މާލެއާއި ވިލިމާލޭ ފަޅުގައި ގަވާއިދާ ޚިލާފަށް އަޅާފައިހުރި އުޅަނދުތަކާއި، އަދި ގިނަ ދުވަސްތަކެއް ވަންދެން ނުދުއްވާ ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މި މަސައްކަތް ފަށާފައިވަނީ ފުލުހުންނާއި އަދި އެހެނިހެން ކަމާބެހޭ ފަރާތްތަކާއިވެސް ގުޅިގެން ކަމާ ގުޅޭ އެހެން އިދާރަތަކާއި މަޝްވަރާކޮށް ދިރާސާ ތަކެއް ވެސް ކުރުމަށްފަހުގައި ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ މަސައްކަތާ ގުޅިގެން ފުލުހުން ބުނީ މާލެ އާއި ވިލިމާލެ ފަޅުގައި ގަވައިދާ ހިލާފަށް އަޅާފައި ހުރި އުޅަނދު ފަހަރުތަކާއި ގިނަ ދުވަސްތަކެއް ވަންދެން ދަތުރުނުކޮށް ފަޅުގައި އަޅާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ މި މަސައްކަތް ފަށާފައިވަނީ މިއަދު ހެނދުނު ކަމަށާއި، އަދި ފުރަތަމަ މި މަސައްކަތް ފެށީ މަސް މާރުކޭޓު ސަރަހައްދުން ކަމަށެވެ، އަދި މި މަސައްކަތުގެ ދަށުން އެ ސަރަހައްދުގައި އަޅާފައި ހުރި އުޅަނދުތައް ބަލައި ފާސްކޮށް ގަވައިދާ ހިލާފަށް ހުރި އުޅަނދުތަކާއި، ދުވަސްތަކެއް ވަންދެން ނުދުއްވާ ހުރި އުޅަނދުތައް ފާހަގަކޮށް ނަގާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.