މި ބްލޮގްގައި ޝެއާ ކުރަމުން ގެންދާނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ހިނގަމުންދާ މުހިއްމު ކަންތައްތަކާއި، އެކަންތައްތަކުގެ ތަފްސީލް ހިމެނޭ ޚަބަރުތަކެވެ.

22:57

2020 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

22:56

ގއ.ވިލިނގިލީގެ ބައެއް ގެތަކުގެ މީހުންނަށް މިރޭ ލޮޅުމެއްގެ އިހްސާސް ކުރެވުނު ކަމަށް އެމީހުން ބުނެފިއެވެ.

21:15

މި ބަލި ރާއްޖެ އައުމުގެ ފުރުސަތު އޮތް ކަމަށް އެޗްޕީއޭ އިން ވިދާޅުވޭ.

20:34

ޖިންސީ ގޯނާގެ މައްސަލަތަކުގައި ޙުކުމް ކޮށްފައިވާ މީހުންގެ ލިސްޓު..

19:33

ޔަމަނުގެ ދާޙިލީ ހަނގުރާމަ އަކީ ހުޅަނގުގެ ގައުމުތައް ފަހަތުގައި ތިބެގެން، އެ ގައުމު ހަލާކު ކޮށްލުމަށް ގަސްތުގައި ފެށި ހަނގުރާމަ އެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރޭ.

19:05

އިންޑިއާ އިން މިގޮތަށް ކަންތައް ކުރަން ނިންމީ ޗައިނާގެ ނުފޫޒު އިންޑިއާ ކަނޑުގައި ގަދަވަމުން ދާތީ.

18:31

ޕްރިންސް ހެރީ ޝާހީ އާއިލާ ދޫކޮށްލައްވަނީ އަނބިކަނބަލުން މޭގަން ދިފާއު ކުރެއްވުމަށްޓަކައި.

17:36

މަސްތުވާތަކެއްޗާއެކު ނ. މާޅެންދޫއިން ހައްޔަރުކުރި، އެ ރަށު ސްކޫލްގެ ޕްރިންސިޕަލް ދޫކޮށްލައިފި.

17:14

އިންގްލަންޑުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އާޖެންޓީނާ ގޯލްކީޕަރު ސާޖިއޯ ރޮމެރޯ ދުއްވަމުންދިޔަ ކާރު އެކްސިޑެންޓު ވެއްޖެ.

16:52

ނ.ހޮޅުދޫ، ރޯޒީ ބޭންކް، އިސްމާޢިލް ޢަބްދުއްރަޙުމާނުގެ މެއަށް ވަޅިން ޙަމަލާދީ މަރާލި މައްސަލައިގައި، "ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ" އުފުލާފައިވާ، އެ ރަށު، އާޒާދުގެ ހާރޫނު އަބްދުއްލަޠީފްގެ މައްޗަށް އެ ކުށް ޘާބިތު ކުރުމަށް، ދަޢުލަތުން ހުށަހަޅާފައިވާ ދެ ހެއްކެއްގެ ހެކިބަސް، މިއަދު ނަގައިފި.

15:32

ކުޑަކުދިންގެ ހިޔާގައި ކުއްޖަކަށް ހިޔާގައި ކުރިމަތިވާ ފުރައްސާރައިގެ ވާހަކަތައް ކިޔާދޭ ވީޑިއޯއެއް އާއްމުވެއްޖެ.

15:05

ކޮނޯރާ ވައިރެހުގެ އާއިލާ އަށް ނިސްބަތްވާ "ނޮވެލް ކޮނޯރާ ވައިރަސް" ޗައިނާއިން ފެންނަމުންދާތީ އެގައުމަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި.

14:27

ރާއްޖެއަށްވެސް "ނޮވެލް ކޮރޯނާ ވައިރަސް" އައުމުގެ ފުރުސަތު އޮތްކަމަށް ލަފާކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންގެންދާކަމަށް ހެލެތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެ.

12:05

ރާއްޖޭގެ އުތުރުގެ ރަށެއްގައި ދޮންބައްޕަ އަކާއި އޭނާގެ ދަރިފުޅު ވެގެން އުމުރުން އެންމެ ހަތް އަހަރުގެ އަންހެން ކުއްޖަކަށް އެތައް ފަހަރެއްގެ މަތިން ޖިންސީ ގޯނާކޮށް ރޭޕް ކޮށްފައިވާ މައްސަލައެއްގެ މައުލޫމާތު "ވަގުތު" އަށް ލިބިއްޖެއެވެ.

 

11:40

އުމުރުން ދެއަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހުންގެ އާއިލާ އިން އެމީހުންގެ ދިފާޢުގައި ވާހަކަ ދައްކައިފިއެވެ.

11:12

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ފަރުވާކުޑަކަން ފާހަގަކޮށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ނުރުހުން ފާޅުކުރައްވައިފިއެވެ.

10:58

އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީއަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ފައިނަލް ވޯޓާސް ލިސްޓު އާއްމުކޮށްފިއެވެ.

10:57

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕާމަނެންޓް ސެކްރެޓްރީއެއްގެ މަގާމަށް ކުރިން އެމިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު އަދާކުރެއްވި އާމިނަތު ޝިފާނާ އައްޔަން ކުރައްވައިފިއެވެ.

10:48

އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު ރިޕޯޓް ނެރުނު މައްސަލައިގައި އުވާލާފައިވާ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ އެކައުންޓްތަކުގައި ހުރި ހުރިހާ ފައިސާއެއް މޯލްޑިވްސް ޑެފް އެސޯސިއޭޝަނަށް ޔޫތް މިނިސްޓްރީއިން ދީފި އެވެ.

09:26

ގއ. މާމެންދޫ ގޮނޑުދޮށަށް ގޮތް ނޭނގޭ ޕާރުސަލްތަކެއް ލައްގައިފިއެވެ.

08:53

ލީބިއާގެ ދާހިލީ ހަނގުރަމަ ނިމުމުމަކަށް ގެނެސް ސުލްހަ ގާއިމް ކުރުމަށް މަސައްކަތް ކުރުމަށް އދ.އާއި ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ރަޝިއާ، ޖަރުމަންވިލާތް، ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތުން އެއްބަސްވުމެއް ގާއިމްކޮށްފިއެވެ.

08:35

ދެއަހަރުގެ ކުއްޖާ ރޭޕޮް ކުރި މައްސަލައިގައި މިހާރު ހައްޔަރުކޮށްފައިވާ އުމުރުން 82 އަހަރުގެ މީހަކީ މީގެ ކުރިން ތިން އަހަރުގެ ކުއްޖަކަށް ވެސް ޖިންސީ ގޯނާ ކުރި މީހެކެވެ. އެ ހާދިސާގެ ތަފްސީލް "ވަގުތު" އިން މިވަނީ ގެނެސްދީފައެވެ.

ފާއިތުވި 24 ގަޑިއިރު ހިނގި މުހިއްމު ކަންތައްތަކަށް ބަލާއިރު އެންމެ މުހިއްމު އެއް ޚަބަރަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ ޖެންޑާ ކޮމެޓީން މައްސަލަ ދިރާސާ ކުރުމަށްފަހު ހަކަމެއް ކުރުމަށް ނިންމި ޚަބަރެވެ. ސަރުކާރުގެ ރަސްމީ އިދާރާތަކުން ތަންފީޒު ކުރުމަށް ކޮމެޓީން ނިންމި ކަންތައްތައް ތަންފީޒު ކުރުމަށް މަޖިލިސް ރައީސް ވަނީ މިހާރު އެ އިދާރާތަކަށް އަންގަވާފައެވެ.

މިއަދު ފާހަގަ ކުރެވުނު ޖިންސީ ގޯނައިގެ މައްސަލަތަކަށް ބަލާއިރު ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ހައްޔަރު ކުރި މީހެއްގެ ބަންދަށް 15 ދުވަސް އިތުރު ކުރި ޚަބަރު ފާހަގަ ކުރެވެއެވެ.

އޭގެ އިތުރުން އުމުރުން 12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން 80 އަހަރުގެ މީހަކު ހައްޔަރުކުރި ޚަބަރު މިރޭ ލިބިފައި ވެއެވެ.

ރޭޕް ކުރި ދެއަހަރުގެ ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލި ޚަބަރު ވެސް މިއަދު ލިބިފައި ވެއެވެ.

ގއ.ކަނޑުހުޅުދޫގައި އޮތީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ އެންމެ މައްސަލައެއް ނޫންކަމާއި، ދެ އަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލައިގައި ހިމެނޭ އާއިލާގެ ނުރައްކާތެރި އެތައް ޖަރީމާއެއް އަދިވެސް އެބަހުރިކަން މިހާރު އެރަށުގައި ތިބި "ވަގުތު" ގެ ނޫސްވެރިން ގެނެސްދިން ރިޕޯޓްތަކުން މިއަދު ވަނީ ހާމަވެފައެވެ.

އިތުރު ޚަބަރަކަށް ބަލާއިރު މިއަދު ވެސް ވަނީ ފަތުރުވެރިޔަކު މަރުވެފައެވެ.

ދުނިޔޭގެ މަސްރަހުން ފާހަގަ ކުރެވުނު ޚަބަރުތަކަށް ބަލާއިރު އެންމެ މުހިއްމު އެއް ޚަބަރަކީ ޔަމަންގައި ހަރަކާތްތެރިވާ ހޫތީން އަނެއްކާވެސް ސައުދީ އަރަބިއްޔާ އަށް މިއަދު މިސައިލް ހަމަލާއެއް ދޭން މަސައްކަތް ކުރި ޚަބަރެވެ. ނަމަވެސް މިސައިލް އަމާޒަށް ވާސިލްވުމުގެ ކުރިން ވަނީ ވައްޓާލާފައެވެ.