އެއާޕޯޓުގައި ހުންނަ ފެރީ ޓިކެޓް ކައުންޓަރ ޓެކްސީ ކިއު ކައިރިއަށް ބަދަލުކޮށްފައި ވާކަމަށް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްމެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
އެމްއޭސީއެލް އިން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެކަން ކޮށްފައި ވަނީ އެއާޕޯޓުން ދަތުރު ކުރާ ފަރާތްތަކަށް ފަސޭހަކުރުމަށް ކަމަށެވެ.
މީގެ ކުރިން އެއާޕޯޓް ފެރީ ޓާމިނަލް ހުންނަނީ ޑޮމެސްޓިކް އެއާޕޯޓު ކުރިމައްޗަށް ވާގޮތަށެވެ. އެތާ ކައުންޓަރު ސަބަބުން އިންޓަރނޭޝަނަލް އިން ނިކުންނަ ފަރާތްތަކަށް ދަތިތަކަކާއި ކުރިމަތިލާން ޖެހެއެވެ.
For our travellers convenience @VelanaAirport , public ferry counter from airport to Male city has been moved to the taxi pick up point.
This move was made to give a better choice for our airport users in their travel experience. pic.twitter.com/eOFs1I5M9M— Maldives Airports Company Ltd - MACL (@MACLmedia) January 19, 2020
މިހާރު ފެރީގައި ދަތުރުކުރަމުން އަންނަ ފަރާތްތައް ކުރިއާ އަޅައިބަލާއިރު އިންތިހާ އަށް މަދެވެ. މިހާރު މާލެއާއި ހުޅުލެއާއި ދެމެދުގައި ބްރިޖެއް ގާއިމްކޮށްފައި އޮތުމުން ގިނަ ބަޔަކު ދަތުރު ކުރުމަށް އިހްތިޔާރު ކުރަނީ އެ ގޮތެވެ.މި ބަދަލާއި އެކު ކުރިއާ އަޅައި ބަލާއިރު ޓެކްސީތަކަށް އޮންނަ ޑިމާންޑްވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ.
އެގޮތުން މިހާރު ވަނީ އެއާޕޯޓުގައި ޓެކްސީ މަޑުކުރުމަށް ހާއްސަ ސަރަހައްދެއްވެސް ގާއިމްކޮށްފައެވެ. ނަމަވެސް އަދިވެސް ގިނަ ފްލައިޓްތައް އޮޕަރޭޓްކުރާ ވަގުތުތަކުގައި ޓެކްސީ ހޯދުމަށް ދަތިވާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.
ވ ރަނގަޅު ކަމެއް.
ޓެކްސީ ނުޅިބި ޓެކްސީ ކިޔު ބޮޑު ވަނީ މިހާރު މިއޮންނަ ގަވައިދާ ގުޅިގެން ކަން ފާހަގަ ކޮށްލަން.. 65ރ ވީމަ ގިނަ ޓެކްސީ ޑްރައިވަރުން އެެއާޕޯޓަށް ނާދޭ އެހެންވީމާ ކިއު ބޮޑު ވަނީ. އެކަމުގެ ސަބަބުން ވެސް ރައްޔިތުންނަށް މިލިބެނީ ގެލުން.