ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ދަފްތަރުގައި އުނިކުރެވިފައިވާ ހުރިހާ ފަރާތްތަކުން އަލުން އަނބުރާ އެ ޕާޓީއަށް ވެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ޕާޓީގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހީނާ ވިދާޅުވީ، އިންތިހާބާއި ދިމާކޮށް ވަރަށް ގިނަ ބޭފުޅުން ޕީޕީއެމްއަށް ވަންނަން ފޯމް ހުށަހަޅާފައިވާ ކަމަށާއި ސީދާ އެ އަދަދު ދަންނަވާކަށް ނޭނގޭ ކަމަށެވެ.

ހިނާ ވިދާޅުވީ، މީގެ ކުރިންވެސް ޕްރެސްކޮންފަރެންސް ތަކުގައި ފާހަގަކޮށްފައިވާ ގޮތުން ޕީޕީއެމްގެ ދަފްތަރުގައި ތިބި ފަރާތްތަކުން އުނިކުރެވިގެން އެފަރާތްތަކުގެ ޝަކުވާ އެބޭފުޅުންނަށް ލިބިފައިވާ ކަމަށެވެ. އެހެން ކަމުން އެފަރާތްތަށް ފާހަގަކޮށް އަލުން އެ ޕާޓީއަށް ވެއްދުމުގެ މަސައްކަތް މިހާރު އަތޮޅުތެރޭގެ އިތުރުން މާލޭގައިވެސް ކުރިއަށް ގެންދާ ކަމަށް ހީނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޕީޕީއެމްގެ ދަފްތަރުގައި ތިބި ވަރަށް ގިނަ އަދަދެއްގެ މެމްބަރުން ދަފްތަރުން އުނިކުރެވިފައި ހުރިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު. އަދި އެބޭފުޅުންގެ ފަރާތުން، އަޅުގަނޑުމެންނަށް އެޝަކުވާތައް ހަމަ ކެނޑިނޭޅި އަންނަމުން އެބަދޭ. އެހެންވީ އެގޮތަށް ފާހަގަ ކުރެވޭ ހުރިހާ ބޭފުޅުންވެސް އަލުން ޕީޕީއެމްއަށް ވެއްދުމުގެ މަސައްކަތް އެކި އެކި ހިސާބުގައި، މާލޭގައިވެސް މިހާރު ހަމަ ކުރިއަށް އެބަދޭ" ހީނާ ވިދާޅުވިއެވެ.

ޕީޕީއެމް ދަފްތަރުން އުނިވެފައިވާ ފަރާތްތަކުން އެ ޕާޓީއަށް އަލުން ވެއްދުމުގެ މަސައްކަތް ކުރަމުން އަންނައިރު، މީގެ ކުރިން ށ. މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޙަސަން މުފީދު ވަނީ ޕީޕީއެމް ގެ ގިނަ މެމްބަރުންތަކެއްގެ ނަން އެމްޑީޕީގެ ދަފްތަރުގައި ހިމަނާފައިވާ މައްސަލަ ފެންމަތި ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގަންޖާބޯ

    ރީނދޫ މީހުން ހެދިގޮތަށް ބަރިޔަކަށް ވައްދާލާ.
    އެއިރުން ހުންނާނީ ރަނގަޅަށް.
    އިލެކްޝަން އިން އެމީހުންގެ މައްސަލައެއްވެސް ބެލީކީ ނޫން.

    15
    • ޏގޖފ

      އިލެކްޝަން ކަމިޝަންގައި ނެތް އެތައްނަމެއް މޑޕ ރެޖިސްޓަރގައި އޮތްކަން އިލެކްޝަން އަށް އިނގޭ އިރުވެސް މިކަން ރަނގަޅު ނުކޮށް ތިބި ސަބަބު ބުނެދޭންޖެހޭ.

  2. ކަމަނަ

    އެހެންވީމައޭޭ މަ މިބުނޫ ޝަރީފު ހުރީ އިންޑިއާއިން އަންނިއަށް ގަނެދީފައޭ ލާރިގަނޑުގެ ފައިދާ ފެންނާނީ ވައްކަމުގެެ ތެރެއިން އީސީީ ޝަރީފު މިހާރުން މިހާރަށް އިސްތިއުފާދިނުން އެދެން އިސްތިއުފާނުދީފި ނަމަ ކުރިއަށް އޮތްތަނުގައި ޕީޕީއެމް ބޭފުޅުން އެމްޑީޕީ އަށްް ވައްދާނެކަން 100% guarantee.