ފާއިތުވި ދެ ދުވަސް ތެރޭގައި ފަސް ލައްކައަށް ވުރެ ގިނަ މީހުން "ވަގުތު" ގެ ޚަބަރުތައް ކިޔައިފި ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފާއިތުވި ދެ ދުވަހުގެ ތެރެއިން ހުކުރު ދުވަހު 2.4 ލައްކަ މީހުން އަދި ހޮނިހިރު ދުވަހު 2.7 ލައްކަ މީހުން "ވަގުތު" އަށް ޒިޔާރަތް ކޮށްފައި ވެއެވެ.

ފާއިތުވި ދެ ދުވަހު "ވަގުތު" ގެ ޕޭޖް ވިއުސް 1.5 މިލިއަނަށް ވުރެ ގިނައެވެ.

ރާއްޖޭގެ އެންމެ ގިނަ މީހުން ޒިޔާރަތްކުރާ ދިވެހި ވެބްސައިޓްގެ މަގާމުގައި "ވަގުތު" އޮންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް ފާއިތުވި ދެ ދުވަހު "ވަގުތު" އަށް ވަނީ ރެކޯޑް މިންވަރަކަށް މީހުން ޒިޔާރަތްކޮށްފައެވެ.

"ވަގުތު" ގެ މާކެޓިން އެގްޒެކެޓިވް ޒަހީން އަބްދުﷲ ވިދާޅުވީ "ވަގުތު" އަށް ޒިޔާރަތް ކުރާ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެފައި ވަނީ ތާޒާކަމާއި އެކު ޚަބަރުތައް ގެނެސްދިނުމަށް "ވަގުތު" ގެ ހީވާގި މުވައްޒަފުން ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން ކަމަށެވެ.

"މިހާރު ދިމާވެގެން އުޅޭ ހާދިސާތަކުގެ މައުލޫމާތު ވެސް އެންމެ ފުރިހަމައަށް އެންމެ އަވަހަށް ގެނެސްމިދެނީ "ވަގުތު" އިން. އެކަމުގެ ނަތީޖާ ދަނީ ފެންނަމުން." ޒަހީން ވިދާޅުވިއެވެ.

ޒަހީން ވިދާޅުވީ ކިޔުންތެރިން ކިޔާލަން ބޭނުންވާ ފަދަ ލިޔުންތައް ކުރިއަށް އޮތްތަނުގައި ވެސް "ވަގުތު" އިން ފެނިގެން ދާނެ ކަމަށާއި އަދި ވަރަށް އަވަހަށް "ވަގުތު" ގެ ލިޔުންތަކުން އިތުރު ބަދަލުތަކެއް ފެންނަން ފަށާނެ ކަމަށެވެ.

"އެބަދަލުތައް ގެނައުމަށް މިހާރު އަޅުގަނޑުމެންގެ ޓީމް ވަނީ ތައްޔާރުވެފައި. މިހާރު ނުފެންނަ މުހިއްމު، ކިޔާ ހިއްވާކަހަލަ ލިޔުންތައް ކުރިއަށް އޮތްތަނުގައި ފެނިގެންދާނެ." ޒަހީން ވިދާޅުވިއެވެ.

"ވަގުތު" އަށް އެވްރެޖްކޮށް ދުވާލަކު ދޮޅުލައްކައަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރެއެވެ.

އެންމެ އަވަހަށް ތާޒާކަމާއި އެކު ޚަބަރުތައް ގެނެސްދިނުމުގައި "ވަގުތު" ވަނީ ކިޔުންތެރިންގެ އިތުބާރު ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ހާނިމް

    ހަސަން ބެއްޔާ އައިޖީއެމްއެޗް އިން ފަރުވާދެނީ މިހާރު، އީސީޖީ ނަގައިފި،

    20
    5
  2. މާލެ ބޭބެ

    އަސްލު ޕިންކޭމެން ނުބަލާނެ އެހެން ނޫސްތައް... އޮންލީ ވަގުތު....ވަގުތު ޓީމް ވ ރަގަޅު، ބިރަކަށްނުބަލާ ވާޖިބު އަދާކުރޭ... ބިރެއްނެތި ޤައުމާއިގެން ކުރިއަށް...... އިންވެސްޓިގޭޓް ނޫސްވެރިކަން ވަރަށްމުހިންމު......

    53
    9
  3. މުހައްމަދު އަހްމަދު

    " ވަގުތު " ނޫހަށް ތިޔަހާ ބޮޑު ތަރުހީބެއް ލިބެނީ، އެއްވެސް ބިރެއްނެތި ވަކިފަރާތަކަށް ނުޖެހި ތެދުވެރި ކަމާއެކު، މި ސަރުކާރުގެ ނޭއްގާނީ ކަން ގެނެސް ދޭތީ... އަދި ހަމައެހެންމެ " މިހާރު " ނޫސް ސަރުކާރަށް ވިކިފައިވާތީ..

    72
    11
  4. ވަގުތު ކިޔުންތެރިއެއް

    ރާއްޖޭގައި ހިންގާ އެންމެ ބެސްޓް ނިއުން އަލީ "ވަގުތު "

    57
    10
  5. ސޭކްސްތާން

    ވަގުތު ވަރެއް އަސްލު ނެތް. ހަބަރުތައް ތާޒާ ބިރެއް ނުފޫޒެއް ނެތް. އެކަމް ކޮމެންޓް ސެކްޝަން އެބަޖެހޭ އަޕްގްރޭޑް ކޮށްލަން. އޭރުން އެންމެ ފުރިހަމަ ވާނީ. އޯލް ދަ ބެސްޓް ގައިޒް!

    59
    2
  6. ވަޅޯ

    ވަގުތު ދި ބެސްޓު

    43
    7
  7. ސަމާލު

    އަސްލު ތެ ދެއް ބަޓް އެބަޖެހޭ ތަންކޮޅެއްއެވެއާރ ވާން އެހެން މިބުނީ ބައެއްފަަހަރު ކިބަޅިފަރާތުން ދާތީ

    9
    4
  8. ހަސަނާބެ

    މިހާރު ކުދިންކޮޅު ހިތް ހުއްޓިދާނެ

    19
    9
  9. އަސްތާާ

    ރާއްޖޭގަ ކަމެއް ހިނގައިފިޔާ އެންމެ އަވަހަށް އެހަބަރު ޖަހާފަ އޮންނަނީ ވަގުތުގަ، ވަގުތުގެ ހަބަރުތަކާއި ލިޔުންތައް ކިޔާ ކިޔާ ފޫހިވީމަ އެހެން ހަބަރުތއް ކިޔަނީ

    27
    4
  10. މުހައްމަދު އަހްމަދު

    އެއްވެސް ޝައްކެއްނެތް.. 'ވަގުތު' ނޫހަކީ ރާއްޖޭގެ 1 ވަނަ... އެކަމަކު އިބާރާތްކުރުމުގެ ފެންވަރު ރަނގަޅުކޮށްލަންޖެހޭ... 'މިހާރު' ނޫހަކީ އެމްޑީޕީގެ ޕަޕެޓެއް

    9
    1
  11. އަލީ އަކުބަރު

    'ވަގުތު' ނޫހަކީ ރާއްޖޭގެ 1 ވަނަ.. 'މިހާރު' ނޫހަކީ ރީނދުލޭމެންގެ ޕްރޮޕެގެންޑާ ފަތުރާ ނޫހެއް

    7
    1
  12. ޢހ

    މި ދެތިން ދުވަހު ބޭރު ހަބަރު ނުގެނެސްދޭތީ ވބ ކަންބޮޑުވޭ.
    އަދި ހުކުރު ދުވަހު ބޭރުދުނިޔެ އަޕްޑޭޓެން ނުވޭ. ޙާއްސަކޮން މެދު އިރުމަތި

  13. ކޮޅީކަޓް

    މިހާރު ވަގުތު ނޫސް، މިހާރުން، އެބަކޮޕީކުރޭ

    4
    2
  14. ޖޭޑް

    ބައި މިލިއަން މީހުންނެއް ނޫން. ބައި މިލިއަން ވިއުޒް

    6
    1
  15. ? ރޮނޑާ

    ?ގަބޫލު ކޮއްފިން

  16. ހިޔާލު

    މިވަރުން ވަގުތު އެޕް ހަދަން ގެހޭކަމައް ދެެކެން

    5
    1
  17. ހައްސާނު ހާފުސީ

    ކަލެޔާ މިހާރު ނޫސް އެއީ ލާދީނީ ގުރޫޕު ހިންގާ ކަންކަން ފޮރުވަން ތިބި ބަޔެކޭ ބުނާކަން ނެތިން މީ ވަރަށް ވާހަކަ.....

    9
    2
  18. vaguthu fan

    vaguthu noohuge ge noos veriyakah vumakyy alhugandu ge varah bodu huvafeneh
    furusatheh othihya angaala dhinun edhen

  19. vaguthu

    ????

  20. ކަޅުއޮއް

    ބުނަންނުކެރިގެން ބުނަންއުޅެފަ ނުބުންޏަސް މިހާރު ނޫހަކީ ލާދީނީ ކަންކަން ފޮރުވަންތިބިބައެއް