މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން، ވަގަށް ނަގައި މަރާލައި، ބްލޮގާ ޔާމީން ރަޝީދު މަރާލި ވާހަކަ ދައްކައި އިންސާފު ހޯދައިދޭނެ ކަމަށް ވައުދު ވެފައިވަނީ ވޯޓާއި ކައިރިކޮށް ވޯޓު ހޯދަން ކަމަށް ބަދަލުވަމުން އަންނަ ކަމަށް ބުނެ އެ ދެ އާއިލާގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވައިފިއެވެ.

މި ދެ އާއިލާއިން ރައީސް އަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވަނީ ރައީސް ސޯލިހް އެ ދެ ފަރާތަށް އިންސާފު ހޯދައިދޭނެ ކަމަށް ވިދާޅުވުމުން ދެ އާއިލާއަށް ކުޑަކޮށްވެސް އުއްމީދެއް ލިބުނު ކަމަށެވެ.

މި ސީޓީ ވަނީ މީސް މީޑިއާގައިވެސް ހިއްސާކޮށްފައެވެ.

ދެ އާއިލާއިން އާއްމުކޮށްފައިވާ ސިޓީގައި ބަޔާންކޮށްފައިވަނީ ރައީސް ކޮށްފައިވާ ވައުދުތަށް އެބޭފުޅުންނަށް މިހާރު ނޭނގޭ ކަމަށާއި މިއަދު ފެނިގެންދަނީ ހިތާމަވެރި އެ ދެ ހާދިސާވެސް ސިޔާސީ ވެގެން ގޮސްފައިވާ ތަން ކަމަށެވެ.

"ގެއްލުވާލައިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނެއް އުފެއްދުމުން މަނިކުފާނު އަޅުގަނޑުމެންނަށް ވެވަޑައިގެން ތިޔަ ހުންނެވި ވައުދު ފުރިހަމަ ކުރެވުނީ ކަމަކަށް އަޅުގަނޑުމެން ނުދެކެން. ދެއާއިލާއިން ރައީސްއަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވެއެވެ.

އެސިޓީގައި ބުނެފައިވަނީ އެ ދެ މައްސަލަ ވަކި ކޮޅަކަށް ނުޖެހި ތަހުގީގު ކުރުމަށްޓަކައި ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ކުރުމަށް މީގެ ކުރިންވެސް ރައީސްގެ އަރިހުން އަދި ސަރުކާރަށް ދަންނަވާފައިވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ އިންވެސްޓިގޭޓަރުން ބޭނުން ކުރެއްވުމަށްވެސް ވަނީ އެެދިލައްވާފައެވެ.

"މީގެ ކުރިންވެސް ސަރުކާރުގައި އަޅުގަނޑުމެން ދަންނަވަމުން އައި ވާހަކަ މަނިކުފާނުގެ އަރިހުގައި ވެސް ދަންނަވަން. ރިލްވާން އާއި ޔާމީން ރަޝީދުގެ މައްސަލަ ވަކިފަރާތަކަށް ނުޖެހި ތަހުގީގު ކުރުމަށްޓަކައި ރާއްޖެއިން ބޭރުގެ އިންވެސްޓިގޭޓަރުންނާއި އެހެނިހެން ވަސީލަތްތައް ބޭނުން ކުރައްވާ. މީގެ ކުރިން ވެސް އެހީ ފޯރު ކޮށްދިނުމަށް ތައްޔާރަށް ތިބި އެތައް ފަރާތްތަކެއް އެބަތިބި، ސަރުކާރަކަށް މިކަމެއް ނުވި ނޫންތޯ އެވެ؟" އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

މިސިޓީގައި އިތުރަށް ފާހަގަކޮށްފައިވަނީ ރިލްވާނަށް ފާރަލީ ދެ ފުލުހަކު ކަމަށް މަރު ކޮމިޝަނުން ވިދާޅުވި ނަމަވެސް އެކަމާމެދު އެއްވެސް ފިޔަވަޅެއް ނޭޅުމަކީ ރިލްވާނަށާއި އޭނާގެ އާއިލާއަށް އިންސާފު ހޯދައިދުނުމަށް ސަރުކާރންު ފެއިލްވެފައިވާކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އިބްރާ

    ރިޟްވާނާއި ، ޔާމީނާއި ޑރ އަފްރާޝީމްގެ ކަންތަށް ނިންމާލާފައިވަނީ ރާއްޖޭގެ އިސްލާމް ދީން ނައްތާލުމަށްޓަކައި އުފައްދާފައިވާ ޕާޓީން ، އެޕާޓީގެ ވެރިކަމުގައި މި ޙާދިޘާތަށް ހިނގާފައިވާ ގޮތް ނުހޯދިވަނީ އެހެންވެ. ކޮންް ބާރެއް މަދުވެގެންތޯ މިހާރު ނުހޯދިވަނީ؟

    39
    2
    • ސްލޯލިހް

      ސަރުކާރުގެ ވައުދުތައް ފުރިހަމަކުރެވޭނީ ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ ހުރިހާ މުދަލަކާއި އަނބި ދަރީންވެސް ސަރުކާރާއި ހަވާލުކުރީމަ.

      40
      4
  2. މުހައްމަދު ޢަލީ

    އިބްރާހިމް މުހައްމަދު ސޯލިހު ރިލުވާނު އަދި ޔާމީން މައްސަލަ ވަކި ބަޔަކު މާނަ އަކީ ދީނަށް އުޅޭ ކުދިންގެ ބޮލުގައި އަޅުވަން މަސައްކަތް ކުރުމަކީ އިންސާފުން އެއްްކިބަވެ އަމިއްލަ އެދުން ކުރިއަށް ނެރުން ވަކިބަޔަކަށް ހަސަދަ ފިލުވަން ގެންގުޅޭ ހަތުޔަރަކަށް ހެދުމަކީ ކުރެވުނު އެންމެ މޮޔަކަން. އެކަމުގެ ސަބަބުން އެ ދެ އާއިލާ އަށް ލިބުނީ ހިތްދަތިކަމާއި މާޔޫސްކަން

    35
    1
  3. ދައްތަ

    ތިޔަމައްސަލަތަކަށް އިންސާފު ހޯދައި ދޭނެކަމަށް ވަޢުދުވު ސަރުކާރުން އެކަން ޖަމަލު ފޮޑިއަކަށް ހަދައިފި މިހާރު މަރުކޮމިޝަނުން ކުރާކަމަކީ ސިޔާސީ މީހުންނޯ މަރާލީ ކިޔައިގެން ކުކށެއްނެތް އެތައްބަޔަކު ތަޅުވަނީ މީވަ ސަރުކާރެއް ސިދާތާ މީހަމަ ސިޔާސީކަމެއް ކަލޭ ސިޔާސީ ކަންކަން ދަސްކުރޭ ކުޑަކުދިންނާ ބެހޭ މީހުންނަށް އަދަބު ދިނުމަކީ ސިޔާސީ ކަމެއްނޫން

    30
    1
  4. ހުސޭނުބޭ

    ކޮންމެ މީހަކުވެސް އިންސާފު ބޭނުންވާނެ! ތި ދެ އާއިލާއަށް އެމްޑީޕީ ދަސްވެފައި ނެތުމަކީ ފެތުނު އޮޑީގެ ރިޔާ ދަށުވަން ޖެހުނު ސަބަބު!

    46
    1
  5. ރޭޕު

    ހޫން މަޑުން ތިބެބަަލަ މީ ރޭޕް ސީޒަން މޑުކަށި މާރޑަރ ކޭސް ތައް ބަލާނީ ދެން ވޯޓުލާން ކާރިވީމަ

    32
    1
  6. އަލީ

    މަޑުކޮށްލާ. އަނެއްކާވެސް އިންސާފުގެ ވާހަކަ އަޑުއިވޭނެ ކުޑަ ދުވަސްކޮޅެއްފަހުން. ކައުންސިލް ވޯޓު ފޯރިގަދަވީމަ. ތިކަމުގެ އަޑީގަ ތިބިބަޔަކު މިސަރުކާރަކުންވެސް ނުހޯދޭނެ. ހޯދަ ނުދެވޭނީއެއްނޫން. ހޯދަ ނުދޭނީ.

    26
    1
  7. Anonymous

    އެމްޑީޕީ އިން ކުރާހާވެސްކަމަކީ ރިޟުވަން އާއި ޔާމީން ގެ އާއިލާ ގުބޯ ހެއްދުން. އެހެން ގޮތަކަށް ބުނާ ނަމަ ދެބޯގެރި ދުއްވުން

    31
    2
  8. އަހްސަން

    ކައުންސިލް އިންތިހާބުން 100% ދެއްވާ، އޭރަށް ހުރިހާކަމެއް ހައްލުވެފަ އޮންނާނީ.

    16
    4
  9. މަހޭޝް

    ޔާމީން ރަޝީދުގެ އާއިލާއާއި، ރިޟުވާނުގެ އާއިލާއަށް މިހާރު އެވެރިން ދެއްކި ވާހަކައިގެ ބުރަދަން ވިސްނުނީތީ އުފާކުރަން.

    13
    1
  10. ޏަމްޏަމް

    އަދިތަ ރެއަކާލީ. ތިދެއާއިލާއިން ވާނެ ކައުންސިލް އިންތިހާބުގަވެސް އެމް.ޑީ.ޕީ އަށް ވޯޓްލާން. އޭރުން ހައްޤު މިންވަރު ކަށަވަރުވާނެ.

    13
    1
  11. އަލިބެ

    ރިލްވާން ފެނިއްޖެތަ.ހހ