އއ.މާޅޮސް ކައިރީ އޮތް ސަފާރީއަކުން ޑައިވިން އަށް ދިޔަ 71 އަހަރުގެ ޖަރުމަންވިލާތުގެ އަންހެނަކު މަރުވެއްޖެއެވެ.

ފުލުހުން ދެންމެ ވިދާޅުވީ އޭނާ މަރުވެފައިވާ ކަމުގެ މައުލޫމަތު މިއަދު ހެނދުނު 08:45 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

"އޭނާ އއ.މާޅޮސް ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރ މައުލޫމާތު ދީފައިވޭ. މި މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުން." ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ އާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.

މިއަހަރު މިހާތަނަށް ރާއްޖޭގައި ތިން ފަތުރުވެރިޔަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޮޑުކީސް

    ކިހިނެއްތަ މިގައުމަށް މިވަނީ! ގޮތްނޭގޭ މަރެއްގެ ޚަބަރެއް ކަންފަތުން ނެއްޓިގެނެއްނުދޭ!މީދޯ ގަޑިޔަ ކިޔާފަ އެއްމެންވެގެން މިސަރުކާރު ގެނައި ކަމަކީ!އެޖެންޑާ 19 ވާވާ ސަޅި!

    16
    5
    • ުޔުނާންް

      މަރަކީ އެއްވެސް ސަރުކާރެއްގެ ކޮންޓްރޯލުގަ އޮތް ކަމެއްތަ، ތަންކޮޅެއް ހަމަޖެހޭ ވާހަކައެއް ދައްކަބަލަ

      12