ގއ. ކަނޑުހުޅުދޫ އިސް މެޖިސްޓްރޭޓް ހަސަން ދީދީ މުވައްޒަފުންނަށް ޖިންސީ ގޯނާކޮށް, އޮރިޔާން ވީޑިއޯ ދެއްކި މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބަަލަން ފަށައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، އިސް މެޖިސްޓްރޭޓް ހަސަން ދީދީގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅިފައި ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 24 ވަނަ ދުވަހު ކަމަށެވެ. އަދި އެ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ޖޭއެސްސީން ހަސަން ދީދީ އާ ގުޅޭ ހަތް މައްސަލައެއް ބަލަމުންދާ ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

ޖޭއެސްސީން ވިދާޅުވީ، އިސް މެޖިސްޓްރޭޓް ހަސަން ދީދީ އާ ގުޅޭގޮތުން ބަލަމުން ދަނީ، މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރާ ކަމުގެ ޝަކުވާއަކާއި މާލިއްޔަތު ގަވާއިދާއި ހިލާފަށް އަމަލު ކުރުމަށް މުވައްޒަފުންނަށް މަޖުބޫރު ކުރާ މައްސަލައަކާއި، އަވަގުރާނަ ގޮވި ކަމަށް ބުނެ ހުށަހެޅި މައްސަލައަކާއި، މުވައްޒަފުންނަށް އޮރިޔާން ވީޑިއޯ ދައްކާ ކަމަށް ބުނެ ހުށަހެޅި މައްސަލައަކާއި، ކޯޓުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުން ކުރާ ކަމަށް ބުނެ ހުށަހެޅުނު މައްސަލައަކާއި ހެކިން ބަޔާން ނެގުމަށް ހުރަސްއަޅާކަމަށް ބުނެ ހުށަހެޅި މައްސަލައެއްގެ އިތުރުން، މާރާމާރީ ހިންގުމަށް ހިތްވަރުދިން ކަމަށް ބުނެ ހުށަހެޅި މައްސަލައަކާއި، ހުތުރު އެއްޗެހި ގޮވި ކަމަށް ބުނެ ހުށަހެޅުނު މައްސަލައެއް ކަމަށެވެ.

އެ ކޮމިޝަނުން ވިދާޅުވީ، މި މަައްސަލަތަކާއި ގުޅިގެން އޭނާ މަސައްކަތަށް ނުކުމެ އުޅުމަކީ ކޮމެޓީން ކުރަމުންދާ މަސައްކަތަށް ހުރަސްއެޅިދާނެ ކަމެއް ކަމަށް ވާތީ، އެ މައްސަލަ ތަހުގީގުކޮށް ކޮމިޝަނުން ވަކި ގޮތެއް ކަނޑައަޅަން ދެން، އޭނާ ވަޒީފާއަށް ނުނިކުތުުމަށް އެންގުނު ކަމަށެވެ.

އަދި އެ ތަހުގީގުގައި ޖިނާއީ މައްސަލަތަކެއް ހުރިކަމަށް ފާހަގަވުމާއި ގުޅިގެން މިދިޔަ އަހަރުގެ ޑޮކްޓޯބަރު މަހު އެ މައްސަލަ ފުލުހަށްވެސް ހުށަހަޅައި، އެ މައްސަލަ ބަލަން ފުލުހުން ފެށިކަން އެންގުމުން، އޭނާ މުއްދަތެއް ނެތް ގޮތް ސަސްޕެންޑް ކުރިކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

މީގެ އިތުރުން ހަސަން ދީދީގެ މައްސަލައާ ގުޅޭގޮތުން މިހާރު ތަހުގީގު ރިޕޯޓުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތްކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

އިތުރު ތަފްސީލް އަންނަނީ

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަންސާރު

    ޢިސްތިއުފާ އިސްތިއުފާ ގެރި މޯދީ ސަރުކާރު އިސްތިއުފާ

    21
    4
  2. ހުސޭނުބޭ

    ގަޒީ ހައިލަމް ގެ މައްސަލަ 12 ގަޑި އިރުން ނިމުނު! މި ނުލަފާ މީހާގެ މައްސަލަ މިދިޔަ އަހަރުގެ އެޕްރިލް 24 ވަނަ ދުވަހުއްސުރެ ފަށައިގެން އޮތްއިރު ހައިރާންވޭ!

    44
    3
  3. ވަޅޯ

    އެބުނާހެން ބައެއް ގާޒީންގެ މައްސަލަ ރާސްޓަސް،
    ތިޔަ މޯލުގެ މައްސަލަ ހާދަ ލަހޭ ކުރިއަށް ކަނޑާލެއް، ހިސާނުމެން އަދިވެސް ތިބެނީ

    12