ހުޅުމާލޭ ހޮސްޕިޓަލްގައި ޗައިނާ ސަރުކާރުން ގާއިމްކޮށްދިން ލޮލުގެ ފަރުވާދޭ ސެންޓަރުން މިހާތަނަށް ލޮލުގެ 94 ސާޖަރީއެއް ހަދާފައިވާކަަމަށް ޗައިނާ ސަފީރު ޒާން ލިއޮން ވިދާޅުވެއްޖެއެވެ.

އެ ލޮލުގެ ފަރުވާދޭ މަރުކަޒުގައި އިސްކޮށް ހުންނަވަނީ ޑރ.ޗެން ވެއިރޮންގް އެެވެ. އެ ސެންޓަރުން ހިދުމަތް ދޭން ފެށީ ޖެނުއަރީ 8 އިން ފެށިގެންނެވެ.

ޗައިނާ ސަފީރު ޒާން ލިއޮން ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމް ކުރި ލޮލުގެ ފަރުވާ ދޭ ސެންޓަރުން މިހާތަނަށް 1000 މީހުން ބަލާފައިވާ ކަމަށެވެ. އަދި މިހާތަނަށް 94 ސާޖަރީއެއް އެ ސެންޓަރުން ހަދާފައިވާ ކަމަށާއި، އެ ސެންޓަރުން ފަރުވާ ހޯދުމަށް ވެއިޓިންގ ލިސްޓުގައި 900 އަށްވުރެ ގިނަ މީހުން އެބަ ތިބިކަމަށެވެ.

ޗައިނާ އިން ގާއިމްކޮށްދީފައިވާ ސެންޓަރުން ލޮލުގެ ގިނަ ބަލިތަކަކަށް ފަރުވާ ލިބޭނެއެވެ. އޭގެ ތެރޭގައި ލޯފުސްވުން، ގުލުކޯމާ، އޮސްކިއުލާ ސާފޭސް ޑިޒީޒް ފަދަ މައްސަލަތައް ހިމެއެވެ.

އެ ސެންޓަރުން ހުޅުމާލޭ ހޮސްޕިޓަލުގައެވެ.

އެ ސެންޓަރުން ރަސްމީކޮށް ހިދުމަތް ދޭން ފެށީ، ޖެނުއަރީ 13 ވަނަ ދުވަހުއެވެ. އެ ސެންޓަރަށް ކިޔަނީ "ޑރ. އެންޑީ އަބްދުލްﷲ އަބްދުލްހަކީމް އޮފްތަލްމޮލޮޖީ ސެންޓަރ" އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޛެމެން

    ޝުކުރިއްޔާ ޗައިނާ

    10
  2. ޙެހެ

    ކިހަރަގަނޅު ޗައިނަ ތެންކުޔު ޗައިނަ

  3. ކަމަނަ

    ތީ ޖަލޔުގައި އޮތް ޔާމީންެ ގެ މަސައްަތް ޝުކުރަން ރައީސް ޔާމީން

    13
  4. މާހިރު

    900 ކިޔުގަ އެހެންވީމަ އެންމެ އަވަހަށްވެސް ދެއްކޭނެ ކަމަށް ލަފާކުރެވޭ ތާރީހެއް......

    1
    1
  5. ﷲއަށް ބިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

    ސުކުރިއްޔާ ރައީސްޔާމިން މަނިފާނު ގެ ދުރުވިސްނުންފުޅާ ހިކުމަތު އަމަލީ ގެސަބަބުން ގައުމަށްލިބި ގެންދާ ކުރިއެރުން ރައްޔަތުންނަ ކުރާފައިދާ ތިދަނީފެނިހާމަވަމުން ދިވެހިރައްޔަތުން ގެސިއްހަތަށް މަނިކުފާނު ތި ގެނެސްދެއްވި ތަރައް ގީ ނުހަނުއިހުލާސްތެރިކަމާއެކު ބަލައި ގަންނަން މިއަދު މަނިކުފާނައްލިބެމުންދާ އަނިޔާހަރުކަށިއިބާރާތުން ކުއްވެރިކުރަން އަވަސްމުސްތަކުބަލެއް ގަ ﷲ ގެވާ ގިފުޅާއެކު މިނިވަންވެ ދިވެހިރައްޔަތުނާ ގައުމަށްހިދުމަތްކުރުމަށް ހަވާލުވެ ގެން މިއަދު ގައުމުވެއްޓިފައިވާ އޮއިބާރު ގަދަކަނޑުން ސަލާމަތު ގެއައްސޭރިއަށް ގެންދެވޭނެ ހަމައެކަނިފަހުލަވާނަކީ މަނިކުފާނުކަންޔަ ގީން ﷲމަނިކުފާނަށް ލިބެމުންދާއަނިޔާއިން ސަލާމަތްކުރައްވައި އަނިޔާވެރިން ގެމައްޗަށް ނަސްރުމިންވަރުކުރައްވާދޭ އާމީން

  6. ޖަސް ސޭއިންގ

    އެއޮއް ކުޑަ ކުޑަ އައިކެއާއިން ވެސް ހަފްތާއަކު މަދުވެގެން 50ކަށް ލޮލުގެ ސާޖަރީ ހަދާ 🤷🏻‍♀️