ގއ. ގައިހުންނަ ޖެންޑާ މިނިސްޓްރީގެ ސެންޓަރުގައި މުވައްޒަފަކު ނެތް ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ. ޝިދާތާ މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި މިރޭ ބޭއްވި ޖަލްސާގައެވެ.

މިޖަލްސާއަކީ ދެކުނުގެ ރަށެއްގައި އުމުރުން އެންމެ ދެ އަހަރުގެ ކުއްޖަކު ރޭޕްކޮށްލި މައްސަލައާ ގުޅިގެން ބޭއްވި ކުއްލި ބައްދަލުވުމެކެވެ.

މި މައްސަލާގައި މިރޭ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މިނިސްޓަރު ޝިދާތާ ވިދާޅުވީ މިނިސްޓްރީގެ ބައެއް ސެންޓަރުތައް ހުރީ އެންމެ އެކަށީގެންވާ ހާލަތުގައި ވެސް ނޫން ކަމަށެވެ. އަދި ޖެންޑާ މިނިސްޓްރީގައި އެކަށީގެންވާ ފައިސާ އާއި ވަސީލަތްތައް އަދި މުވައްޒަފުން ވެސް ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮންމެ އަތޮޅެއްގައި ޖެންޑާ މިނިސްޓްރީގެ ސެންޓަރެއް ހުންނަނީ އެންމެ ރަށެއްގަައި ހުންނަކަން ފާހަގަ ކުރައްވާ ޝިދާތާ ވިދާޅުވީ، އެއީ އެކަށީގެންވާ އަދަދެއް ނޫން ކަމަށާއި ސެންޓަރު ހުންނަ ރަށްރަށުގައި އެކަށީގެންވާ ވަރަށް މުވައްޒަފުން ވެސް ނުތިބޭ ކަމަށެވެ.

"އަތޮޅުތަކުގެ ތެރޭގައި ހުރި މިނިސްޓްރީގެ ސެންޓަރުތައް ހުރީ އެންމެ އެކަށީގެންވާ ހާލަތަކު ނޫން، ބައެއް ތަންތަނުގެ ފިޒިކަލް ހާލަތަށް ބެލިއަސް، އެތަންތަނުގައި ތިބި މުވައްޒަފުންގެ އަދަދުތަކަށް ބެލިއަސް، ހާލަތު ވަރަށް ގޯސް. ގއ. ސެންޓަރުގައި މުވައްޒަފަކު ނުވެސް ނެތް، އެ ތަނަށް މުވައްޒަފަކު ހޯދާތާ ވެސް އަހަރެއްހާ ދުވަސް ވެއްޖެ،" ޝިދާތާ ވިދާޅުވި އެވެ

އަދި ޖެންޑަރ މިނިސްޓްރީގެ ޚިދުމަތް ކޮންމެ ރަށެއްގައިވެސް ލިބޭނެ އިންތިޒާމް ހުރުމުގެ މުހިންމުކަން ޝިދާތާވަނީ ފާހަގަކުރައްވާފައެވެ. އެ ގޮތުން ކޮންމެ ރަށެއްގައި ކަންކަން ބަލައި ފާރަވެރިވާނެ މިނިސްޓްރީގެ ސޯޝަލް ވޯކަރުން ތިބެންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މިކަންކަން ތަކުރާރުވިޔ ނުދިނުމަށް ކޮންމެ ރަށަކަށް ވެސް ޖެންޑާ މިނިސްޓްރީގެ ހިދުމަތްތައް ބޭނުން ޖެހިފައިވާއިރު، މިނިސްޓްރީއަށް އެކަށީގެންވާ ބަޖެޓެއް ވެސް ބޭނުންވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ފުނަދޫ

    ސީދާ ކަނޑައެޅިގެން ބޮޑުދޮގެއް އެހެދީ ދިވެހިރާއްޖޭގަ ވަޒީފާނުލުބިގެން މީހުންތައް ތެޅިމަރުވާއި ރު ޖެންޑަމިނިސްޓުރީ އައް މުއައްޒަފަކުނުލިބުނީ މިހާރުވެސް އިއުލާނު ކޮއްލާއިރައް 30 ހަކައް ފޯމު އެބަވައްޓާލާ ތިވަރުގެ ޒިއްމާދާރު މުއައްސަސާ އެއްގެ ވެރިޔަކައް ބަހައްޓަ ހެޔޮވެސް ނުވާވަރުގެ ވެރިއެއްތީ ޒިއްމާ އަދާނުކުރެވެއްޏާ އިސްތިއުފާ ދީފަ ގޭގައިނީމަކަ ރައްޔިތު މިހާޕުރެސަރައް ދާކައްނުޖެހޭނެ އެއްފުޅައް މަތިން ފުއްމާލި ބަކަރި އަނެއްފުޅައްމަތިން ފުއްމާލާނެ ވާހަކަ ހަރުބަހެއްގަ އޮއްނާނެ ފެއިލްވީ އިސްތިއުފާ ތިކުރަނީ ސަރުކާރައް ސީދާ ޖެއްސުން ސަރުކާރު ބަދުނާމުކުރަން ކުރާހާމަސައްކަތް

    25
  2. މާލެ ބޭބެ

    ބަލަ 2018 ވނ އަހަރު ސެޕްޓެމްބަރ 23 ގެ ކުރިން ހޯބޯ ގޮވީ ކަންތައްތައް ރަގަޅުކުރަން ވޯޓްދޭށޭ، މިއީ ޖެނައަރީ 2019 ... ގިނަރަށްރަށުގައި ސެންޓަރ ހިންގަނީ ކުލީ ގޮތުގައި ގެތައް ނަގައިގެން، ޝިދާތާ، ކަންކުރާބަޔަކަށް މޯބައިލް އޮފީސްވެސް ހިންގޭނެ، ރާއްޖޭގެ ކޮންމެރަށެއްގައި ސެންޓަރހަދާ ރައްޔިތުންގެވޓެކްސްފައިސާ ބޭނުންގޮތަކަށް ޚަރަދު ނުކުރިޔަސް ކަންކަން މެނޭޖްކުރެވޭނަމަ އޭތިސަޅިވާނެ. އިސްތިއުފާދީފަ ތިކަންކުރެވޭ މީހަކު ރައީސް އައްޔަންކުރީމަ ނިމުނީ...

    21
  3. ރައްޔިތުމީހާ

    އެ ތަނަށް މުވައްޒަފަކު ހޯދާތާ ވެސް އަހަރެއްހާ ދުވަސް ވެއްޖެ،" ޝިދާތާ ވިދާޅުވި އެވެ.
    އަހަރު ދުވަސް ނަގާތޯ މިފަދަ ކުޑަ ކުޑަ ކަމަކަށް. ސަރުކާރުން ހިންގުން ފެއިލް ވެފަ ވަކަމުގެ ހެއްކެއް.ޅ. ހިންނަވަރު އިބްރާހިމް މުހައްމަދު ސޯލިހު އިސްތިއުފާ ދެއްވާ މަގުމައްޗަށް ނުކުމެ މުޒާހަރާ ފީލްޑްގައި އުޅުއްވާ. ތީ އެއްވެސް ކަމެއް ކުރެވޭނެ މީހެއް ނޫން ޤަމީހަކަށްވެސް ނުފުދޭ

    25
  4. ޑެއިލް

    ތިއޮތީ ގެއްލޭ ބެޑއޝީޓް އިސްތިއުފާ ދޭންޖެހޭކަމެއް

  5. ސެންޓަރުމީހާ

    އެއްވެސް ތާކަށް އެއްވެސް ސެންޓަރެއް ބޭނުމެއް ނުވޭ. ކޮންމެ ރަށެއްގައި ކައުންސިލަރުން އެބަތިބޭ. އެމީހުން ކުރަނީ ކީއްތަ؟ ހައެއްކަ ސަތޭކަ މީހުން ތިބޭ ރަށެއްގައި ފަސް ހަމީހުން ތިބޭއިރު އެރަށުގައި ހިނގާ ހުރިހާ ކަމެއް އެމީހުންނަށް އެނގޭނެ. ނުބައިކަމެއް ކުރިޔަސް ރަނގަޅުކަމެއް ކުރިޔަސް އެކަން ކުރާނީ ކާކުކަންވެސް އެމީހުންނަށް އެނގޭނެ.

  6. ހުސޭނުބޭ

    އެހެންނުވާނެ! ތި ތަނުގެ ހުރިހައި މުއައްޒަފުން އެ ދައިތަގެ ގެއްލޭ ބެޑްޝީޓު ދަށުގައި ތިބޭނެ! އެހެންވެ ނުފެންނަނީ!

  7. މައުމޫނު

    ތިވެސް ހަމަ ޔާމީނުގެ ކަންދޯ؟ ކަލޭމެން ވެރިކަމަށް އަރާ ފުރަތަމަ ވެސް ހުރިހާ މުވައްޒަފުން ތަންތަނުން ވަކި ކުރީ. ދެން ކޯޗެކޭ ކިޔާކަށް؟

  8. ޝާކިރު

    އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމުގެ ހުވާ ކުރި ދުވަހުން ފެށިގެން މޯލްޑިވްސް އެއަރޕޯޓް ކޮމްޕަނީގެ މެނޭޖިން ޑިރެކްޓަރެއް ނެތި އެތަން ވަގުތީ ގޮތުން ހިންގަމުންދަނީ އޭނާ އަށް ބޮޑު ބޭބެ ކިޔާ މީހަކު. އޭނާ 01 އަހަރުގެ ވޯރކު އެކސްޕީރިއަންސް ލިބި މެނޭޖިން ޑިރެކްޓަރު ކަން ކުރެވޭނެ ފެންވަރަށް އަޢީމަ އޭނައަށް މެނޭޖިން ޑިރެކްޓަރު ކަން ދިނުމަށް ބޭނުންވާތީ އެތަނަށް އައު މެނޭޖިން ޑިރެކްޓަރެއް ނުނަގާ ހުރީ. އެގޮތް ތިތަނަށްވެސް ވީ ހެން ހީވަނީ

  9. ޝީޓްބޭ

    ލަދު ، މިގައުމުގަ ވަޒީފާގަނޑެއް ނުލިބިގެން ކިތައްމީހުން އެބަތިބިބާ؟ ބެޑްޝީޓް ދަށުގައި ތިމާ ފިލާ އޮތަކަސް އެއްމެން ތިބީކީ ބެޑްޝީޓް ދަށުގަގައި ބޮނޑައެއްނޫން ، ނުވަންޏާ އިސްތިއުފާދީފަ ގެޔަށްދޭ! މިއަދުމީ ބެޑްޝީޓަކުން މުޅިގައުމު ކަވަރުވާވަރަށް ވުރެއް ބޮޑު ގައުމެއް .

  10. ގއ ގެ ރަށް ރަށުން

    ޢެތަނުގަ މީހަކު ނެތްކަން ޝިދާތާ އަށް ވާނީ ސަމަލު ކަމަށް އަތޮޅުގެ ރަށްރަށުން ގެނެސްދެވިފަ އެކަމަކުކު ނު ލެއްވޭ. ޢަދި ހޯމް މިނިސްޓަރ އަދި ކަމާ ގުޅުން ހުރި އެންމެހާ ފަރާތްތަކަށް ވެސް.

    6
    1
  11. ސިދާތާަ

    އަޅުގަނޑުގެ ފްރައިޑޭ ވީމަ ވާނީ އެހެން.

  12. ތތ

    މޑޕ އަށް ނިސްބަތްވާ މީހުން ލަދުގަންނަންޖެހޭ. މިސަރުކާރު ވެރިކަމާ ހަވާލުވެފައި ކުރިކަމަކީ ކުޑަކުދިންނާބެހުމުގެ ހުއްދައިގައި ތައްގަނޑުޖެހުން. ހޯރަ އިއްބެ ދޫކޮށްލުމަކީ މިކަން.ފުރަތަމަވެސް ގާނޫނާ ހިލާފުޖަމެއް އިބޫކުރީ. މަގާމުގެ ޝަރުތު އުނިވެފަހުރި މީހެއް އިބޫއަކީ. އިސްތިެުފާދީ. ނޫނީ މުޅި ރާއްޖޭގައި ރައްޔިތުން ހުއްޓާނުލާ މުޒާހަރާ ކުރަންވީ. މުވެރިކަން އޮވެއްޖެނަމަ މިގައުމެއް ނޯންނާނެ.

  13. ދިވެއްސެއް

    ކައުންސިލް އިންތިހާބުން 100% ދެއްވާ، އޭރަށް ހުރިހާކަމެއް ހައްލުވެފަ އޮންނާނީ.

    3
    1