިއްކުރާ ބޮޑު އިޖުތިމާއީ މައްސަލައެއް. މިއަދު އަޅުގަނޑުމެންގެ ތެރޭގައި ކޮރަޕްޝަން އޮތް މިންވަރާއި ދޭތެރޭ އަޅުގަނޑު މިރޭ ވާހަކަ ދައްކާކަށް ނެތިން" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ މި މައްސަލަތަކާއި މެދު ވަކިން ހާއްސަކޮށް ކޮރަޕްޝަން އަޅުގަނޑުމެންގެ ތެރޭގައި ފެތުރިގެންދާދިއުން ކުޑަކުރުމަށްޓަކައި އަޅުގަނޑުމެން ހުރިހާ ދިވެހި ރައްޔިތުން ވިސްނާ ފިކުރު ކުރަން ޖެހޭ ކަމަށެވެ.
"ކޮރަޕްޝަންގެ މައްސަލައިގައި އެކި ފަރާތް ތަކަށް އިނގިލި ދިއްކުރެވޭއިރު އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ އެފަދަ ފަރާތްތަކަށް އިނގިލި ދިއްކުރާ ފަރާތް ތައްވެސް ކޮރަޕްޝަންގެ މައްސަލަތަކުގައި ޝާމިލުވާކަން" މިނިސްޓަރ ވިދާޅުވިއެވެ.
ކޮރަޕްޝަން ނައްތާލެވޭނީ އަމިއްލަ ނަފްސު ކޮރަޕްޝަނާއި ދުރުކޮށްގެން ކަމަށާއި ހުރިހާ ދިވެހި ރައްޔިތުންގެ އެއްބާރުލުން މިކަމުގައި ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޝަރީފު.ބުންޏަސް ތީ ހަމަ ރަނގަޅު ވާހަކައެއް.. ތީވާހަކަ ތަންކޮޅެއް ގީނައީން ޔާމީނު ކަންފަތްކާރީ ތަކުރާރުކޮއް ކީޔާލަދޭތީ.. އަދީ އަމީއްލަ ނަފުސައްވެސަ ގީނަގީނައީން ކީޔާލަދޭތީ..
އެހެންވީމާ އެންމެފުރަތަމަ ކޮރަޕްޝަނުން ދުރުހެލިވާންވީ މިސަރުކާރުގެ ބޮޑުން ނޫންތަ ؟
ވަރަށް ރަގަޅު ވަަހަކަ އެއް މި ސަރުކާރުގަ އޮތީ މުޅިންވެސް ކޮރޮޕްޝަން ދެން ހުރިހާ މީހުންނަށް ދައުވާ ކުރޭ
ދަތްދޮޅި ސަރީފޫ ލަދުކޮބާ ؟