އެކި ދާއިރާތަކުން އިތުރަށް ރާއްޖެއާ ގުޅުންބަދަހި ކުރެއްވުމުގެ ޝައުޤުވެރިކަން މިޞްރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސަލެންސީ މިސްޓަރ ހުޞައިން އަލް ސަހާރޓީ ފާޅުކުރެއްވިއެވެ.

ގިނަ ދާއިރާތަކުން ރާއްޖެއާ ގުޅުން ބަދަހިކުރައްވަން ސަފީރު ޝައުގުވެރިކަން ފާޅުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސް އޮފީހުގައެވެ.

މި ބައްދަލުވުމުގައި ސަފީރު އަލް ސަހާރޓީ ވިދާޅުވީ، ޞިއްޙީ ދާއިރާއާއި ވިޔާފާރިއާ އިޤްތިޞާދީ ދާއިރާއާއި ކައުންޓަރ ޓެރަރިޒަމް އަދި ކަނޑުގެ ސަލާމަތާ ރައްކާތެރިކަމުގެ ދާއިރާއިން އިތުރަށް ރާއްޖެއާ ގުޅުންބަދަހި ކުރެއްވުމުގެ ޝައުޤުވެރިވާ ކަމަށެެވެ.

މި ބައްދަލުވުމުގައި ރައީސް ސާލިހު ވަނީ ދެ ޤައުމުގެ ދޭ ދޭ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވާފައެވެ.

އަދި އެކިދާއިރާތަކުން މިޞްރު ސަރުކާރުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމާއި ބަހައްޓަވާ ގާތްގުޅުމަށްޓަކައި މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލް ސީސީއަށް ރައީސް ވަނީ ޝުކުުރު އަދާކުރައްވާފައެވެ. އެގޮތުން ކޮންމެ އަހަރަކު މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް މިޞްރު ސަރުކާރުން ފޮތް ހަދިޔާކޮށްދެއްވުމާއި މިޞްރުގެ އަލް އަޒްހަރު ޔުނިވަރސިޓީގައި މަތީތަޢުލީމު ޙާޞިލުކުރުމަށް މިޞްރު ސަރުކާރުން ސްކޮލަރޝިޕް ދެއްވަމުން ގެންދަވާކަން ރައީސް ފާހަގަކުރެއްވިއެވެ.

.މި ބައްދަލުވުމުގައި ރައީސް އިތުރާށް ވިދާޅުވީ، ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް އެކިދާއިރާތަކުން ހުރި ފުރުޞަތުތައް ފާހަގަކުރައްވައި ވިޔަފާރިއާ އިޤްތިޞާދީ ދާއިރާއަކީ މިޞްރާ ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެމްޑީޕީ ޖަޒީރާ

    ސަފީރު ފޫނެއް ފަޔަށް ފެންފުރުން ނޫންގޮތެއް ނުވާނެ