ރާއްޖޭގެ ދެކުނުގެ ރަށެއްގައި ރޭޕް ކުރި އުމުރުން ދެ އަހަރު ނުވާ ކުޑަ އަންހެން ކުއްޖާ ޓެސްޓުތައް ހެދުމަށްފަހު އައިޖީއެމްއެޗް ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

އެ ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލިކަން "ވަގުތު"އަށް ޔަގީންވެފައިވާއިރު، އެ ކުއްޖާގެ ބެލުމުގެ ކަންކަން މިހާރު ހަވާލުކޮށްފައިވަނީ ކުއްޖާގެ މާމައާއެވެ. އެ ކުއްޖާގެ ގިނަ ޓެސްޓުތަކެއް އެ ހޮސްޕިޓަލުގައި ހަދާފައި ވެއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވީ ކުއްޖާއަށް އެފަދަ ކަމެއް ބަޔަކު ކޮށްފައިވާކަން ޑޮކްޓަރުގެ ރިޕޯޓުތަކުން އެނގުމާއި އެކު އެކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ.

އެ ކުއްޖާ ރޭޕްކޮށްފައިވާކަން އެނގުނީ، އެ ކުއްޖާ ފެންވެރުވުމަށް، މާމަ ގެއަށް ގޮސް ހުއްޓާ ބަނޑަށް ތަދުވާ ވާހަކަ ބުނެގެން ހޮސްޕިޓަލަށް ދެއްކުމުންނެވެ.

އެ ކުއްޖާ ރޭޕްކޮށްލި މައްސަލާގައި ހައްޔަރުކުރީ އެކުއްޖާގެ ބައްޕަ ހިމެނޭ ގޮތުން ތިން މީހެކެވެ. އެއީ އެ ކުއްޖާގެ ބައްޕަގެ އިތުރުން ކާފަ އަދި މުނިކާފައެވެ. އެކުއްޖާގެ މުނިކާފައަކީ ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް މީގެކުރިންވެސް ފުލުހުންނަށް ހުށަހެޅި ތަހުގީގުކޮށް އޭގެތެރެއިން ބައެއް މައްސަލަތައް ޝަރީއަތުގައިވެސް އޮތް މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ށޮރީ

    ޢަޅު ގަޑު ގަބޫލު ނުކުރަން ޖެންޑާ އަކީ ތިބާވަތު ގެ މަސަލަ ތަކަށް ސަމާލުކަންދޭ ބަޔަކަމަށް މިހެންމިބުނީ އަޅުޑު ގެވެށި އަނިޔާ ގެ މަސަލަ ތަކެއް ގަ ދިޔާން ގދ ތިނަދޫ ގަހުންނަ ޖެންޑާ އައް ލިބުނު އިންސާފަކީ މިތަނުން ތިމަސަލަޔަ ކޮން ކަމެތޯކޮދޭނީ މިތަނަކުން ތިމަސަލަ ނުބެލޭނެޔޯ ދެން މަސަލަ ހުސައަޅަން ދިޔަ އީ ގދ ޕޮލިސްޓޭ ސަނަށް ޕޮލިސް އޮފިސަރު ބުނީ ތިމަސަލާ ގެ ގޮތަ ނިމާނީ އާއިލާ އިން ނޭ ތީއަޅު ގަޑު ގެ ކުޑައިރު ރަޓެހިން ނޭ މިތަނަކުން ތިމަސަލަ ނުބެލޭނެ މީތިނަދޫ ގެ ގިނަ ބަޔަކަ އެ ގޭ ހަ ގީ ގަތެ
    މިމަސަލަ އަކީ މިހާރުވެސް ދިރި އޮމަސަލަ އެށް

    13
  2. Anonymous

    ތިޔަބުނާ މުނިކާފައަކީ ކުރީއްސުރެން ކުޑަކުދިން ރޭޕްކުރުމުގެ ކުށުގެ ރެކޯޑު އޮވެ ކުށްސާބިތުވެ ހައްޔަރުވެސް ކުރެވިފައިވާމީހަކަށްވެފައި އެބެއްްޔާ ދޫކޮށްލިކަމަށްވަނީ ވަރަށްގިނަ މަޢުލޫމާތުން، ލިއުންތަކުން ފެންނަގޮތުންވެއްޖެއްޔާ އުމުރަށްބަލާފަޔޯ!! ޢުފެދޭ ސުވާލަކީ 18އަހަރުންދަށް އަހަރުކުދިން ޖަލަށްނުލެވޭގޮތަށް 70، 80އަހަރުން މަތީއުމުރުގެ މީހުންވެސް ހައްޔަރުނުކުރެވޭ ގާނޫނެއް އުފައްދާފައިވަނީބާއޭ ؟؟

    17
  3. Anonymous

    ޔޫސޭ ފޫހިވާނެކަމެއް ނެތެންނު. ޔޫސޭއަކީ ކުދަކުއްޖެއް ނޫންވިއްޔާ. ހެއްހެއްހޭ

    7
    2