ދެކުނުގެ އަތޮޅުގެ ރަށެއްގައި ދޮން ބައްޕަގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު ބަނޑުބޮޑުވެއްޖެ އެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން އޭގެ ތެރެއިން އެއް ކުއްޖަކު ބަނޑުބޮޑުވިކަން އެނގުނީ މީގެ ތިން މަސް ކުރިން ސްކޫލް މެދުވެރިކޮށްގެން ކުރި ޓެސްޓުތަކަށް ފަހު އެވެ.

ކިޔެވުމަށް މޮޅު އެ ކުއްޖާ ބަނޑުބޮޑުވުުން މިހާރު ސްކޫލަަކަށް ނުދެއެވެ.

14 އަހަރާއި 15 އަހަރުގެ މި ދެކުދިންނަށް ދޮން ބައްޕަ އެންމެ ފުރަތަމަ ޖިންސީ ގޯނާ ކުރީ މީގެ ހަތަރު އަހަރު ކުރިން ކަަމަށް ވެއެވެ.

އެއިރު ޖެންޑާ އިން އެކުދިން ރައްކާތެރި މާހަލައުލަކަށް ބަދަލު ކުރި ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، ދެކުނުގެ ރަށެއްގައި ކުއްޖަކު ބަނޑުބޮޑުވި މައްސަލައެއް މީގެ އެއް މަސް ކުރިން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލާގެ އިތުރު މައުލޫމާތު ހޯދަން އެދިފައިވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ބަނޑުބޮޑުވި ކުއްޖާއަށް ދޮން ބައްޕަ ފިޔަވާ އިތުރު މީހެއްގެ ޖިންސީ ގޯނާ ލިބުނު ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ނުރަބޯ

    1މަސް ވީއިރުވެސް އިތުރު މައުލޫމާތެއް ނުހޯދުނޭތަ ތިބުނީ. ޝިދާތާ ސޯޓު އަނެއްކާވެސް އިތުރަށް ބޭލޭގޮތް މިވަނީ

    165
    5
    • ފަންބޯ

      ޝިދާތާ ސޯޓެއްލައިގެނެއްނު ބޭލޭނީވެސް ކަލޭނެން ތިބެނީ ކަމެއްވާއިރަށް ސަރުކާރާ ބެހިބެހި

      24
      126
      • ސިދާތާ

        ބަލަމުންދަނީ ބަލަމުންދަނީ އެހިސާބުން ޒިންމާ އަދާވީ ބޮއިހަލާކް

        78
        5
      • ޙަސަނު

        ސަރުކާރާ ބެހެނީ ބެހެން ޖެހޭތީ.ވަކި ސަރުކާރެއް އޮތީމަ ބެހެން އޯކޭ ދޯ.

        96
        7
      • ހުސޭނުބޭ

        ސިދާތާ ސޯޓު ލައިތޯ ނުލައިތޯވެސް ކަލޭގެ ބަލައިފި! ކަލޭ ގަދަ!

        45
        1
  2. ޢަންސާރު

    ޝިދާތާ އިންސާފު އަރާ ހަމަކުރާނެ.އިންޝާ ﷲ

    102
    9
  3. ބޮހަލާކު

    1މަސް ވީއިރުވެސް ވީ އެވިސް ކަމެއް ނެއް ؟؟

    74
    4
  4. Anonymous

    އެތަނުން ކޮން ކުއްޖެއް ބަނޑު ބޮޑީ؟؟؟

    50
    6
  5. މަންމަ

    ހުވާ އަހަރެންގެ ބޯ ގުޑައިފި. ކިހާ ވަރުގަދަ ކަމެއް. ވެއްޖެނު ކޮންމެވެސް ބަޔަކު ނުކުމެ އެސެސްމެންޓެއް ހަދަން ކޮންމެ ރަށެއްގަ. ކިތައް ކޭސް ރިޕޯރޓް ނުކޮށް ހުރިތޯ ބަލަން.

    97
    4
  6. އަޅުގަނޑު

    ހާދަ ހިތާމަވެރި ޚަބަރެކޭ. ރޭޕް ގެ ޚަބަރެއް ނޫހަށް ނާރާނެ ދުވަހެއް ދެން ނުފެންނާނެބާ؟

    50
    2
  7. ޖެކް

    މި ވަލު ކުއްތާތައް މާރަން ހުކުމް ކުރޭ.
    މި ގައުމުގާ އިސްލާމީ ޝަރީޢަތް ތަންފީޛު ކުރުމަށް ގޮވާލަން

    75
    1
  8. ދދދ

    ދެކުނުގެ އަތޮޅުތަކަށް މިވަނީ ކިހެނެއް؟ ވިސްނާ ބަލައިފިނަމަ އެނގޭނެ. މީ އެހެން އަތޮޅުތައް މޮޅުކުރަނީ އެއް ނޫން. ދެކުނުގެ އަތޮޅުތަކުގައި ޖިންސީ ގޯނާ ކުރުމާއި ކުށްކުރާ މީހުންގިިނަ.

    36
    8
  9. އިސްތިޢުފާ

    ޝިދާތާ އިސްތިޢުފާދީ ޒިންމާއެއްނުއުފުއްލެއެއްނު އަވަސްއަވަސް އިސްތިޢުފާދީ

    18
  10. ފޭބިތަކުރު

    ޜަކީދޫގައި ހިގި ހާދިސާ ގައިވެސް ޢިހުމާލުވި ފަރާތެއްނެތް! ޟަސްއޫލިއްޔަތު ނުއުފުލެންޏާ މަސްއޫލިއްޔަތަކީ ކޮބައިކަން ފަހުމު ނުވަންޏާ ޜައްޔިތުންގެ ފައިސާ ހަރަދުކުރަން ކޮންހާ މިނިސްޓްރީތަކެއް! ތިޔަކަހަލަ ތަންތަން ނެތަސް އުޅެވޭނެ!

    20
    1
  11. އޭނަ

    އާއިލީ ގޮތުން ވާރުތަވާ މިމުސީބާތެއްބާ؟؟

    23
    4
  12. ލާމު

    ދިރާގާ އުރީދޫ އިން އޮރިޔާން ސައިޓް ތަކަށް ނުވަދެޥޭ ގޮތް ހަދާ ދިނުން އެދެމެވެ. ވީޑިޔޯތައް ބަލާފަ ބަޔަކު އެބަ މޮޔަ ވެ އެވެ .

    18