‏ގދ. މަޑަވެލީ ނާރެސް ޣޭގައި ހިނގި އަލިފާނުގެ ޙާދިސާގައި ގެއްލުންވި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް(އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ..

އެގޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ ޖެނުއަރީ ނުވަ ވަނަ ދުވަހުއެވެ. އެ ހާދިސާގައި އެގޭގެ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވިނަމަވެސް، އެގޭގެ 80 ޕަސެންޓް އަނދާފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެންޑީއެމްއޭ އިން މިއަދު ވިދާޅުވީ، ހާލުގައި ޖެހުނު އާއިލާއަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި ދެވިފައި ކަމަށެވެ. އަދި ހާދިސާ ހިނގި ދުވަހުން ފެށިގެން 10 ދުވަހަށް ކެއުމަށް ބޭނުންވާ ފައިސާ ދެވިފައިވާކަމަށާއި، އަދި މިފައިސާ އިތުރު ކުރުމަށް ނިންމާފައިވާކަމަށް އެންޑީއެމްއޭ އިން ވިދާޅުވިއެވެ.

‏މީގެ އިތުރުން، އާއިލާގެ ފަރާތްތަކަށް ބޭނުންވާނެ އަންނައުނު ޙޯދުމަށް އެހީތެރިކަން ފޯރުކޮށް ދިނުމަށްވެސް ނިންމާފައިވާ ކަމަށާއ، އަދި ސްކޫލް ކުދިން ސްކޫލަށް ދިއުމަށް ބޭނުންވާ އިންތިޒާމް ‎އެޑިއުކޭޝަން މިނިސްޓްރީ އާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއެމްއޭ އިން ވިދާޅުވިއެވެ.

އަދި އެގެއަށް ލިބުނު ގެއްލުމުގެ އެސެސްމަންޓް މިހާރު ވަނީ ނިންމާފައެވެ.

މި އަލިފާނުގެ ހާދިސާގައި އެގޭގެ ހަތަރު ކޮޓަރި އެއްކޮށް އަނދާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢޭޣާޑޣ

    މާލޭގައި ދާދި ފަހަކުން ހިނގާ ދިޔަ އަލިފާނުގެ ހާދިސާގައި ހާލުގަިޖެހުނު މީހުންނަށް ވާންވީ އެހީ ކޮބާ؟ އެމީހުންވެސް އެތިބީހަމަ ފޫނުބެދޭވަރުގެ ގެއްލުންލިބި ބިކަވެފަ ! ހަމަހަމަކަމާއި އެކީ ރައްޔިތުންނައް ކަންކަން ކޮއްދީ!!