މި ބްލޮގްގައި ޝެއާ ކުރަމުން ގެންދާނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ހިނގަމުންދާ މުހިއްމު ކަންތައްތަކާއި، އެކަންތައްތަކުގެ ތަފްސީލް ހިމެނޭ ޚަބަރުތަކެވެ.

22:05

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި 80 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.

21:50

21:16

ކުރު ވާހަކަ:

ދެ އަހަރު ނުވޭ - ހިތް ކުދި ކުދި

20:49

ފ. ނިލަންދޫގައި ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް މިއަދު ހިންގި ހަރަކާތް --

20:48

ފ. ނިލަންދޫގައި ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް މިއަދު ހިންގި ހަރަކާތް --

20:48

ފ. ނިލަންދޫގައި ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް މިއަދު ހިންގި ހަރަކާތް --

20:47

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް އަޑު އުފުލައި ފ. ނިލަންދޫގައި މިއަދު ހިނގާލުމެއް ބާއްވައިފި

20:46

އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ވަން މީހަކު އެ ތަނުގެ މުވައްޒަފުންނާ ދިމާލަށް ހަޑި ހުތުރު ބަހުން ވާހަކަ ދައްކާ ވީޑިއޯއެއް އާންމުވެއްޖެ

19:18

ގއ. ކަނޑުހުޅުދޫ އިސް މެޖިސްޓްރޭޓް ހަސަން ދީދީ އަވަގުރާނަ ގޮވާކަަމަށް ބުނެ ހުށަހެޅި މައްސަލައެއް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީން) ބަލަން ފަށައިފި.

 

19:15

ގއ. ކަނޑުހުޅުދޫ އިސް މެޖިސްޓްރޭޓް ހަސަން ދީދީ މުވައްޒަފުންނަށް ޖިންސީ ގޯނާކޮށް, އޮރިޔާން ވީޑިއޯ ދެއްކި މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބަަލަން ފަށައިފި.

18:56

ރާއްޖޭގެ ދެކުނުގެ ރަށެއްގައި ރޭޕް ކުރި އުމުރުން ދެ އަހަރު ނުވާ ކުޑަ އަންހެން ކުއްޖާ ޓެސްޓުތައް ހެދުމަށްފަހު އައިޖީއެމްއެޗް ހޮސްޕިޓަލުން ދޫކޮށްލައިފި.

18:34

ކުޑަކުދިންގެ ޖިންސީ އަނިޔާއާއަށް ހުށަހެޅޭ ފަދަ ހައިރިސްކު އާއިލާއެއް ހުރެއްޖެނަމަ، ދެ ދުވަސް ތެރޭގައި އެ އާއިލާއަކީ ކޮބައިކަން ބަލައި، މޮނިޓަރ ކުރުމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފަށް އެންގުމަށް މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ފާސް ކޮށްފި.

16:57

16:35

16:24

ޔަމަންގައި ތިބި ހޫތީން ސައުދީ އަރަބިއްޔާއަށް ދޭން ފޮނުވި މިސައިލެއް ވައްޓާލައިފި.

16:06

މި މަހުގެ 8 ވަނަ ދުވަހު، އިރާންގެ ވެރިރަށް ތެހްރާނުން ފުރައިގެން ޔޫކްރޭންގެ ކިއެވްއަށް ދަތުރުކުރަމުންދިޔަ ޔޫކްެރޭން ފްލައިޓްގެ ކަޅު ފޮށި އަނބުރާ ފޮނުވުމަށް އިރާނުން ނިންމައިފި.

15:45

ދެއަހަރު ނުފުރޭ ތުއްތު ކުޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އިހުމާލުވި ކަމަށް ތުހުމަތު ކުރާ އެކުއްޖާގެ ބައްޕަ ހައްޔަރު ކުރުމަށް ގޮވާލާ މިދިޔަ ހުކުރު ދުވަހުގެ އޭނާ ހުރި ފްލެޓު ދޮށަށް އެއްވެ ހަމަނުޖެހުން ހިންގިކަަމަށްބުނެ ފުލުހުން ހައްޔަރު ކުރި 27 މީހުންގެ ތެރެއިން މިހާރު ބަންދުގައި ތިބީ ނުވަ މީބހުން ކަމަށް ފުލުހުން ވިދާޅުވެއްޖެ.

15:22

އުމުރުން ދުވަސްވީ މީހުންނަށް މިހާރު ދެމުން އެއަންނަ އެލަވަންސް ދިނުމުން، އެފަރާތްތަކުގެ ފަރާތުން ޖިންސީ ގޯނާކުރުންފަދަ ކަންކަމަށް މަގުފަހިވެގެންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެ.

15:09

މ އަތޮޅު މެދުުފުށި ރިސޯޓު ކައިރިއަށް ބޯޓެއް ބަންޑުން ޖަހާލާފައި އޮއްވާ ފެނިއްޖެ.

14:51

މިއަދު ހެނދުނު 9:00 އިން ފެށިގެން ރ. މަޑުއްވަރީގައި ކަރަންޓެއް ނެތް. ލިބޭނެ އިރެއްވެސް ނޭނގެ.

14:42

މަޝްހޫރު ކުރީގެ އެކްޓަރު ޔޫސުފް ރަފީއު ނުވަތަ ގިނަބަޔަކު ދަންނަ ނަމުން ވެއްޖެއްޔާ ޔޫސޭ ބުނަނީ ރޭޕްގެ މައްސަލަތަކާއި ގުޅިގެން ރާއްޖެ މަތިން ފޫހިވެއްޖެ ކަމަށް.

13:53

ދެކުނުގެ ރަށެއްގައި އުމުރުން ދެ އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވާ އެކުއްޖާގެ ބައްޕައަކީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒުއާ ވަރަށް ގާތް ގުޅުމެއް އޮންނަ މީހެއް ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަތައް ރިޔާޒު ދޮގު ކުރައްވައިފި.

12:40

11:46

ދެކުނުގެ ރަށެއްގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރުމުގެ ކުރިން ފުލުހުންނަށް ލިބިފައިވާ ރިކޯޑުތަކަށް ބަލާއިރު އެކުއްޖާ ހުރީ ރިސްކެއްގައި [ނުރައްކަލެއްގައި]ތޯ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ކުރެއްވި ސުވާލަށް ފުލުހުންނަށްވެސް އަދި ޖެންޑާ މިނިސްޓަރަށްވެސް ފުރިހަމަ ޖަވާބެއް ނުދެއްވުނެވެ.

11:45

ފާއިތުވި ދެ ދުވަސް ތެރޭގައި ފަސް ލައްކައަށް ވުރެ ގިނަ މީހުން "ވަގުތު" ގެ ޚަބަރުތައް ކިޔައިފި ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

11:20

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް އަވަހަށް ނިންމައި، ގާނޫނުގައިި އޮތް އެންމެ ހަރުކަށި އަބަދު ދިނުމަށް ޖުމްހޫރީ ޕާޓީން ގޮވާލައިފިއެވެެ.

 

11:00

އއ.މާޅޮސް ކައިރީ އޮތް ސަފާރީއަކުން ޑައިވިން އަށް ދިޔަ 71 އަހަރުގެ ޖަރުމަންވިލާތުގެ އަންހެނަކު މަރުވެއްޖެއެވެ.

10:50

ދެއަހަރު ނުފުރޭ ތުއްތު އަންހެން ކުއްޖަކަށް ކާފައާއި މުނިކާފަ އަދި ބައްޕަގެ އިހުމާލުން ޖިންސީގޯނާ ކުރުމުން އެއީ މުޅިރަށް ކުށްވެރިވާން ޖެހޭ ކަމެއް ނޫން ކަމަށާއި، އެކަމާއި ގުޅިގެން މުޅިރަށުގެ އަބު "ވެއްޔާލައި ނުމޮޑުމަށް" އެ ރަށުން ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

09:58

ދެކުނުގެ ރަށެއްގައި އުމުރުން ފަސް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހާ 15 ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ.

09:55

މިހާރު ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ އެއްމެ މުހިއްމު އެއް ކަމަކީ ޕްރިންސް ހެރީ އާއި މޭގަން މާކެލް ޝާހީ އާއިލާ އިން ވަކިވުމަށް ނިންމި ނިންމުމަށެވެ. އެ ނިންމުމާއި ގުޅޭ ތަފްސީލްތަކެއް އަނެއްކާވެސް ޝާހީ އާއިލާ އިން މިވަނީ ހާމަކޮށްފައެވެ.

09:17

އުމުރުން ދެއަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ހުކުރު ދުވަހު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުން މެދުއުމުރުގެ އަންހެނަކަށް އަނިޔާކުރި މައްސަލައިގެ ތަޙްޤީޤު ފުލުހުން ފަށައިފިއެވެ.

09:08

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މައުލޫމާތު އާއްމުކޮށްފައި ހުންނަ ވެބްސައިޓްގައި ޖެންޑާ މިނިސްޓްރީން ދޮގު މައުލޫމާތުތައް ހިމަނާފައި ހުރިކަން ފާހަގަ ކުރެވިއްޖެއެވެ.

02:26

 

02:24

 

01:04

 

00:47

 

އުމުރުން އެންމެ 2 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރި ޚަބަރާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ވަނީ މުޒާހަރާކޮށްފައެވެ. އަދި އެ މައްސަލައިގެ ސަބަބުން ޖިންސީ ގޯނާގެ އިތުރު މައްސަލަތަކެއް ފެންމަތިވެ ޖެންޑާއާއި ފުލުހުންނަށްވެސް ވަނީ މިއަދު ހުށައަޅާފައެވެ. އަދި އެމައްސަލަތަކާ ގުޅިގެން ތުހުމަތު ކުރެވޭ މީހުންވެސް ފުލުހުން ވަނީ ހައްޔަރުކުރަން ފަށާފައެވެ.

މިއަދު ފާހަގަކޮށްލެވޭ ޚަބަރުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ޚަބަރެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ދެކުނުގެ އަތޮޅުގެ ރަށެއްގައި ދޮން ބައްޕަގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު ބަނޑުބޮޑުވި ޚަބަރެވެ.

ދެން ފާހަގަކޮށްލެވެނީ މީގެ 20 ވަރަކަށް އަހަރު ކުރިން ގދ. ތިނަދޫގައި ހިނގި ރޭޕް ކޭސް އެއްގައި ކުއްޖާގެ ބައްޕަ އެކުއްޖާގެ ކާފަ މަރާލި ޚަބަރެވެ.

 

މިއަދު ގެނެސްދިން ޚަބަރުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އަނެއް ޚަބަރަކީ ގދ. ހޯޑެއްދޫއިން ޒުވާނަކު ގެއްލިގެން އުޅޭ ޚަބަރެވެ. ގެއްލިގެން ހޯދަމުން އަންނަނީ އެރަށު ސަތަވަރީގެ އަލީ ޝަޒުވާން މުހައްމަދު އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު އޭގެ ތެރެއިން ދެކުނުގެ ރަށެއްގައި 5 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރި ޚަބަރު ހިމެނެއެވެ. އެ މައްސަލާގައި 56 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މީގެ އިތުރުންވެސް މިރޭ ވަނީ ހަމަ އެފަދަ މައްސަލައެއްގައި އިތުރު މީހަކު ހައްޔަރުކޮށްފައެވެ. މެދު ރާއްޖެތެރޭގެ ރަށެއްގައި ކުޑަ 2 ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވަނީ މިރެގެ ވަގުތެއްގައެވެ.

ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއް މިއަދު ފެންމަތިވެފައިވާއިރު، ގއ. ކަނޑުހުޅުދޫގައި ހިނގައިދިޔަ ހިނގަމުންދާ ޖިންސީ ގޯނާގެ މައްސަލަތަކާއި އަދި ކުރިން އެރަށުގައި ހިނގާފައިވާ މައްސަލަތަކުގެ މައުލޫމާތު "ވަގުތު"ގައި ގެނެސްދޭތީ "ވަގުތު"ގެ ނޫސްވެރިޔަކަށް މަރުގެ އިންޒާރު ދިން ޚަބަރުވެސް ފާހަގަކޮށްލެވެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު