ގްލޯބަލް މޮޑަރޭޝަން ފޯރަމުން ރައީސް ޔާމީނަށް ދެއްވި އެވޯޑަކީ އެހެން ގައުމުތަކަށްވެސް ލިބުނު ޝަރަފެއް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެއެވެ.
ރޭ ޕީއެސްއެމް ގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ ރާއްޖެއިން ޓެރަރިޒަމާއި ހައްދު ފަހަނަޅައި ދިޔުން ނައްތާލުމުގެ އިތުރަށް އިސްލާމްދީން ކުރިއެރުވުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަ ކުރައްވައި އެމަނިކުފާނަށް ލިބިވަޑައިގެންނެއްވި އެވޯޑަކީ ރާއްޖޭގެ އިތުރަށް ދުނިޔޭގެ އެހެން ގައުމުތަކުންވެސް ފަޚުރުވެރިވާ ކަމެއް ކަމަށެވެ.
އަދި ރައީސް ޔާމީނަށް މި އެވޯޑު ލިބިވަޑައިގެންނެވުމުން އޯއައިސީއަށާއި އެ ޖަމާއަތުގެ މެންބަރު ގައުމުތަކަށްވެސް އެކަން ހާމަވެގެން ގޮސްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ބޮޑެތި ބާރުގަދަ އެހެން ލީޑަރުން ތިއްބަވަނިކޮށް ރައިސް ޔާމީނަށް މި އެވޯޑު ލިބިވަޑައި ގެންނެވުމަކީ ބައިނަލް އަގުވާމީ ފަރާތްތަކުންވެސް ވަރަށް ބޮޑަށް ބަލައިގަންނަ ކަމެއް" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ އަރަބި އިސްލާމީ ގައުމުތަކާ އަޅާބަލާއިރު ވަރަށް ތަފާތު ގައުމެއް ކަމަސެވެ. މިނިސްޓަރ ޒިޔާދު ވިދާޅުވީ "ދުނިޔޭގެ ގިނަ އަރަބި އިސްލާމީ ގައުމުތަކަކީ އެގައުމުތަކުގައި ކޮންމެވެސް ވަރަކަށް އެހެން ދީންތަކާއި، އެހެން ސަގާފަތްތަކާއި، އެހެން އާދަކާދަ އޮންނަ ގައުމުތައް. ނަމަވެސް މި ގައުމުގެ ތަފާތަކީ މި ގައުމުގައި މިއޮތީ އެއްދީނެއް، އެއް ސަގާފަތެއް، އެއްބަހަކުން ވާހަކަ ދައްކާ އަދި ގައުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ގައުމެއް. ކަމަށެވެ.
މިނިސްޓަރ ޒިޔާދު ވިދާޅުވީ ކާބަފައިން އިސްލާމްދީން އަޅުގަނޑުމެންނާ ހަވާލުކުރި ފަދައިން ރައީސް ޔާމީން ދެކެވަޑައިގަންނަވަނީ މިއީ އަމާނާތެއްގެ ގޮތުގައި ކަމަށާއި މި އަމާނާތް އަންނަންއޮތް ޖީލުތަކަށް ހަވާލުކުރުމަކީ އެމަނިކުފާނުގެ ކޮނޑުފުޅުގައި އެޅިފައިވާ ޒިންމާއެއްގެ ގޮތުގައި އެމަނިކުފާނު ދެކެވަޑައިގެނަވާ ކަމަށެވެ.
"އިސްލާމީ ވަހުދަތު ހިފެހެއްޓެވުމަކީ ކުޑަކަމެއް ނޫން,މާޒީއަށް ބަލައިލާއިރު އެކަން ފެންނަން އެބައޮތް ,މިއަދުވެސް އެކަން ފެންނަމުންދޭ އަދި މުސްތަގުބަލުގައިވެސް އެކަން ފެންނާނެ" މިނިސްޓަރ ވިދާޅުވިއެވެ.
އަލްމާނީ ފިކުރުގެ ޝައިޠާނީ އެވޯޑެއް ތީ.
މީ ކިހާ ވަރަކަށް ވިއްކާ އެވޯޑެެއްތަ؟
އުންމީދު ކުރަން "ވަގުތު" އިން މިނިވަން ނޫސްވެރިކަން ކުރިއެރުވުމަށް ތިކުރާ މަސައްކަތުގެ ދަށުން މިކަމަކަށްވެސް އަލިއަޅުވާލައްވާ އާޓިކަލް އެއް ތައްޔާރު ކޮށްދޭނެކަމަށް. "މާލޭގައި ގެދޮރު ހުރެ ހެދޭނެ ގޮތެއް ނެތިފައި ތިބިމީހުންނަށް ބޭންކުލޯނު ނެގުމަށް އިކުއިޓީގެ ގޮތުގައި ބެހެއްޓުމަށް ބޭނުންވާ %20 އިންސައްތަ ދިގުމުއްދަތުން އަނބުރާ ދައްކާގޮތައް ދޫކުރާނެ ސްކީމެއް 2016 ގެ ކުރީކޮޅު އިޢުލާންކުރި. ގިނަބަޔަކު ވަރަށް ފޮނި އުންމީދުގައި މިއަށް ކުރިމަތި ލީނަމަވެސް، 2 އަހަރު ފާއިތުވެގެން ދިޔައިރު މިކަމުގެ ޚަބަރެއް ނުވި. އެކިފަހަރު މަތިން މިނިސްޓްރީން އޮޅުންފިލުވަން އުޅެ ސައްހަ ޖަވާބެއް ނުދޭ. ދާދިފަހުން "މޯލްޑިވްސް ޑައިލޮގް" ކިޔާ ޓީވީ ޕްރޮގްރާމެއްގައި މުއިއްޒު ވިދާޅުވީ، އެކަން ހިނގާކަމަށާއި، މީހުން ސިލެކްޓް ކުރުމުގެ މަސައްކަތް ކުރަނީކަމަށް. އެކަމަކު މިއަދު އެމިނިސްޓްރީއަށް ޢާންމުފަރާތަކުން ދިޔުމުން، މިނިސްޓްރީން މިބުނަނީ ބަޖެޓްގައި ފައިސާނެތިގެން ހުއްޓިފައިވާކަމަށް. ފައިސާނެތިއްޔާ އިޢުލާންކުރީ ކީއްވެ؟؟؟؟