މާލެ ސާފުތާހިރުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީއަށް ނުކުރެވޭ ކަމަށާއި މަގުތަކުގައި ހުންނަ ކުނިތައް ދުވަހުން ދުވަހަށް ނެގޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް މާލޭ ސިޓީ ކައުންސިލުން ގޮވާލައިފި އެވެ.

ސިޓީ ކައުންސިލްއިން ފާސްކުރި ޤަރާރެއްގައި ބުނެފައިވަނީ މާލެ ސިޓީ ކައުންސިލްގެ ބައެއް މުވައްޒިފުން ކުނިއުކާލުމާއި މާލެ ސިޓީގެ މަގުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލްއިން ކުރަމުން ގެންދަނިކޮށް، އެ މަސައްކަތާއި ހައުސިން މިނިސްޓްރީން ހަވާލުވިތާ ތިން އަހަރުވެފައިވާ ކަމަށެވެ.

އަދި މާލެ ސިޓީއަކީ ނަލަފެހި ސިޓީއަކަށް ހެދުމަށްޓަކައި މަގުތައް ސާފުތާހިރުކޮށް، ފެހިކޮށް، ޒީނަތްތެރިކޮށް ބޭއްވުމަށްޓަކައި ހުރިހާ ރައްޔިތުންގެ އެއްބާލުމަށް ވެސް މާލެ ސިޓީ ކައުންސިލްއިން ވަނީ ގޮވާލައިފަ އެވެ.

"ގޯޅިތަކުގެ ޕޭވްމެންޓުމަތީގައި އާއި ސަހަރާތަކާއި އާންމު ތަންތަނުގައި ކުނި ބެހެއްޓުން ވަނީ އާންމު ކަމަކަށްވެފައި, ދުއްވާ ވެހިކަލްތަކަށް ގެއްލުުން ލިބުމާއި ހިނގާ މީހުންނަށް ނުބައި ވަސް ދުވުމާއި ބުޅަލާއި މެހީގެ އުނދަގޫ ބޮޑުވާކަމުގެ ޝަކުވާތައް ބޮޑުވެފަިއވާ ވާއިރު އޭގެ ސަބަބުން ބަލިތައް ފެތުރުމުގެ ފުރުސަތު ވެސް ބޮޑު" ސިޓީ ކައުންސިލުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މޫސާ

    އެހެންތޯ... އިރު އަރާ އެބަ އޮއްސޭތޯ

  2. ޑިމޮކްރަޓިސްޓް

    ލަދުހަޔާތުގެ ކަންފުޅެއްވެސް ހުރިބައެއްނަމަ އަނގަފުޅާކުރަން ނުކެރޭނެ... ލަކޭމެންތީ ވަރަށްކަންކަން ވާބައެއްތަ؟ ބަރާބަރަށް މުސާރަކައގެން ގޮނޑިހޫނުކށްފަ ގެޔަށްދާއިރު.. ފިތުނަޔާ ފަސާދަކުރުން ނޫންކަމެއް ތިރީންދޫ ސައިތާނުން މިގައުމުގަ އެބަކުރޭތަ... މިސައިތާނުންމީ މަިގައުމަށް ޖެހިފައޮތް ބޮޑުމުސީބާތެއް..

  3. ރަފްސީން

    ޙަޔާތްކުޑަ ބައިގަނޑއް!

  4. ޕޮފުބާ

    މާލޭގެ މަގުތަކަށްކުނި އަޅަނީ އެމްޑީޕީ މީހުން

  5. ނުރަބޯ

    ކުނިއަޅަނީ މުއިއްޒުތަ. މަގުތަކައް ކުނިނާލަންވީނު. ކުނިއަޅާމީހުންހޯދާ ބޮޑުއަދަދަކުން ޖޫރިމަނާ ކުރަންވީ

  6. އަލީމޫސާ

    މިކަން ނުކުރެވުނީ ކޮންބަޔަކަށް ކަން ދިރިތިބި ލޯތަކަށް ފެނިފަވާނީ. ވިއްސާރަ ވެހިޖެއްޔާ އޮޑިދޯނި ފަހަރު ދުވާ ވަރަށް މާލޭގެ މަގުތަކުގެ ފެން ބޮޑުވުމާއި، ކުނީގެ ބޮޑު ފަރުބަދައެއް މާލެ މަތިން ފެންނަން ހުރިކަންވެސް ދިރިތިބި ލޯތަކަކަށް ފެނިގެން ގޮސްފަ ވާނީ. !!1

  7. ހުސޭނުބޭ

    އަންނަ ރުޅީގައި މަގުމަތީގައި ސަޓާއަޅައިގެން ކައުންސިލް ބައްދަލުވުމެއް ބާއްވާފައި ހައުންސިން މިނިސްޓްރީ ސިޓީ ކައުންސިލަށް ނަގާ!

  8. ދޯ

    ސިޓީ ކައުންސިލް މީ ހުސް އަނގަ އަރުވަން ތިބި ބައެއް. ކަމެއް ވާ ބައެއް ނޫން. އުފަން ވާ ކުދިންނާ މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުން އެކަނި ކަމަކަށް އޮންނަނީ.

  9. ރެޓޭ

    މޭޔަރު ދޭބަލަ ދަތް އުނގުޅަން