(ގއ. ކަނޑުހުޅުދޫ) ކަނޑުހުޅުދޫން ތުއްތު އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގެ ތުޙުމަތުގައި ހައްޔަރުކޮށްފައިވަނީ އެކުއްޖާގެ ކާފައެވެ. މީގެ ކުރިން އެފަދަ ރިކޯޑްތަކެއް އޮތުމުން އެކުއްޖާގެ މުނިކާފައަށް ޝައްކުކޮށް އޭނާވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި ކުއްޖާގެ ބައްޕަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކުއްޖާއަށް އިޙްމާލުވެފައިވާތީއެވެ. މިތިން މީހުން ނިސްބަތްވާ ޢާއިލާ މިހާރު އޮތީ ބިރުވެރިކަމެއްގެތެރޭގައެވެ.

ކުއްޖާގެ ކާފަ އެކަން ކޮށްފާނެތަ؟

މި ޢާއިލާގެ އެކި މީހުންނަށް އަންނަނީ އިންޒާރުތައް ލިބެމުންނެވެ. މި ތިން ބަފައިންގެ ޢާއިލާއިން "ވަގުތު" އާއި ވާހަަކަ ދެއްކި މީހަކު ބުންޏެވެ. "އަހަރެމެންނަށް ވަރަށް އުނދަގޫ ޤަބޫލު ކުރަން އެކުއްޖާގެ ކާފަ އޭނަޔާ ބެހިދާނެކަމަށް، އެއީ ދުވަހަކުވެސް ކުޑަ ކުށްޖަކަށް އެފަދަ ކަމެއް ކުރިމީހެއް ނޫން." ނަމަވެސް މި ޢާއިލާއިން "ވަގުތު" ވާހަކަދެއްކި ފަރާތްތައް އިންކާރު ނުކުރާ އެއްކަމެއް އެބައޮތެވެ. ތުއްތު އަންހެން ކުއްޖާގެ މުނިކާފަ ކުޑަކުދިންނާ ބެހޭކަމެވެ.

ކުއްޖާ އެންމެ ކުޑައިރުއްސުރެ ބަލަހައްޓަނީ ކާފަ

މިޢާއިލާއިން ބުނާގޮތުގައި ކުޑަ އަންހެން ކުއްޖާ އެންމެ ކުޑައިރުއްސުރެ ބަލަހައްޓަމުން އަންނަނީ އެކުއްޖާގެ ކާފައެވެ. ކައްކާފަ ކާންދީ އެއްޗެހި ދޮވެ އިސްތިރިކުރަނީ އެ ކާފައެވެ. ކުއްޖާގެ މަންމައާއި ބައްޕަ ތިބެނީ މަސްތުގެ ޙާލުގައިކަމަށް މި މީހުން ބުނެއެވެ.

މި ތުއްތު އަންހެން ކުއްޖާ މަސްތުވާތަކެތި ބޭނުންކުރާ ދެމަފިރިއަކާއެކު އުޅެން ދޫކޮށްފައި ބަހައްޓާފައި ހުރީ ކީއްވެތޯ މި ޢާއިލާއިން އަންހެން ކުއްޖާގެ ޢާއިލާއަށް ސުވާލު އަމާޒުކުރެއެވެ. އަދި މި ކުއްޖާގެ މަންމަ އެހެން މީހަކާ އިދެގެން ލިބިފަތިބި ދެ ފިރިހެން ކުދިން އެ ކާފަ ލައްވާ ބަލަހައްޓަނީ ކީއްވެ ތޯ ވެސް ސުވާލުކުރެއެވެ.

މި ތުއްތު އަންހެން ކުއްޖާ ކާފަ ބަލަހައްޓަމުން އަންނަނީ ވަރަށް ލޯބިންކަމުގައި މި ޢާއިލާއިން ބުނެއެވެ. އަދި މުނި ކާފަގެ ގޮތް އިނގޭތީ އެކުއްޖާ ގައިގައި އަތް ޖައްސައިގެން ނުވާނެކަމަށް ކާފަ މުނިކާފައަށް އަނންގާފަ އޮންނަމަށްވެސް ވެއެވެ.

ކުއްޖާ ރޭޕްކުރި މައްސަލަ ފެންމަތިވުމުގެ ކުރިން ޢާއިލާ ބަދުނާމުކޮށްފައި ނަމަވެސް ކުއްޖާ ނަގާނެކަމުގެ އިންޒާރު ކުއްޖާގެ މަންމަ ފަރާތު އާއިލާއިން ދީފައިވާކަމަށްވެސް މި ޢާއިލާއިން ބުނެއެވެ.

މި މައްސަލައިގައި ކުއްޖާ ބައްޕަ ފާރާތު ޢާއިލާއިން ސުވާލުތަކެއް

ކުއްޖާއަށް ޖިންސީގޯނާ ކޮށްފައިވާކަމަށް ބުނެ ތިނަދޫގައި ހުންނަ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ސީދާ ގެންދިއުމުގައިވެސް ސުވާލުތަކެއް މި ޢާއިލާގެ އެބަހުއްޓެވެ. މި މީހުން ބުނާގޮތުގައި އެ ހޮސްޕޕިޓަލުގައި މަސައްކަތް ކުރާ އިސް ފަރާތްތަކަށް ނުފޫޒު ފޯރުވޭވަރުގެ މަޤާމެއްގައި އެ ޢާއިލާގެ މީހަކު އެބަހުއްޓެވެ.

ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަން ކުއްޖާގެ މަންމަ ފަރާތު ޢާއިލާއަށް އެނގުމުން އެހެން މީހަކާއި ހަވާލުކޮށް އަނެއްކާ އެކުއްޖާ އަނބުރާ އެގެޔަށް ފޮނުވިކަމަށް މިއާއިލާއިން ބުނެއެވެ. ނަމަވެސް މިކުއްޖާ އެގެޔަށް ގެންދިޔަ މީހާ ބުނީ އެއީ އެކަން އެނގުމުގެ އެއްދުވަސް ކުރިކަމަށެވެ. އެކަން އެގޮތަށް ކޮށްފައިވާކަން އެނގުނީ އޭގެ އަނެއް ދުވަހުއެވެ.

މައްސަލަ ތަހުގީގަށް ނުނިމެނީސް މީޑިއާތަކުންނާއި އާންމުން ގޮތް ނިންމުން

ތުއްތު އަންހެން ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަން އެނގުމާއެކު މީޑިއާއި އާންމުން ގޮތް ނިންމުމަކީ އިންސާފެއްް ނޫންކަމަށް މި އާއިލާއިން ބުންޏެވެ. ޝަރީއަތް ކުރިއަށް ގެންގޮސް ނުނިމެނީސް އެކަން ކުރި ބަޔަކު ކަނޑައަޅާ އަޑު އުފުލި މީޑިއާތަކާއި ރައްޔިތުން ހިންގި އަމަލާކީ ތަހުޒީބުވެފައިވާ ޒަމާނެއްގައި ދެފުށް ނުބަލާ ހިންގި ނާތަހުޒީބު އަމަލެއްކަމަށް މި މީހުންވަނީ ބުނެއެވެ.

މި އާއިލާއިންވެސް ބޭނުންވަނީ މި މައްސަލަ ތަހުހީގުކޮށް ނިންމާ މިކަން ކުރި ފަރާތާއި މިކަމުގައި އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އަޅާށެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ޜަނީ

    ޥަރަށް ރަނގަޅު ވާހަކައެއް.

    60
    21
  2. ފައިވާން

    އެންމެ ފުރަތަމަވެސް ނޫސްތަކުގަ ޖަހާފައޮތީ ކުއްޖާގެ ބައްޕަ ކުއްޖާ ރޭޕްކުރިއޭ. ގައުމުގެ އެންމެން ކެކިގަތީ އެހިސާބުން. މީޑިއާގެ ކަންކަން ބަލަހައްޓާމީހުން ކޮބާ؟

    13
    2
  3. ލުތުފީ

    ބޭކާރު އަގަ ނުތަޅާ. ޒިންމާ ދާރު ކަން ކުޑަވީމަ ހަކުރައް ގޮސް ދަރި ހުސްވީ. ތީ މިހާރު މުޅި ރާއްޖެއައް މަޝްހޫރު ވަހުޝީ އައިލާ.

    39
    4
  4. ކ

    ވަރަށް ރަނގަޅު ދެން ކޮން ވާހަކަ އެއް ދައްކާކަށް މިހާރު އަދިވެސް މިއެއްޗެހިން ގޮތް ދޫނުކޮށް ހިތު ހުރި ވާހަކަ އެއް ދެއްކިޔަސް ވާނީ ކޮންކަމެއް. ކުއްޖާއަށް ހަދާފަ އިތް އެއްޗެއް ހެދީ އިރުގަ އެންމެ ބޮޑަށް އިނގޭނީ މިމީހުންނަށް. މަންމަ ފަރާތު އާއިލާއެއް ނޫން މަސްތުވާތަކެތީގެ ރިކޯޑު އޮންނަނީކީ އެއް ކުދިންނާ ބެހުމުގެ ރިކޯޑު އޮންނަނީކީއެއް. އަނެއް ކޮޅުން ދެން އެބުނަނީ އެ ކުޑަ ކުއްޖާ އޮޔެއް ވަޔެއް ވަކި ނުވާ އިރު އެކުއްޖާގެ އަނގައިން ދައްކާފަ ހުރި ވާހަކަ ތަކަކީ ހުސް ދޮގޭތަ؟ އެވަރު ކުއްޖަކު ކަމެއް ނުކުރާއިރު ދޮގު ހަދާނެތަ؟. މި ދެންވާހަކަ ދޯ ރޭޕިސްޓުން ހިމާޔަތް ކުރިޔަސް ބޮޑު ވަރު. މިހާރު އެއުޅެނީ ކިނބޫ ކައިރީގަ ފޮޓޯ ނެގި ދެމީހުންނަކީ ޖަޒީރާ ވަންތަ ބަޔަކަށް ވީމާ މުނި ކާފައަކީ މުސްކުޅި ބަލީގެ މީހަކަށް ވީމަ މިދެމީހުން ބަޗާފަ މުސްކުޅި ބަލީގަ އޮތް ވަހުށީ މުނި ކާފަ ޖަލުގަ ބަހައްޓަން ތޯއްޗެ..

    10
    1
  5. އަލީ

    އަސްލުވެސް. މީގަ މީޑިއާއިން ވަރަށް ނުރައްކާތެރި މެސެޖެއް ޕަބްލިކަށް ފޯރު ކޮށްދިނީ. 3ން މީހުންވެގެން ރޭޕް ކުރިއޭ ކިޔައިގެން. ދެން ވިސްނާ ވާނެ ގޮތް.
    ފުލުހުން ކާފައޭ ކިޔަނީ ކާފަ ކުއްޖާ ބަލަހައްޓާތީތޯ އެއީވެސް ސުވާލެއް މިހާރު.

    15
    19
  6. ކުއްވެރިން ހިމާޔަތްކުރަން ނޫޅޭ

    ކޯއްޗެކޭ ކިޔާކަށް! އަަހަރެން މީ ތި ރަށާ ކީއްކުރަން ތީގެ އެއްވެސް މީހަކާވެސް ގުޅުމެއް އޮތް މީހެއްވެސް ނޫން. އެކަމަކު ދުވާލުގ އިރު ފެންނަހާ ސާފުކޮށް އެބަ އިނގޭ ޢާއިލާގެ އަބުރަށް ޓަކާ ތި ނާތަހުޒީބު ހިތުގައި ކުލުނުގ ކަންފުޅެއްވެސް ނެތް ޢާއިލާއިން ތިއުޅެނީ ކުށްވެރިޔާ ހިމާޔަތް ކުރަންކަން. މުނިކާފަގެ ވާހަކަ ވަރަށް ފާޅުކޮށް އިނގެން އޮތީމަ އިންކާރު ކުރެވޭނެ ޖާގަ ނެތީމަ އޭނަ ކުދިންނާ ބެހޭކަމަށް ތި އެއްބަސް ވަނީ. ބަލަ އަންހެން ކުއްޖާގެ ޢާއިލާއަށްވުރެ ކަލޭމެންނަށް މާ އައުލާކަން ބޮޑެއްނު ތިބުނާހެން މުނިކާފައަކީ އެކަހަލަ މީހެއްކަން ޤަބޫލުކުރާއިރު އެކަން ރިޕޯޓްކޮށް ކުއްޖާއަށް ޙިމާޔަތްދޭން! ތިބުނާ ހުދު ފުއްކޮޅެއްކަަހަލަ ލޯބިވާ ކާފައަކީ މުދިމެއްވީމަ ގައިމު ގެޔަކު ނުހުންނާނެތާ ކުއްޖާ ޙިމާޔަތް ކުރާކަށް އަބަދަކު. ވަގުތު ނޫހުގެވެސް އަގު ތިވެއްޓެނީ މިކަހަލަ ލާއިންސާނީ މީހުންގ ބަހަށް ހެއްލި ގެން ހަބަރުގެނެސްދިނީމަ ި

    46
    8
    • ބޮއްލޯ

      ކަލޭގެ ނާގާބިލު ކަމާއެވެ. ވަގުތުނޫހުން ކުރަނީ ނޫސްވެރިކަމެވެ. ބުނަންހެއްޔެވެ. ދޮގަކީ ތެދަށްވުރެން ބާރަށް ދަތުރު ކުރާ އެއްޗެކެވެ. އެންމެ ކައިރީގައި ވާނީ ޝައިޠާނާއެވެ. ވިސްނާށެވެ. ކަލޯމެން އަމިއްލަ އަމިއްލައަށް ނިޔާ ކަނޑައަޅައި މީހަކަށް އަނިޔާވެރިވެފައި ޒަމާން ތަކެއް ފަހުން ކަމުގެ ޙަޤީޤަތް އެނގި އަނިޔާވެރިވި ފަރާތަކީ އެކަމުގައި ނުހިމެނޭ އެކަމުން ބަރީއްޔަވެފައިވާ ފަރާތެއްކަން އެނގުމުން އަމިއްލަ ނަފްސައް މަލާމާތް ނުކުރެވޭނެ ހެއްޔެވެ. އަނިޔާވެރިންނަށް މަޢާފެއްނެތެވެ. ނަމަވެސް، އަނިޔާގެ ޙައްޤުވެރި ފަރާތްތޯ ކަށަވަރު ކުރަން ވާނެއެވެ. އިހުމާލު ވެފައިވާނީ ހަމަ އެކި ކާފަ އެއް ނޫނެއެވެ. މަންމަ ފަރާތުގެ ޢާއިލާގެ އިހުމާލު ކޮބައިހެއްޔެވެ. އިސްލާމް ދީނުގައި މާމަގެ (މަންމަ ފަރާތުގެ މަންމަ) ޒިންމާ ކޮބައިހެއްޔެވެ. އަދި ބުނަމެވެ. ހުރިހާ ނުބައި ކަމެއްގެ ފެށުމަކީ ރަލެވެ. އެހެން ގޮތަކަށް ބުނަނީ ނަމަ މަސްތުވުމެވެ. ޖަޒުބާތުގައި ނުޖެހި ބުއްދި އިސްކޮށް އިހުމާލުވި ފަރާތްތަކަށް އަދަބު ދިނުމަށް ބަސްބުނާށެވެ.

      11
      3
    • ހެލޯ

      ކުއްވެރިން ހިމާޔަތްކުރަން ނޫޅޭ އަށް ބުނެލަން.. ކުއްޖާގެ މަންމަ އަށް ނުބެލޭ ހާލަތގައި ކުއްޖާއާއި ހަވާލުވާން ޖެހޭނީ ޝަރުޢީގޮތުންވެސް މަންމަ ފަރާތުގެ މާމަ..އެކަމަކު އެ މާމައަކީ އުޅޭމީހެއް.. ކުއްޖާގ ބައްޕަ ފަރާތު މާމަ އަދި އެގޭގެ ހުރިހާ އަންހެނުން ދިރިއުޅެނީ ރަށުން ބޭރުގައި.. އެ ރަށުގައި އެކުއްޖާއާއި އާއިލީގޮތުން ބޮޑުދައިތައިންނަ ތިބީ މަންމަފަރާތު މީހުން..

      1
      2
  7. ކުއްވެރިން ހިމާޔަތްކުރަން ނޫޅޭ

    ހިތަށް ހާދަ އަސަރެއް ކުރެޔޭ ހާއްސަކޮށް އަހަރެންގެވެސް މިވަރުގެ ދަރިންތިބީމަ.. މިނޫންދުވަހެއްވެސް އޮތްކަން ދަނެ މާތްاللهއަށް ބިރުވެތިވެބަލަ ތި ޢާއިލާ މީހުން!

    27
    2
  8. އަޝްރަފް

    މީ އަހަރެން ކުރިންވެސް ބުނި ވާހަކަ. ހަމައެކަނި އަންހެން މީހާ ގެ އާއިލާއިން ދޭ މައުލޫމާތު ގެ މައްޗަށް ގޮތް ނިންމުން ރަނ ގަޅެއްނޫން. މިކަމަކީ އެ ކާފަ ކުރިކަމަކަށް ނުވެއްޖެނަމަ ނޫސްވެރިން ތި ކުރީ ހާދަ ދެރަކަމެކޭ. އެ އާއިލާއަށް ތިދިނީ ހާދަ ބޮޑު ގެއްލުމެކޭ!!

    17
    25
  9. ކުއްވެރިން ހިމާޔަތްކުރަން ނޫޅޭ

    ކުއްޖާގެ ބަލަދު އަރާނީ ކަލޭމެންނަށްކަން ހަނދާންކޮށްބަލަ އެކުއްޖާ ކުށުގެ ވެށީގަ ހުރީމަ އަންހެން ކުއްޖާގެ ޢާއިލާއން ކުއްޖާ ނުގެންދިޔައީ ކިއްވެތޯ އަހާއިރު! އެމީހުން ގެންދަން އުޅުނީމަ ކުއްޖީގެ ބައްޕަ އެވަރަށް ގެންދިޔަ ނުދޭން އުޅޭކަން އެއޮތީ އިނގެން! ބަލަ ތީ ތިހާ ސާފު ތޯހިރު ބައެއްނަމަ ތި ޢާއިލާއަށް ނިސްބަްވާ ރަށު ގެ މެޖިސްޓްރޭޓް މިކަހަލަ މައްސަލައެއްގަ ސަސްޕެންޑްކޮށްފަ ހުރީ ކީއްވެތޯ އަމިއްލަ ނަފުސާ ސުވާލުކޮށްބަލަ! ކަލޭމެންގެ އެހާ ނުފޫޒު ކޯޓާ ތަންތަނުގަ އޮތް އިރު މުނިކާފަ ދޫވެފަ ހުރީ ކުއްވެރިން ހިމާޔަތްކުރާތީކީނޫންތަ؟

    34
    4
    • މ

      . މުނިކާފަ ދޫވެފަ ހުރީ މިއަދުތަ؟

  10. ތުއްތު

    ލަދެއް ހަޔާތެއް ނެތީމަ އަދިވެސް ވާހަކަ ދައްކާނެ' ވަހުޝީ ކަމުގެ ރެކޯޑް ހަދާފަ ތިވަނީ

    25
    2
  11. ތުއްތު

    ކޮން ރަނގަޅު ވާހަކައެއް ބައެއް ދިވެހިންނަށް ވެސް ކިހިނެއްތަ ވެފަ މިތިބެނީ

    18
    3
  12. Anonymous

    މި މައްސަލައާއި ބ

  13. Anonymous

    މި މައްސަލައާއި ބެހޭގޮތުން ލިބިފައިވާ ގިނަމަޢުލޫމާތަށް ފުންކޮށް ވިސްނާލާއިރު ބޮޑަށްގަބޫލުކުރެވެނީ ކުއްޖާގެ ބައްޕަ މަސްތުވާތަކެތި ގަންނަން ލާރިހޯދަން ކުއްޖާގެ މުނިކާފައަށް ކުއްޖާ ވިއްކަނީކަމަށް، މިގޮތް ގަބޫލު ކުރެވެނީ އެފަދަ ބޭނުންތަކަށް އޭނާގެ އަނބިކަނބަލުން (ކުއްޖާގެ މަންމަ)ވެސް އެމުނިކާފައަށް ވިއްކާކަމުގެ މައުލޫމާތު ލިބޭތީއެވެ.

    32
    1
  14. މުދިމު

    އެވަރުކުޑަކުދިން ނަށް ދޮ ގުހަދާކަށް ނޭން ގޭނެ. ތަފާތު ޚިޔާލުއުފެއްދިދާނެ އޮޅުވާލަން. ލޯބިން ގެން ގުޅުނުއިރު ކާފަޔަށް ކީއްވެ ނޭން ގުނީ އެވަރު ކަމެއް ވެފަހުރިއިރު؟

    30
  15. ޥަދީދީ

    އެވަރުކުޑަކުދިން ނަށް ދޮ ގުހަދާކަށް ނޭން ގޭނެ. ތަފާތު ޚިޔާލުއުފެއްދިދާނެ އޮޅުވާލަން. ލޯބިން ގެން ގުޅުނުއިރު ކާފަޔަށް ކީއްވެ ނޭން ގުނީ އެވަރު ކަމެއް ވެފަހުރިއިރު؟

    18
    2
  16. ާަަަަަެެެޮޮިުއަފީ

    މިތިންމުޖުރިމުން ސަލާމަތްކުކުރަން މިހާރުތިތެޅެނީ
    ކީވެބާ؟ އެތުއްތު ކުއްޖާ ގެބައްޕަކީވެތޯމައްމައެތުއްތު
    ކުއްޖާ ގެމުނިކާފައައް ދީ ގެންމަސްތުވުމައް ފައިސާ
    ހޯދަނީ މަސްތުވުމައް ކުއްކުރީމަނުކުރާކަމަކައް
    ހަދަންދައްކާބަހަނާ ތީތިއާއިލާންކުއްމަތީއަތްއަޅަން
    ވެ ގެންދައްކާ ބަހަނާ ފުރަތަމަތިމާމެން ހެއްދެވި
    ފަރާތްދެކެބިރު ގަނެބަލަ ނިއްކުރީ ގަކުރަލާފަހުއްޓަ
    ކަސްއެވަރަކުންނުފުދޭނެ މާތްﷲހަބިރުވެތިވެބަލަ
    އެތުއްތުކުއްޖާފުޅު ގެއޮތީކޮންކުށެއްތޯ؟ އެމައުސޫ
    މުކުއްޖާފުޅު ގެއޮތީކޮންކުށެއްތޯ؟؟؟އެކުއްޖާފުޅު ގެ
    މުޅިލައިވިއްސިވިހާލިކޮއްލީ ތިއާއިލާ ގެމެންބަރުން

    21
    1
  17. ކީކޭބުނާނީ

    ކޮންމެމީހަކައްވެސް ތަފާތުގޮތްގޮތައްވާހަކަދެއްކިދާނެ ރަނގަޅުގޮތަކީ ދެފަރާތުގެޢާއިލާއިންވެސް ތިކަމާބެހޭގޮތުން މިހާރުވާހަކަނުދެއްކުން އަދިމިކަމާގުޅޭގޮތުން ދެޢާއިލާއައްވެސް ލިބިފަހުރިމަޢުލޫމާތު ތައް އޮޅުންފިލުވައިދިނުން މީހެއްގެއިހުމާލުންވިޔަސް ބައެއްގެވަޙުޝީކަމުންވިޔަސް އެތުއްތުކުއްޖާއައް އެވަނީ އަނބުރާ އިޢާދަނުކުރެވޭވެރުގެ ގެއްލުމެއްދީފަ

    4
    1
  18. ލާލަ

    ތީގަ މައްސަލަ އަކީ އެ ކުޑަ ބޭބީ އޭ ނުބުނި ކީއްވެ؟ ހައްޔަރު ކުރީ އެއްވެސް ކުށެއް ނުކޮށް ތިއްބާ؟ އެ ދަރި ހަދައިގެން ދައްކާ ވާހަކައެކޭތަ ތިކިޔަނި؟ ލަދެއްވެސް ނުގަނޭތަ؟

  19. ތިލަފަތް

    ތިހެން ބުނީމަ ހާދަ ހީވެއޭ ޝަރީއަތުގަ ނުފޫޒު ފޯރުވޭ ވަރުގެ މީހަކު ތި ޢާއިލާގަ ހުރީހެން! މީޑިއާ އަދި ޢާންމު ރައްޔިތުން ގޮތް ނުނިންމާ ހިސާބަކަށްތަ ތި ޢާއިލާގެ ކަންތައް ގޮސްފައި ތިއޮތީ؟ ޝަރީޢަތް ނިމިދާނެ މުނިކާފަ ވެސް ކާފަ ވެސް ހަމަ ރަނގަޅު ކަމަށް! މަންމައާ ބައްޕަ ވެސް މަސްތުނުވާ ކަމަށް! ޝަރީޢަތް ނިމޭ އިރު މީޑިއާ އާއި ޢާންމު ރައްޔިތުން މަސްތުވެފަ ތިބީ ކަމަށްވެސް ނިންމަފާނެ! އެހާވެސް އިންސާފުވެރި ޖުޑިޝަރީ އެއްގެ ވާހަކަ ދައްކައިގެން އަހަރުމެން ލައްވާ ކޮސް ގޮއްވަން ނޫޅޭ!

    15
  20. ލާބަ

    ކަމިގެ ހަގީގަތް ނުބަލާ އަމުން ގޮތް ނިއްމުމަކީ ވަރަ ދެރަ ކަމެއް. ނޫސްތަކުންވެސް ބުނި ބުއްޏަށް ހަބަރު ބޭސްކޮށްގެން ހަބަރު ލިއުން ހުއްޓާލަން ވެއްޖެ. ކުޑަކުދިން ބޭނުންކޮށްގެން ބަޔަކު ނާޖާއިޒް ފައިދާ ނެގުމުގެ ސުރުސަތު ދެވިގެން ނުވާނެ، ކަމުގެ ހަގީގަތް ވީހާވެސް އަވަހަކަށް ހާމަކުރުން މުހިއްމު

    2
    4
  21. ޢަލީ

    ޤާނޫނު އަސާސީގެ 2:51 (އ) އެމީހަކު ކުށްކޮށްފައި ވާކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތިގައި ސާބިތުނުކުރެވޭނަމަ އެމީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވެއެވެ. މީގެ މާނައަކީ ކުށެއްގައި ތުޙުމަތު ކުރެވޭ މީހަކު، ޝަރުޢީ ކޯޓަކުން ނިއާއެއް ކަންޑައެޅުމުގެ ކުރިން، އެމީހަކީ އެކުށުން ބަރީޢަ ވެގެންވާ މީހެއްކަމުގައެވެ.

  22. ޢަކު

    މަވެސް ތިކަމާ ވަރަށް ވިސްނިން. ފަހަރުގައި ތިޔަ ކަން ކުރީ ތީގެން އެކަކު ކަމަށް ވެސް ވެދާ ނޭ! ޢެކަމަކު އެންމެންވެސް އިހުމާލު ވެއްޖެ ދޯ! ކަމަކީ ވަރަށް އިމޯޝަނަލް ކަމެއް. ޙަޤީގަތް ދެނެވޮޑިގެން ވަނީ މާތް ﷲ! ޔާ ﷲ! ޢެނުބައި އަމަލު ހިންގި ފަރާތަށް ގަދަފަދަ ވެގެންވާ އަޒާބު ލައްވާންދޭވެ.

  23. ޢިންސާފްބެ

    ބަލަ އަންހެންކުއްޖާގެ ޢާއިލާއިން އެ ކިޔަނީ ޢެމީހުންގެ އިހުމާލެއް ވާ ނަމަ އެމީހުންވެސް އެތިބީ ކުށުގެ އަދަބު ލިބިގަންނަން ތައްޔާރަޝޭ، ބޭނުމީ ކުއްޖާ އަށް އިންސާފޭ.
    ފުލުހުން ކުއްޖާގެ ކާފަ ހައްޔަރު ކުރީ ބޭނުން ވާ ވަރައް ހެކި ހޯދާފަ.