މި ދުވަސްކޮޅު އެންމެ ގަދަޔަށް ދެކެވޭ ވާހަކަ އަކީ ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ އާއި ފުރައްސާރަ ކުރާ ވާހަކައެވެ. މިއީ ރާއްޖޭގައި އެހައި ގިނައިން ހިނގާ ކަމެއް ނޫން ކަމަށް މީގެ ކުރިން ބެލެވުނު ނަމަވެސް، މިހާރު މި އަންނަނީ ހަގީގަތް ފަޅާ އަރަމުންނެވެ. މީގެ ކުރިން ފަސް އަޅައި ފޮރުވާފައި ހުރި އެތައް ވާހަކަތަކެއް ފެންމަތިވަމުންނެވެ.

އަމިއްލަ ކުދިންނާއި އާއިލާ ރޭޕް ނުވަތަ ޖިންސީ ފުރައްސާރަ ކުރާ މީހުންގެ ކިބައިން ސަލާމަތް ކުރުމަކީ ވަރަށްވެސް މުހިއްމު ކެމެކެވެ. ނަމަވެސް، އެފަދަ މީހުން ދެނަގަންނާނީ ކިނިހެތް ހެއްޔެވެ؟ މިކަން "އެމްވީ ސެކްސް އޮފެންޑާސް"ގެ ވެބްސައިޓުން ބަލައިލެވޭނެއެވެ.

މި ލިންކަށް ފިތައިލުމުން ރާއްޖޭގައި ޖިންސީ ފުރައްސާރަ އާއި ރޭޕްގެ މައްސަލަތަކުގައި ދައުވާ ކޮށް، ޙުކުމް އިއްވާފައިވާ މީހުންގެ މައުލޫމާތު ވަރަށް ސާފުކޮށް ފެންނަން ހުންނާނެއެވެ. މިފަދަ މީހުންގެ މައުލޫމާތު އާއްމު ކުރުމަށް 2009ވަނަ އަހަރު ފާސްކުރި ކުޑަކުދިންގެ ގާނޫނޫން ވަނީ ލާޒިމް ކޮށްފައެވެ.

މި ވެބްސައިޓުގައި މީހެއްގެ ނަން ނުވަތަ އައިޑީކާޑު ނަމްބަރު ބޭނުން ކޮށްގެން އެމީހެއްގެ މައްޗައް ޙުކުމެއް އިއްވާފައި ވޭތޯ ޗެކު ކުރެވޭ އިރު، ޙުކުމް ކޮށްފައި ތިބި މީހުންގެ ޙުކުމުގެ މުއްދަތާއި، ޙުކުމް ތަންފީޒު ކުރަން ފެށި ދުވަހާއި މިނިވަން ވާނެ ދުވަހުގެ އިތުރުން އެމީހެއްގެ ފޮޓޯ އާއި އެކު ހައްޔަރުގައި ބާއްވާފައި އޮތް ޖަލުވެސް ފެންނަން ހުންނާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދޮގު ނަހަދާ

    މީގެ ތެރެއިން ގިނަ މީހުން މިހާރު ދޫކޮށްލާފަ ކަފާލާގެ ދަށުން. ޙުކުމުގެ މުއްދަތު ދިމައެއްނުވޭ.

    4
    1
  2. ޜަނޑ

    ބައެއް މީހުން ވޯޓައް ދޫ ކޮއްފަ އަނބުރާ ޖަލައް ގެން ދިޔައީ ކީ ނޫން އިބޫ ސޯލިހް... ތާކައް ދެވެނީ އެއް ނޫން ފަހަތުން ދާ ވަރުން މިތާ ޢުޅޭ ގޮލާ.....އަހަރުމެން މުޅި ދިރިއުޅުން ހަލާކު ކޮައްފި... ..

    3
    2
  3. ޝުކުރިއްޔާ

    މިގޮތަށް މަސްތުވާތަކެތި ވިއްކާ މީހުންނާއި އެމީހުން ޖަލަށް ލާފައިވާ މުއްދަތު އެނގޭނެ ގޮތެއް ހަދައިދީފިނަމަ މަސްތުވާތަކެތި ވިއްކާ މީހުންގެ ކިބައިން ދަރިން ސަލާމަތްކުރަން ފަސޭހަވާނެ. މަސްތުވާތަކެތި ވިއްކައި އެކަމަށް ޅަދަރިން ވައްދާ މީހުންގެ ކިބައިން ދަރިން ސަލާމަތްކުރަން ފުރުޞަތަކަށްވާނެ. އެކަހަލަ ވެބްސައިޓެއް ހަދާފައި އާންމުކޮށްލާނީ ކޮން ދުވަހަކުތޯ؟

    13
  4. ހުސެން

    ތި ވެބްސައިޓްގަ ހުރި މީހުންގެ މައުލޫމާތު ތަ ކުގައި ވަރަށްގިނަ ކުއް އެބަހުރި ވަރަށް ގިނަ މީހުންގެ އުމުރާއި އުފަން ތާރީހް ވެސް ބައެއްމީހުންގެ އުފަން އަހަރު އެބަހުރި 2020 ވަނައަހަރު ކަމަށް