މިއީ މީގެ 20 އަހަރު ކުރިން ދެކުނުގެ ރަށެއްގައި ކުއްޖަކާއި ބެހިގެން އެ ކުއްޖާގެ ބައްޕަ ނިކުމެ ކުއްޖާގެ ކާފަ އަށް ވަޅިން ހަމަލާދީ ކޮށާ، މަރާލި ހާދިސާގެ ވާހަކައެވެ. އޭރު ގިނަ މީހުންނަށް މި ވާހަކަ އަޑު އިވިފައިވި ނަމަވެސް މިހާރު ގިނަ މީހުންނަށް މިވާހަކަތައް ހަނދާނެއް ނުހުންނާނެއެވެ.

އޭރު އެ ކުއްޖާގެ ބައްޕަ އުޅެނީ ނެޝަނަލް ސެކިއުރިޓީ ސާވިސް (އެންއެސްއެސް) ނުވަތަ މިހާރުގެ އެމްއެންޑީއެފްގައެވެ. އަންހެން ކުއްޖާގެ ކާފަ އެކުއްޖާއަށް ޖިންސީ ގޯނާ ކުރާ ކަން އެނގިގެން އެ ކުއްޖާގެ ބައްޕަ ވަނީ ކާފައަށް އިންޒާރުވެސް ދީފައެވެ. އެހެންނަމަވެސް ކާފަގެ އުޅުމަކަށް ބަދަލެއް ނާދެއެވެ. ދެން އޭނާ ވަނީ އެ ކާފަ ކައިރީ އެމީހުން ދިރިއުޅެމުން އަންނަ ގެ ކައިރިންނާއި އެ މަގުންވެސް ނުހިނގަން އިންޒާރު ދީފައެވެ.

އެހެން ނަމަވެސް، ސަރުކާރުގެ މުވައްސަސާތަކަށްވެސް މި މައްސަލަ ހުށަހަޅައިގެން ކުއްޖާގެ ބައްޕަ އަށް ހައްލެއް ފެނިފައެއް ނުވެއެވެ. އެހެންކަމުން ކުއްޖާގެ ބައްޕަ އިންޒާރު ދީފައި ވަނިކޮށް، ރޯދަ މަހެއްގެ އަސުރު ނަމާދަށްފަހު ކުއްޖާގެ ކާފަ، އެގެ ކައިރިން ދަނިކޮށް ފެނުމުން، ބައްޕަ ގާތަށް އައި ރުޅިން އެންމެ ފަސޭހައިން އަތު ޖެހުނު "ވަޅި" ނަގައިގެން ފާރު މަތިން ފުންމާލައި، އެ ކާފަގެ ކަރަށާއި ބަނޑަށް ހަމަލާ ދިނެވެ. އެއަށްފަހު އެ ކާފަ ބިންމައްޗަށް ވެއްޓުނު ހިސާބުން "ކޮށާލި" އެވެ.

ކާފަ މަރާލުމަށްފަހު އެ ފިރިހެން މީހާ ދިޔައީ އަތޮޅު ވެރިޔާ އާ ބައްދަލު ކުރަންށެވެ. އަދި އަތޮޅުވެރިޔާ ކައިރިއަށް ގޮސް ވަނީ ކާފަ މަރާލި ކަމަށް ބުނެފައެވެ. އަދި އޭނާ އެގޮތަށް އަމަލު ކުރަން ޖެހުނު ސަބަބުވެސް ކިޔައިދީ، ފުލުހުންނަށްވެސް ގުޅުމަށް އެދުނެވެ.

މި މައްސަލައިގައި ކުއްޖާގެ ބައްޕައަށް ވަނީ ހުކުމްވެސް ކޮށްފައެވެ. މި ހާދިސާ ހިނގި އިރު އަންހެން ކުއްޖާގެ އުމުރުން އޭރު ވާނީ އެންމެ 5 ވަރަކަށް އަހަރެވެ.

މިއީ މީގެ 20 ވަރަކަށް އަހަރު ކުރިން ޖިންސީ ގޯނާ ނުވަތަ ރޭޕް މައްސަލަ އަށް ޙާއްސަ ގާނޫނުތަކެއް ނެތް އިރެވެ. ނަމަވެސް، މިހާރު ވަނީ އެކަމަށް ގާނޫނުތައް ހަދާފައެވެ. އެހެންކަމުން ޖިންސީ ގޯނާގެ މައްސަލަތައް ލަސްނުކޮށް، ވީހައިވެސް އަވަހަކަށް ކަމާއި ގުޅުން ހުރި މުއައްސަސާތަކަށް ހުށަހަޅާށެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. ޤައުމު

    ދެން މި ކަހަލަ ކުރީގެ ވާހަކަތައް ނަގައި މުޅި ޤައުމުގައި ރޭޕް އޮތްކަމަށް ވާހަކަދެއްކުމުގެ ބަދަލުގައި ކަންކުރި މީހުނަށް ބިރު ދައްކައި މަރުގެ އަދަބުވެސް ދޭންޖެހޭކަމަށް ޝާރީޢަތަށް ސާބިތުކޮށް އެ އަދަބު ދިނުން ބުއްދިވެރި. މިއަދު މުޅި ދުނިޔެ ދެކެންފަށައިފި މި ރާއްޖެއަކީ ރޭޕް އެންމެ ބޮޑު ޤައުމުކަމަށް.
    ދެން އެމްއެންއެސްޓީއާއި އިންސަނީ ހައްގު ނުކުމެ ދުވަސްވީ ފިރިހެނުންނަށް ބޭނުން ހިނދެއްގައި "ހަށި ގަނެވޭ" ޚިދުމަތް ފަށަން ސަރުކާރަށް މަޖުބޫރުކުރާނެ. އަދި މިއީ ވަހުށީ ޢަމަލު ފުރުސަތު ނެތީމާ ވާކަމެއްކަމަށް ނިންމައި އެ ފުރުސަތު ހުޅުވައިލާނެ. އަދި އިސްލަމްދީނަށް ފުރައްސާރަކުރުން އިތުރުވާނެ.

    259
    57
    • ބަސް

      މުޅި ޤައުމުގައި ރޭޕް އޮތިއްޔާ އެވާހަކަ ދައްކަންވީ. ކަރުގައި ހިތި ރަހަ ލިޔަސް ހަގީގަތަކީ ޖންސީ އަނިޔާ އާއިލާގެ އެއްވެސް މީހަކަށް އެއްވެސް މިންވަރަކަށް ނުލިބޭ އާއިލާތައް ތިބޭފުޅާ ތިހީކުރާހާ މަދެއްނޫން. އަހަރުމެންނަށް އެވާހަކަ ދެކެވުނު ވަރަކަށް ދައްކާނަން. ޝަރީއަތް ޤާއިމް ކުރުމަކީ އަހަރުން އަތް މަތީ އޮތް ކަމެއް ނަމަ އެކަމެއް ކުރީސް.

      277
      9
    • މޯޑީ

      ޙަށި ގަނެވޭނެ ފުރުސަތު ނެތީތަ އިންޑިއާގަ،
      ކުޑައެއް ބޮޑެއް ބެލު މެއް ނެތި އެތިބަ ނޮޅާ ކަނީ.؟؟؟؟

      137
      2
    • އާދަމް

      ކީއްވެ ނުދައްކަންވީ؟ އެކަންވާލެއް މަދުކަމުން؟ އެވާހަކަ ދެއްކީމަތަ ހަޑިކަމަކަށްވަނީ؟ ވީހާވެސް ގަދައަކަަށް ދައްކަންވީހަމަ. އެކަހަލަ ކަންތައް ސިއްރު ކުރަން މަޖުބޫރުކުރުވާފަތިބި ކުށެއްނެތް ކުދިންނަށް އެވާހަކަ ކިޔާދޭން ހިތްވަރުދޭންވީ. ޝާރީއަތް ގާއިމުކުރަން ސަރުކާރަށް މަޖުބޫރުކުރަންވީ

      244
      4
  2. ކިހަ

    ޤައުމުގެ ފޭރާން ވަނީ ވީދި ހަޑިވެފަ. މިއީ އެއްދުވަހުން އެއް އަހަރުން ވީ ކަމެއް ނޫން. އުފަޅުން މިވާކަތައް ދެއްކި ވަރަކަށް މުޑުދާރު އަމަޅު ތައް ދަނީ އިތުރު ވަމުން. ):):):):

    104
    9
  3. ސަނާ

    ރަނގަޅައްހެދީ..

    239
    7
  4. އަހަރެން

    ތިޔަ ފިރިހެން މީހާ ހައްޔަރުގައި ވާނަމަ މިހާރުން މިހާރަށް ދޫކޮށްލަން ގޮވާލަން. ތީހަމަ ހީރޯއެއް.

    477
    8
    • ށިޔާޒް

      އެމީހާއަކީ ވަރަށްރަގަޅު މީހެއް އޭނަ މިހާރު ހުރީ މިނިވަނެއްގެ ގޮތުގައި?

      378
      8
    • ޙަޖަ

      ހީ އިސް ދަ ބެސްޓް މައި ފެވް♥️

      22
  5. އައިޝް

    ތި ބައްޕައިންނަކީ

    375
    5
  6. ތިނަދޫ

    ކުއްޖާގެ އުމުރަކީ 5 އަހަރު.

    139
    4
  7. ބޯކިބާ

    ދަރިން ރޭޕްކުރުމާއި މެރުމަކީ ރާއްޖޭގައި އާންމުކަމެއްނޫން. ދުނިޔޭގެ ހުރިހާ ގައުމެއްގަވެސް ހިނގާ ކަންކަން މިހުންނަނީ، މިކަމާ ގައުމާ ބައްސާކަށް ނުޖެހޭ. އަދަބުދިނީމަ ނިމުނީ.

    23
    90
    • އާދަމް

      އާންމު ނޫނީ ފަޅާއަރާވަރު. އާންމު ނޫނީ ސާބިތުވާވަރު. އާންމުނޫނީ ހައްގު އަދަބު ދެވޭވަރު. އިނގޭތޯ؟

      230
      3
  8. ހުސޭނުބޭ

    އަހަރެމެން ރައީސް ވެރިކަމަށް ހުވާނުކުރަނީސް ހޯރަ އިއްބެ މިނިވަންކުރީ! އެއީ މި ސަރުކާރުންގެ ސަޕޯޓު މިކަމަށް އޮތްވަރު!

    233
    10
  9. ގާދިރު

    އަދިވެސް ގާނޫނުގަ ހުސްތަންތަން ކިރިޔާ އައިމައްޗަށް ލާރިކޮޅެއްއަރާއިރަށް ވާނެ މަޖިލިސް އަށް ވަންނަން އެ ހެޔޮ ލިޔަންކިޔަން ނޭގުނަސް މިކުރަނީ ކުރެވެނީ ކިހާވަރެއްގެ ކަމެއްކަން ގިނަ މެންބަރުންނަށް ނޭގެ ހުސް ދޯހަޅި ގާނޫނު ތަށް އަނެއްކޮޅުން ޖަލަކީ ފަސްތަރީގެ ރިސޯޓް އެކޭ އެއްގޮތް..

    77
    1
  10. ޢެޑްމުންޑޯ

    ފުރަތަމަ ކުރާނީ ސަސްޕެންޑް ، ދެން ވަޒީފާއިން ވަކިކުރާނީ

    26
    2
  11. އަޅުގަނޑު

    އުއްމީދުކުރަން ދަ ނައު 25 އިޔަރ އޯލްޑް ގާލް އިޒް ޕްރައުޑް އޮފް ހަރ ފާދަރ

    142
    5
    • Anonymous

      ވަރަށް ޕްރައުޑް ވޭ. އެކަހަލަ ބައްޕަ އެެއް ނުލިބޭނެ.

      145
      3
  12. އެކުއްޖާ

    ވަރަށް ޕްރައުޑް ވޭ. އެކަހަލަ ބައްޕަ އެެއް ނުލިބޭނެ.

    92
    3
  13. ޙޯރަ

    ގަވައިދު ހެދިފައި ހުރީ ވަކިބަޔަކަށް. ބައެއް މީހުން ޖަލުން ސަލާމަތްވޭ އެބަ.

    96
    3
  14. ޢުތުރުމީހާ

    ޢިންދިޔާ އަށް މަލަމަތް ކޮށްފަ އުޅޭ އިރު އަމިއްލަ ފަސްބައިވެސް ތާހިރެއްނޫން.

    48
    6
  15. ނިޔާޒް

    ވަގުތު ނޫހުގައި "ހޯރަ އިއްބެ" ޖަހައި ސާޗްކޮށްލުމުން ގާނޫނާއި ގަވައިދަށް ކަންކަން ކުރާވަރު އިނގޭނެ

    82
    2
  16. ޕ މީހާ

    މުސްކުޅިން ބަންދުގައި ނުބައިތިއްބަނީ އެ މީހުން ބެލެހެއްޓުމަކީ ޕޮލިހުންނަށް ބުރަބޮޑު ޒިންމާ އަކަށް ވީމައެވެ.

    38
    6
  17. ޔައު

    ކަލޭނޭ ތާކަށް ތި ހުށަނާޅައިގެންތަ ކަމެއް ނުވަނީ؟ އިންސާފު ލިބޭތޯ ހުރެ މުސްކުޅިވާއިރު ވެސް ނުލިބޭވިއްޔާ. ދެން ހަދަންވީ ތިކުއްޖާ ބައްޕަ ހެދިހެން. ީ

    123
    1
  18. ޢާސީ

    ތީހަމަ ދެކުނުގެ ރައްރަށު ގެ އާދަކާދަތޯ..އައްޗީޑި

    9
    128
    • ލޮލް

      ހަމަ ކުޑަ އަސަރެއް ކޮށްލީ ދެއްތޯ

  19. ދދދދދދ

    އެހެދީ ރަނގަޅަށް. ހަދަންވީ ގޮތަށް.

    50
    1
  20. މަރު

    މަރާ ނުލިކަން ދެރައީ

    14
    2
  21. މުޙައްމަދު

    ކަމާބެހޭ މުއައްސަސާތަކަށް ހުށަހެޅީމަ ވާކަމެއް ނޯވެއެވެ. ވ ސަލާމް

    32
    3
  22. ބޮން ސޯދު

    އެކަމަކު ގާޒީ ހައިލަމްގެ މައްސަލަ ނިމުނު 12 ގަޑިއިރުން! މިކަން ނުނިމެންވީ ކީއްވޭ؟

    84
    1
  23. Anonymous

    ޤާނޫނު ވަރަށް ބޮޑަށް އިޞްލާޙުކުރަންޖެހޭ އަދި އިސްލާމީ ޝަރީޢަތާއި ޤާނޫނީ ހަމަތަކަށް އެޤާނޫނު ފައްތަންޖޖެހޭ. ޤާނޫނުގެ ބޭނުން ނަހަމަ ގޮތުގައިވެސް ބައެއް ޢާއިލާތަކުން އެބަ ބޭނުންކުރޭ އަދި ޙަސަދަ ފިލުވާ އެއްޗަކަށްވެސް ހަދާ. ދިގު މުއްދަތު ތަކެއް ނޫން ބޭނުންވަނީ. ރަގަޅަށްތަންފީޒު ކުރެވޭ ގޮތަށް އޮތުން. މަޖިލީހުން ޤާނޫނަކަށް ޤާނޫނެއް ހަދަނީ އެކަން ރަގަޅުކުރަން ބޭނުންނަމަ އަދަބުގެ މިންވަރުތަކާއި ކުށް ކަނޑައެޅޭ ގޮތްތައް ތަފާތުކުރަންޖެހޭ. ރޭޕްކުރުމާއި ޖިންސީ ގުނަވަނަކަށް ގެެެެއްލުން ދިނުމާއި ޖިންސީ ނިޔަތެއް އޮވެގެން ގައިގާއަތްލުމާއި ޖިންސީ ޢަމަލެެއް ހިންގުން މީ ތަފާތުކުށްތަކެއް އަދަބު ހުރީ އެއް މިންވަރަކަށް. އަދަބު ކުޑަ

    7
    2
  24. ހަސަން

    ގަާނޫން އަކީ 20 އަހަރު ކުރިންވެސް އޮންނަ އެއްޗެއް. އެއީ އިސްލާމީ ޝަރީއަތް?

    28
    1
  25. ބިސް

    ތިކަމަށް އޮތް ހަމަ އެކަނި ހައްލަކީ އިސްލާމީ ޝަރީއަތް ގާއިމުކުރުން. އެކަމު ހިއެއްނުވޭ މިހާރުގެ ސަރުކާރަކަށްވެސް އަދި މަޖިލީހަކަށްވެސް އެކަން ކުރެވޭނެހެނެއް. ކުރިން އައި ސަރުކާރަކަށްވެސް ނުވި...އަދި މިހާރު ތިބިމީހުނަކީ އިސްލާމްދީނާ ނުލާހިކު ބީރައްޓެހި ބައެއް...ކިހިނެއް އިންސާފު ލިބޭނީ..

    23
    1
  26. ގާދޫނި

    ސަރުކާރުގެ އެއްވެސް މުއައްސަސާ އެއްގެ ފަރާތުން މިކަންކަމަށް ހައްލެއް ނުލިބޭނެ. ވީމާ ރައްޔިތުން ނުކުމެ މިކަން ކުރަންވީ ގޮތް ދައްކަދޭންވީ.

    15
  27. ޅިލީ

    މި ތިނަދޫ ގަ

    10
    1
  28. އިބޫ

    ގާނޫނެއް އޮތަކަސް އަނިޔާ ލިބުނު ފަރާތަކަށް އެއްވެސް އިންސާފެއް ނުލިބޭ މިގައުމުގައެއް ނަމަވެސް އަނިޔާ ދިން މީހާ ގިނައިން މިފެންނަނީ މިނިވަންކަމާއެކު ތާއަބަދައް އުޅެމުން ދާތަން، ވީމާ ކޮންމެ މީހަކުވެސް ކުރަންވީކަމަކީ ތިކަހަލަ މީހުން މިރާއްޖެއިން ނެތިކޮށް މެރެން އޮތްގޮތަކަށް މެރުން!!

    66
  29. ނެތް އިންސާފެއް

    ޢެމީހާ އަދިވެސްޖަލުގައި. ކާފަ ކުއްޖާވަޅުބުރިއަކަށް އެރުވާ ބިރުދައްކާފަ ަބަހައްޓަނީ.

    1
    8
  30. ޢާރާ

    ރަނގަޅައް އެހެދީ އޭރުގާމުވެސް ނުކެރޭނެ ދެން ކުޑަކުއްޖަކާ ބެހޭކަށް.

    7
    1
  31. ހަސަންބެ

    ގދ ގައި ހިނގި ހާދިސާއެއް

    9
    1
  32. ދޮންދީނާ

    ތި ހާދިސާ ދިމާވި ކުއްޖާއަށް ތިހަނދާން އާކޮށް ދިނުމުގެ ބޭނުމެއް ނެތް. އެކަހަލަ ހާދިސާ ދިމާވެފައިވާ ކުދީންގެ އިހްސާސްތަކާއި މެދު ވިސްނާލަބަލަ.

  33. އާޒިމް

    އަހައްނަށް އިގޭ ރަށާއި ނަން ވެސް. އެކަމަކު ތި ވާާހަކަ ތި ލިޔުނީ އަނެއްކާވެސް އެކުއްޖާ ހިތާމައިގެ ތެރެއަށް ވައްޓާލަން ހެން ހީވަނީ

    4
    1
  34. ރަފީގް

    މައްސަލަ ހުށަހެޅީމަ ކޮންކަމެއްވަނީ ކޮންތާކުން މައްސަލަ ބަލަނީ ؟ކާކަށް އިންސާފު ލިބުނީ؟

  35. ޕީޖޭ

    ކާފަ ތައުބާވެފައި ހުރިކަމަށްވެސް ވެދާނެ، ރޯދަ މަހެއްގައި އަސުރުކޮށްގެން ދަނިކޮށް މަރާލީ..ކާފަ ކުރިކަންތައް ވވ ގޯސް އެކަން ހިނގިނަމަ....ދީނީ ގޮތުން ލިބިފައިވާ މައުލޫމާތަށް ބަލާނަމަ ބައްޕަގެ އަމަލު ގޯސްކަމަށް ދެކެން....ވއ
    ދެން ކުއްޖާ ބޮޑުވީ ބައްޕަގެ ލޯބި ނުލިބި..ބައްޕަ ނެތުމުން ކުއްޖާ އިތުރު މީހެއްގެ ޝިކާރައަށް ނުވާކަން ކިހިނެތް އެގެނީ..ދުއާއަކީ ނުވުން..
    ނުވިތާކަށް ކާފަ މަރާލައި މަންމައަށް ޖެހޭނީ ކިހާބޮޑު ހިތާމައެއް..ބައްޕަ ގެއްލި ޒުވާން އުމުރު ފިރިމީހާ އާއި ދުރުގައި....ﷲ ބައްޕަގެ ފާފަ ފުއްސަވާ ސުވަރުގެ މިންވަރު ކުރައްވާށި...އަދި އޭރު ކުއްޖެއް މިހާރު ބޮޑު އަންހެނާއަށް ހެޔޮ ރަހްމަތްލައްވާށި...ކާފައަށް ކުށެއް ކުރެވިފައިވާނަމަ ފާފަ ފުއްސަވާށި...

    2
    2