އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު ރިޕޯޓް ނެރުނު މައްސަލައިގައި އުވާލާފައިވާ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ އެކައުންޓްތަކުގައި ހުރި ހުރިހާ ފައިސާއެއް މޯލްޑިވްސް ޑެފް އެސޯސިއޭޝަނަށް ޔޫތް މިނިސްޓްރީއިން ދީފި އެވެ.

އެމްޑީއެން އުވާލަން ނިންމުމާ ގުޅިގެން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގައި އެމްޑީއެންގެ އެކައުންޓް ހުރީ ފްރީޒް ކޮށްފައެވެ. އެ ކައުންޓްތަކުގައި ގާތްގަނޑަކަށް 7،000 ޑޮޮލަރު (107000 ރުފިޔާ) ހުރި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ޖަމްއިއްޔާތަކުގެ ރެޖިސްޓްރާ އަހުމަދު އިރާޝް ވިދާޅުވީ، އެމްޑީއެން އުވާލަން ނިންމައި އެ ޖަމްއިއްޔާގެ ދަރަންޏާއި މުދާ އަދި ފައިސާއާ މެދު އަމަލު ކުރާނެ ވަކިގޮތެއް މިނިސްޓްރީއަށް އަންގަން ޖަމްއިއްޔާތަކުގެ ގާނޫނުގައި ބުނާ، 45 ދުވަހުގެ މުއްދަތެއް ދިނުމުން އެ މުއްދަތުގައި އެ ޖަމްއިއްޔާއިން އެއްވެސް އެއްޗެއް އަންގާފައި ނުވާތީ، ޖަމްއިއްޔާތަކާ ބެހޭ ގަވާއިދުގެ ދަށުން، އެ ފައިސާ އެހެން މަދަނީ ޖަމްއިއްޔާއަކަށް ދޭން ނިންމީ ކަމަށެވެ.

އެމްޑީއެންގެ އެކައުންޓްގައި ހުރި ފައިސާތައް ދިން ޑެފް އެސޯސިއޭޝަނަކީ އަޑުއިވުމުން މަހުރޫމްވެފައިވާ ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރުމަށް 2008 ވަނަ އަހަރު އުފެއްދި ޖަމްއިއްޔާއެކެވެ.

އެމްޑީއެން އުވާލިކަން ސަރުކާރުން އިއުލާން ކޮށްފައި ވީނަމަވެސް އަދިވެސް އެޖަމިއްޔާ ދަނީ ހަރަކާތްތެރިވަމުންނެވެ. އެކި ކަންކަމާއި ގުޅިގެން އެމްޑީއެން އިން ކުރިއެކޭ އެއްގޮތައް މިހާރު ވެސް ގެންދަނީ ބަޔާންތައް ނެރެމުންނެވެ.

އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު ރިޕޯޓް ނެރުނު މައްސަލައިގައި އެމްޑީއެންގެ އިސް މެންބަރުންގެ ތަޙްޤީޤެއް ވެސް ފުލުހުން ފެށިއެވެ. ނަމަވެސް ތަޙްޤީޤަށް ދެތިން މަސް ވެގެން ދިޔައިރުވެސް އެތަޙްޤީޤު ކުރިއަށްދާ ގޮތުގެ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކާފަބޭ2020

    ކާފައަށްބުނެލެވޭނީ " ވަތްގަނޑުންނަގާ" ޖީބަށް ލާރިކޮޅުލެވުނީކަމަށް ނޫނީ ތިޔަކުޅެވުނީ ދަށުންދަމާ ކަމަށް ޝުކުރިއްޔާ ކައްތިރިވިއްދައިގެންތިބި އެންމެހާ އަޚުންނާއުޚުތުންނަށް ބޯކޮށްސަލާމް!!!!

    17
  2. ސީދި

    ވިލިމާލެ ޗެކްމޭޓް ފިހާރަ ހިންގަވާ ރަޝާދުގެ ދަރިފުޅު ސާމީ ތިކުރައްވާ ހިތްވަރަށް އައްސަރިބަހާއި ސާބަސް ދެމެވެ. ކަންކަން ރަނގަޅުކުރެވޭނީ އެކަމެއް ރަނގަޅުކުރުމަށް އިހްތިޖާޖް ކޮށް އަޑު އުފުލައިގެންނެވެ.

    10
  3. އަބާ

    ތީ . . މެޑަމް ގައްސާ ސްޓަންޓެއް އެއާއިލާގައި އެކަހަލަ ކުދިން ތިބީމަ ބޮޑު ދައިތަ ވަންތަ ކަން ދައްކަން

    11
  4. ކުރޮކޮޑައިލް

    އަޅެ އެމްޑީއެން ހާދަ ރަނގަޅޭ... ހެހެހެހެ.

    17
  5. މަންޖެ

    ކީއްވެ ޑެފް އެސޯސިއޭޝަން އަށް؟؟

  6. ކާޅުކެއަސް ސޮއްނުގޮވާ

    ވަގުތު ނޫހުން އެބަ ރައްޔިޔުންނަށް ހާމަކޮށްދޭން އެބަޖެހޭ އެހާ ހެޔޮފުޅުވީ ކީއްވެތޯ އާއި އެބުނާ ޑެފް އެސޯސިއޭޝަނެއް ހިންގަނީ ކޮންބަޔަކުތޯ ބަލައިގެން.

  7. ބުޅާ

    ކޮންތާކުން ހޯދި ލާރިއެއް