ދާދި ފަހުން ދެ އަހަރު ނުފުރޭ ކުޑަ ކުއްޖަކު ރޭޕް ކުރުމުގައި ބައިވެރިވި އެ ކުއްޖާގެ ކާފަ އިސްލާމިކް މިނިސްޓްރީ އިން "ސަސްޕެންޑު" ކޮށްފިއެވެ.

އުމުރުން 62 އަހަރުގެ އިބްރާހިމް ދީދީ އަކީ ތުއްތު ކުއްޖާ ނިސްބަތްވާ ރަށުގެ މިސްކިތުގައި މުދިމެއްގެ ގޮތުން މަސައްކަތް ކުރަމުން އަންނަ މީހެކެވެ. އެ ކުއްޖާ ރޭޕް ކުރުމުގެ ތުހުމަތުގައި އިބްރާހިމް ދީދީ ހައްޔަރުވެސް ކޮށްފައި ވާއިރު އިސްލާމިން މިނިސްޓްރީ އިން އޭނާ ވަޒީފާ އިން ވަކިނުކޮށް ސަސްޕެންޑު ކުރުމުން ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑު ކިޔައި މި ނިންމުމާއި ދޭތެރޭ ސުވާލު އުފައްދަމުންނެވެ.

އިސްލާމިކް މިނިސްޓްރީ އިން ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކުޑަކުއްޖަކާމެދު ބަދުއަޚްލާޤީ ޢަމަލެއް ހިންގުމުގެ ތުހުމަތުގައި ހައްޔަރު ކުރުމާއި ގުޅިގެން އިބްރާހިމް ދީދީ "ސަސްޕެންޑު" ކޮށްފައިވާ ކަމަށެވެ.

އިބްރާހިމް ދީދީގެ އިތުރުން މި މައްސަލާގައި ދެން ހައްޔަރުކޮށްފައި ވަނީ އެ ކުއްޖާގެ މުނި ކާފަ އާއި ކުއްޖާގެ ބައްޕައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ހުސޭނުބޭ

  އެކަމަކު ގާޒީ ހައިލަމްގެ މައްސަލަ ނިމުނު 12 ގަޑިއިރުން! މައްސަލަ ބކރ ވައްތަރު ހުންނަނީ!

  47
  2
  • ދިވެއްސެއް

   ކައުންސިލް އިންތިހާބުން 100% ދެއްވާ، އޭރަށް ހުރިހާކަމެއް ހައްލުވެފަ އޮންނާނީ.

   1
   1
 2. ކަމަނަ

  ތިވެސް ގޮތެއް، އަދި މާރަނގަޅުވާނެ މުސާރަ ލިބޭގޮތައް ސަަސްބަންޑު، އެވެސް ދެގުނަ ބޮޑުކޮއްފަ،

  38
  1
 3. އަޅުގަނޑު

  ތުހުމަތު ކުރެވުނީމާ ކުރާނީ ސަސްޕެންޑް ނޫންތޯ؟ އަޅުގަނޑުމެން އެންމެންވެސް ބާރުއަޅަންވީ ޤާނޫނާއި ގަވާޢިދު ތައް ހަރުކަށި ކުރުމަށާއި އެ ޤާނޫނާއި ގަވާޢިދު ތައް ފުރިހަމައަށް ތަންފީޒުކުރުމަށް. ޖިންސީ ގޯނާގެ މައްސަލަތަކަށް މާފް ނުދެވޭގޮތައް ހެދުން މުހިންމު ކަމުގައި ދެކެން.

  44
  1
 4. މިތާ

  އިސްލާމިކް މިނިސްޓްރީގެ ނިންމުން މުޅިއަކުން ގޯހެއް ނޫން. ސަބަބަކީ އެމައްސަލަ އޭނާގެ މައްޗަށް ސާބިތުވާކަމަށް ޝަރުޢީ ކޯޓަކުން ނުނިންމާތީ.

  35
  4
 5. ކާފަބޭ2020

  އެއްވެސްކޯޓަކުންވެސް މުއައްސަސާއަކުންވެސް 1މިލިއަންޑޮލަރު އެއީކުށްކޮށްގެންހޯދާފަވާޑޮލަރުކަމެއް ނުވަތަ ވޮޑަމުލާއިން ސަރުކާރަށްލިބެންޖެހޭޑޮލަރު ކަމެއް ކަނޑައަޅާފައެއްނެތް ދެން!!!!!!!!

  36
  1
 6. Anonymous

  މިހިނދުން މިހިނދަށް ވަކިކުރެވޭ
  ރައްޔިތުން އިތުބާރެއްގެ ނުކުރާނެ

  25
 7. މުހައްމަދު މުދުހިޝް Mudhish

  ތުހުމަތުވާއިރަށް ވަޒީފާއިން ވަކިކުރާކަށް ނުޖެހޭ. ވަޒީފާއިން ވަކިކުރުމަށް ވެސް ވަކި އުސޫލުތަކެއް ހުރޭ. އޭނާ އެކަންް ކުރިކަމަށް ޔަގީންވާ ބަޔަކަށް ޔަގީން ވިޔަސް ސަރުކާރުގެ މުއައްސަސާތަކުން އަމަލުކުރާނީ ގާނޫނާއި ކޯޓުގެ ހުކުމަށް.

  7
  19
 8. ރަށުމީހާ

  މުދިމުންނާ މުދިންކަންކުރާ މީހުންނަކީ ތަފާ ތު ދެބައެއް.

  14
  2
  • ރަށުމީހާގެ އަވައްޓެރިޔާ

   ތަފާތުވެސް ބުނެދެއްވާ

   • ކާފަބޭ2020

    މުދިމުންނަކީ އެވަޒީފާގަތިބޭމީހުން މުދިންކަންކުރާމީހުނަކީ ވަގުތު ޖެެހޭއިރު މުދިމުނެތިގެން ބަންގިގޮވާނަމާދުކުރާ މީހުން

 9. އަލީ

  އެވެސް މުސާރަ ހިނގާ ގޮތަށް

 10. ދިވެއްސެއް

  ކައުންސިލް އިންތިހާބުން 100% ދެއްވާ، އޭރަށް ހުރިހާކަމެއް ހައްލުވެފަ އޮންނާނީ.

 11. ޥާނުވާ

  ޢަސްލު ހަދަންވީ ގޮތަކީ 65 އަހަރުވާއިރަށް އިންޖެކްޝަންއެއް ޖަހާގެން ބާރު ކަނޑުވާލަންވީ