އުމުރުން އެންމެ 12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި 80 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިމަހުގެ 11 ވަނަ ދުވަހު ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށަކުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށް ހުށަހެޅުނު މައްސަލައިގައި ތުހުމަތު ކުރެވުނު މީހާ ހަފްތާއެއް ފަހުން މިއަދު ހައްޔަރުކޮށްފައި ވާއިރު އޭނާ ހައްޔަރު ކުރުން މިހައި ބޮޑަށް ލަސްވީ ކީއްވެ ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.

ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓް ކުރާ މިންވަރު އަނެއްކާވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ާައައިޝް

    ޔާރައްބީ???

    26
    1
  2. ސަހީ

    ބޮޑު ކަމެއްނު ...
    ތި މުސްކުޅިން ގެ ލާރި ކަނޑާށޭ

    30
    5
    • ވގނޮޮ

      މުސްކުޅިންނަށް ލާރި ދޭން ޖެހެނީ ކަލޭމެންނާ ހެދި، މުސްކުޅިވެ ގައިބާރު ދެރެވާ ދުވަހު އައްޗީޑި އޭ ކިޔާ ކަލޭމެން އަމާ، ބަފާ އެއްލާލާފަ ތި ދަނީ .......

      6
      1
  3. ބޮޑު ވަރު

    ތިކަހަލަ މީހުން މަރަންވީ ހަމަ.

    32
    4
  4. ދޮނާ

    ހުރި ހިތާމައެއް ގެ ބޮޑުކަން...

    30
  5. ކާލޯ

    ހަމަރަގަޅައް މޮޔަވާންއެބައުޅޭ އަޅެޒުވާނުން އާދޭސްކޮފަބުނަމް މިކަމުންމިގައުމުއަދި ތިމީހުންގެ ލޯބިވާތުއްތު ދަރިންސަލާމަތްކޮދީބަލަ ﷲގެވާގިފުޅާއެކު.ކޮމެންޓުކޮށްގެކަމެއްވޭތައެބަ.ތިޔަހެންތިބެގެވާކަށެއްނެ.އެތްމެނަވެސުވާލުކުރެވޭދުވަހެއްއަންނާނެކަންހަދާކުރޭ.

    29
    2
  6. ހުރަވީ

    ?????

    17
    1
  7. ޢާސީ

    ޙާދަ އެހެންކަހަލަ ކަންތައްގަނޑެކޭ ދޯ މިއުޅެނީ

    19
  8. ހިޔާލުު

    ފުލުހުން ވިދާޅުވީ މިމަހުގެ 11 ވަނަ ދުވަހު ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށަކުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

    މިއަދު މިއީ 20ވަނަ ދުވަސް، އަދި ކިރިޔާ އަހަރެމެންނަށް މިއިނގެނީ

  9. ދޫނިފުޅު

    މި ފޮޓޯ ގަ ތިބި ދެމީ ހުން އަހަރެން ރަނގަޅަށް ދަންނަން ސިޔާސީ ގޮތުން މަޝް ހޫރު ވިޔަސް އެވެރިންނަށް އިންސާނިއްޔަތުގެ ބޭރުގަނޑުވެސް ނޭގޭނެ އެއެއްޗަކުން ނުކުންނާނީ އެއެއްޗެއްގައި ހުރި ދިޔައެއް ތުއިވާން އެގިދާނެ ސިޔާސީ ވާންވެސް އެގިދާނެ އިހްސާންތެރިވާށާ ގްރުބާނީ ވާކަށް ނޭގޭނެ އެއީ މަޝް ހޫރުވާން ޖައްސާ ސްޓަންޓެއް

  10. މުހައްމަދު

    މިދުވަސް ކޮލު އޮތީ އިންޑިޔާ ސުޓައިލް އަށް ގައުމު ވެއްޓި އަދި އެކަމާ ނުރުހުންވެ ސަރުކާރަށް ފާޑުކިޔާ އެއްމެހާ ފަރާތްތަކަށް އެސް.އޯ ފުލުހުން ހާނިކަ ކޮއް ބަނދުކޮއްގެންގޮސް ކަމުގެ ހަބަރުތައް ފޮރުވާ ދިފާއުކުރަން އުލޭމަންޒަރު. ފާއިތުވެދިޔަ މިސަރުކާރުގެ 1 އަހަރު ދޯދިޔާކަން އިންތިހާ އަށްގޮސް ބަޖެޓް ހުސްވެ އިސްޓިކާ ޖަހާ ޖަހާ ގޮސް ޖޫރިމަނާތައް ދެއްކުމަށް މީރާގެ މުވަށްޒަފުންވެސް ފޫހިވެފަ ތިބި މަންޒަރު. ހަޑިހުތުރު ގޮތަކަށް މަޖިލީހުން ބޮޑުވަޒީރަކަށް އަތްހިއްލާލާ މަންޒަރު ދާދިއަވަހަށް ފެނި ކުޑަކަކޫ ޖަށްސުވަން ކައިރިވެއްޖެ.