އަންނަ އޭޕްރޮލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީއަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ފައިނަލް ވޯޓާސް ލިސްޓު އާއްމުކޮށްފިއެވެ.

އެމްޑީޕީން ބުނީ މި މަހުގެ 31ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގެ ފައިނަލް ވޯޓާސް ލިސްޓް އާއްމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 2 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. ޝަކުވާ ހުށަހަޅާ ފޯމް އެމްޑީޕީގެ ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެމްޑީޕީން ބުނެއެވެ. ޝަކުވާ ބަލައިގަތުމުގެ ސުންގަޑި އަކީ އަންނަ ބުދަ ދުވަހުގެ މެންދުރުފަހު 2:00 ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކުގެ ލިސްޓުގައިވާގޮތުން ސިޓީ ކައުންސިލްތަކަށް 108 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ.

އޭގެ ތެރެއިން ހަތް ފަރާތަކުން މާލެ ސީޓީ މޭޔަރު ކަމަށް ކުރިމަތިލާފައިވާއިރު، 42 ފަރާތަކުން އެމްޑީޕީ ޕްރައިމަރީ މާލެ ސިޓީ ކައުންސިލަށް ވާދަ ކުރެއެވެ. އަދި އައްޑޫ ސިޓީގެ މޭޔަރު ކަމަށް ތިން ފަރާތަކުން ކުރިމަތިލާފައިވާއިރު، 40 ފަރާތަކުން އެމްޑީޕީ ޕްރައިމަރީ އައްޑޫ ސިޓީ ކައުންސިލަށް ވާދަ ކުރާނެއެވެ. އަދި ފުވައްމަލު ސިޓީގެ މޭޔަރު ކަމަށް ހަތަރު ފަރާތަކުން ކުރިމަތިލާފައިވާއިރު، 10 ފަރާތަކުން އެމްޑީޕީ ޕްރައިމަރީ ފުވައްމުލަކު ސިޓީ ކައުންސިލަށް ވާދަ ކުރާނެެެވެ.

އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާ އެކި އަތޮޅުތަކުގެ ފަރާތްތަކުގެ ލިސްޓުގައިވާގޮތުން ކައުންސިލްތަކުގެ ރައީސް އާއި މެންބަރުންގެ ގޮތުގައި 1067 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. އަދި 53 ފަރާތަކުން އަތޮޅު ކައުންސިލްގެ އެމްޑީޕީ ޕްރައިމަރީ ވާދަ ކުރުމަށް ހުށަހަޅާފައި ވެއެވެ.

ޕްރައިމަރީގައި ވާދަކުރަން އެމްޑީޕީން ހުޅުވާލީ ޑިސެމްބަރު 30 ގަ އެވެ. ޕްރައިމަރީގައި ވޯޓުލުން އޮންނާނީ މި ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބާރަށް

    ހއ. ބާރަށު ގެ އެމް ޑީ ޕީ ޕުރައިމަރީގައިވާދަ ކުރާ ބަރުކޯ މޯޑާށް އެމް ޑީ ޕީ ގެ ނައިބު ރައީސް ސިފާޒު އާ އޭނާގެ ބައްޕަ ވަނީ އިންޒާރުދީފައި ނަންއަބުރާ ނެގުމަށް ސިފާޒު ދަނީ އެއްގޮތަށްވުރެ ގިނަގޮތްގޮތުން ބަރުކޯ މޯޑަށް ޖެއްސުންކުރަމުން ސިފާޒު ބޭނުންވަނީ ބަރުކޯ މޯޑު ކަޓުވާލާފަ ގައިނާނު ދަރި ސޮއްފަތު ހޮވަން މިކަމުގައި އެދާއިރާގެ މެންބަރު ތަކަންދޫ އަހުމަދުވެސް ބައިވެރިވޭ އެއީ ވެސް ހިޔަޅެއް....

  2. ބާރަށް

    ބަރުކޯ މޯޑޫ އާއިލާއަށް މިދަންނަވާލަނީ އާގެ އާއިލާޔާ އީދު އާއިލާގެ ހުރިވަރެއް މިފަހަރު ގައިނާނު މުހައްމަދަށް ދައްކާލާށޭ ރަށަށް އަރުވާލި މިކަހަލަ ބަހުލޫލުންނަށް ރަށަށް ގަދަވެ ގަންނަށް ފުރުސަތު ނުދޭށޭ ބާރަށު ހުރިހާ ރައްޔިތުން ވިސްނާށޭ އެއްމެން ބަރުކޯ މޯޑަށް ވޯޓު ދޭށޭ ގައިނާ ނަކީ އެތަށް ބަޔެއްގެ ދިރިއުޅުން ހަލާކު ކޮށްފައިހުރި މީހެކޭ ސޮއްފަތަށް ނޫނެކޭ ބުނާށޭ.....

  3. ބާރަށް

    ގައިނާ ނަކީ އަރިއޮޑި ދުއްވި އިރުވެސް ބޮޑެތި ޖަރީމާ ތަކެއްހިންގާފައިވާ މީހެެއް އެދިބޯޓުން އަމާޒު ވަތަށް އަޅައިގެން ތެޔޮވެސްގެނަ ވިޔަފާރީގެ ފެށުމަކީ ވައްކަމާ ޖަރީމާ މިއަދު ތަނަވަސް މުއްސަދި މީހަކަށް ވިޔަސް