ކައުންސިލެއްގެ ރައީސް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ޖެންޑާ މިނިސްޓްރީން ބަލަމުން އަންނަކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވެފައިވަނީ، މިރޭ ކުރިއަށް ދިޔަ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ ބައްދަލުވުމުގައެވެ. ރޮޒައިނާ މިހެން ވިދާޅުވިނަމަވެސް، މިކަންކޮށްފައިވަނީ ކޮން ރަށެއްގެ ނުވަތަ ކޮން ހިސާބެއްގެ ރަށެއްގެ ކައުންސިލެއްގެ ރައީސް ކަމެއް ހާމަކުރައްވާފައިއެއް ނުވެއެވެ.

ނަމަވެސް ދެކުނުގެ ރަށެއްގެ ފިރިހެން ކައުންސިލަރަކު ފިރިހެން ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ބަލަމުންދާ ކަމުގެ މައުލޫމާތު ކުރިން މީޑިއާތަކުގައި ވެސް ގެނެސްދީފައި ވެއެވެ. އެއީ ކައުންސިލެއްގެ ރައީސްއެއް ނޫނެވެ. އެހެންކަމުން ބެލެވޭ ގޮތުގައި ރޮޒައިނާ ދެއްކެވީ އެހެން މައްސަލައެއްގެ ވާހަކައެވެ.

ރޮޒައިނާ މިރޭ މިހެން ވިދާޅުވެފައިވާއިރު، 14 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ސިފައިންގެ ދެ މީހުން ރޭޕު ކުރިކަމަށް ރޭ ވަނީ އެކަމަނާ ވިދާޅުވެފައެވެ. ނަމަވެސް ސިފައިން މިއަދު ބުނެފައިވަނީ އެ ފަދަ މައުލޫމާތެއް ސިފައިންނާއި ހިއްސާކޮށްފައި ނުވާކަމަށެވެ. އެހެންނަމަވެސް މިއަދުވެސް ރޮޒެއިނާވަނީ އެވާހަކަ ތަކުރާރު ކުރައްވާފައެވެ.

ދެއަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލަ ފެންމަތިވުމާއި އެކު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ އެތައް މައްސަލައެއް މިހާރު އަންނަނީ ފެންމަތިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ސާ ލެމަން

    ސާބަސް ކަމަނާ. ފާހަގަ ކުރެވޭ ކަމަކީ މީގެއިން އެއްވެސް ކޭސް އެގަވެސް ދައުރުވަމުންދާ މިކަހަލަ މަސަލަތަކުގެ ލިސްޓެއްގަވެސް އައްޑޫ މީހަކުނެއްކަން. އައްޑޫ މީހުން އެގޮތުން މާ ރަގަޅު ކަން ފާހަގަ ކުރެވޭ.

    4
    39
  2. ? އުމަރު

    އަންހެނުންނާއި ފިރިހެހެނުން ހަމަހަމަ ވީމަ މުޖު ތަމައު އިން ފެންނަން ބޭނުން ނުވާނެ ކިތައްމެ ކަމެއް ފެންނާނެ. ބައިވަރު ވާހަކަ ދައްކަން ބޭނުން ނުވާތީ ކުރު ކޮއްލީ.

    33
    3
  3. ބެރު

    ރޮ ޒޭ މިހާރު ތިޖަހާ ބެރާ ލަވަޔާ މިއުޒިކާ ރާާ ގާ ވަރަށް ގު ޅޭ ހާމަނުވެ ސިއްރު ކޮށްފަ ހުރި ރޭޕު ތަކެއް ހާމަކުރީތީ ރޮޒޭއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ ތިފަދަ ކަމެއް ހާމަކޮށްލަން ކެރޭވަރު ދެވަނަމީހެއް މިސަރުކާރުގައި ނެތޭބުނެވޭނީ ރޮޒޭ ތިކުރިހިތްވަރަށް އައްސަރިބާހާސާބަސް

    36
    3
    • ކޭކުލި

      ޖެންޑަރ މިނިސްޓަރުކަން ދޭންވީ ރޮޒޭއަށް. ސިދާތާ އެއީސުންކަޑައެއް.

      9
      4
    • ދަންނަ

      ރޮޒޭ އެއީ ހަމަ ހުރެލާފަ ސްޓޯރީއެއް ހަދާލީ އެހެންވީތީނު ކާކު، ކޮންތާކު، ކޮން އިރަކު، ކިހިނެތް މި ހަތަރު ކ ފުރިހަމަނުވަނީ ރޮޒޭނާ މިއުޅެނީ ރައްޔިތުން ގުނބޯހައްދަން

      4
      3
  4. ނައީމް

    ކުޑަކުދިންނައް ކުރާ ޖިންސީ ގޯނާ އަނިޔާއާއި ދެކޮޅައް ބާއްވާ ހިގާލުން ތަކުގަ ކައުންސިލުން ހުއްދަނަގަންޖެހޭކަމައްބުނެ ހުއްދަ ދެނީ އެމީހުން ބޭނުންވާ ބަސްތަކެއް ބޭނުން ކުތާ މަތިން އިސްލާމީސަރީއަތް ގާއިމުކުރަން ނުގޮވޭ ސިދާތާ އިސްތިއުފާއައް ނުގޮވޭ ސަރުކާރުގެ އެއްވެސް ވެރިއަކއައް ބަހެއްނުބުނެވޭ މީ އެމްޑީޕީ ހާލަތު

    37
    2
  5. އެންދެރި

    ދިރާގާ އުރީދޫ އިން އޮރިޔާން ސައިޓް ތަކަށް ނުވަދެޥޭ ގޮތް ހަދާ ދިނުން އެދެމެވެ. ވީޑިޔޯތައް ބަލާފަ ބަޔަކު އެބަ މޮޔަ ވެ އެވެ .

    18
    3
  6. Anonymous

    މީހުން ޤަބޫލުކުރިޔަސް ނުކުރިޔަސް އިސްލާމްދީނުގައި ކަންކުރަން ބާރުއަޅާފައިވާ ގޮތަށް ކަންތައްތައް ނުކުރެވޭތީ، މިއަދު މިފަދަ ބޮޑެތި މައްސަލަތައް ކުރިމަތިވަމުން މިދަނީ.

    12
    1
  7. ރޮޒަައިނާ

    ދިރާގުން ވެއްޖެއެއްނުން އޮރިޔާން ވެބްސައިޓުތައް ރާއްޖެއައް ނުފެންނަގޮތައް ހަދަން. ކުޑަކުދީންނާއި ބޭހުމުގެ ކަންކަމައްވެސް އެފަދަ މަންޒަރުތަކާއި ވީޑިއޯތަކުން ބަޔަކައް ވަސްވާސްލިބިދާނެ. އަދި އެހެން ނޫނަސް ފާހިޝް އެންމެހާ އަމަލުތަކައް މުޖުތަމައު ހޭނެމުން މިދަނީ މިފަދަ ފާހިޝް ކޮންޓެންޓު އެއްވެސް ހިފެހެއްޓުމެއްނެތި ދޫކުރެވިފައިވާތީ.. މިއީ ސައިންޓިފިކްކޮއް ނަފްސާނީ އިލްމުގެމީހުން ހޯދާހޯދުންތަކުން ދައްކާ ކަންކަން.

    8
    1
  8. މީކާކުބާ ؟

    މިސަރުކާރުން ވަރައް ބޮޑައް ބާރުއަޅާ (ބިރު) ފަހަނައަޅާ ދިހިޔުމަށް އެހެންވީމާ މިފެންނަނީ އޭގެ އަލާމާތްތަށް......

    8
    2
    • ލޮލް

      ފީފީއެމް ދަފްތަރުގަ އޮތް ދެބޮފާއިން މި ކަން މިކުރީ. ކިހިނެއްމިވީ

      3
      5
  9. ސައީދު

    މޑޕ އަށް ނިސްބަތްވާ މީހުން ލަދުގަންނަންޖެހޭ. މިސަރުކާރު ވެރިކަމާ ހަވާލުވެފައި ކުރިކަމަކީ ކުޑަކުދިންނާބެހުމުގެ ހުއްދައިގައި ތައްގަނޑުޖެހުން. ހޯރަ އިއްބެ ދޫކޮށްލުމަކީ މިކަން.ފުރަތަމަވެސް ގާނޫނާ ހިލާފުޖަމެއް އިބޫކުރީ. މަގާމުގެ ޝަރުތު އުނިވެފަހުރި މީހެއް އިބޫއަކީ. އިސްތިެުފާދީ. ނޫނީ މުޅި ރާއްޖޭގައި ރައްޔިތުން ހުއްޓާނުލާ މުޒާހަރާ ކުރަންވީ. މުވެރިކަން އޮވެއްޖެނަމަ މިގައުމެއް ނޯންނާނެ.

    5
    4
  10. Anonymous

    14 އަހަރުވީމާ އެދެން ބޮޑުވީ. ބާލިޢު ވީމަ ކިޔާނީ ބޮޑު ވެފަ ހުރި ކުއްޖެކޭ. ކުޑަކުދީން ކިޔަނީ ބާލިއު ނުވާ ކުދީންނައް

    8
    2
  11. Anonymous

    މި ލާދީނީ ސަރުކާރުން މާދަމާ ވަޞުއީ ގާނޫނައް ބަދަލް ގެންސައް ބުނެފާނެ 50 އަހަރުވީމަ އޭ ބޮޑުމީހެއްގެ ގޮތުގައި ބަލާނީ. އެހެންވީމަ 50 އަހަރު ވުމުގެ ކުރިން ވާނީ ކުޑަކުއްޖަކައް

    4
    1
  12. ދިރާގޫރީދޫ

    ހިޔާލެއް ހުށަހަޅާލާނަމެވެ.
    އަތުގަ ނުޖެހި ދަތުގަ ޖެހުމަކީ މީހާ ދެދުނިޔެއިން ގެއްލި ހިނގައިދާނެފަދަ ވަބާއެކެވެ. ދިވެހިރާއްޖޭގެ އިންޓަނެޓްސާފް/ސާޗް 87 އިންސައްތަ ބޭނުން ކުރެވެނީ ހިތިފިލުވާ ސައިޓުތަކަށެވެ ނުވަތަ ޕޯން ވީޑިއޯ ބަލާށެވެ. ދިރާގުގެ ސާވާއިން ދޫކުރާ ސާވިސް އަށް ބާރުބޮޑުވެދަނީވެސް މީގެ ސަބަބުންނެވެ. ދިރާގުގެ ފައިދާގެ މައިނާރަކީވެސް މިއެވެ. ހަވާނަފްސު މިކަމަށް ހުސްވެ ހަފުސްވާމީހާ ލޯމަތިން ފެންނަ މަންވެސް ދަރިވެސް ސިފަވާނީ އެހާމެ ޓްރާންސްޕޭރެންޓް ހިތްއެދޭފަދަގޮތަކަށެވެ. މިކަމުގައި ހައްލަކީ ކޮބައިތޯ؟

    5
    2
    • އައްޑޫ މީހާ

      ކޮންމެ މީހަކުވެސް ބޮޑުވެ ބާލިގްވެ ކައިވެނި ކުރުމަށްފަހު ދެން އެމީހަކަށް އެނގޭނެ އަންހެނެއްގެ ނުވަތަ ފިރިހެނެއްގެ ހަށިގަނޑުގެ ބއިތައް ހުންނާނީ ކިހިނަކުންކަން އެހާ ހިސާބުން ތިޔަ ވިދާޅުވި ޓްރާންސްޕޭރެންސްވީ ދިރާގާއި އުރީދޫގެ މައްސަލައެއްނޫން އަގީދާ ބަލިކަށިވީމަ މިކަހަލަ މައްސަލަތައް ދިމާވާނެ ބޯދާ ޒަމާނުގައިވެސް މިގައުމުގައި މިފަދަ ކަންތައްތައް ހިގަމުންދިޔަ ހާއްސަކޮށް ގަނޑުވަރުތެރޭ ކޮއިލުތަކުގައި އޭރު މިކަންތައް ސިއްރުވެފަ އޮންނަނީ ހިޔާލު ފާޅުކުރުމާއި ބޭޒާރުކުރުމުގެ މިނިވަންކަން ނެތީމަ

      6
      1