ރާއްޖޭގެ އުތުރުގެ ރަށެއްގައި ދޮންބައްޕަ އަކާއި އޭނާގެ ދަރިފުޅު ވެގެން އުމުރުން އެންމެ ހަތް އަހަރުގެ އަންހެން ކުއްޖަކަށް އެތައް ފަހަރެއްގެ މަތިން ޖިންސީ ގޯނާކޮށް ރޭޕް ކޮށްފައިވާ މައްސަލައެއްގެ މައުލޫމާތު "ވަގުތު" އަށް ލިބިއްޖެއެވެ.

އުމުރުން ހަތް އަހަރުގެ އަންހެން ކުއްޖާ ރޭޕް ކޮށްފައި ވަނީ އަހްމަދު ވަހީދު ނަމަކަށް ކިޔާ މީހަކާއި އަހްމަދު ވަހީދުގެ ދަރިފުޅު ހުސައިން ކައުޘަރު އެވެ. މި ދެމީހުން އަންހެން ކުއްޖާ އެކި ފަހަރުމަތިން ރޭޕް ކޮށްފައި ވަނީ 2016 ވަނަ އަހަރު އެވެ.

އަހްމަދު ވަހީދަކީ 61 އަހަރުގެ މީހެކެވެ. ހުސައިން ކައުޘަރު އަކީ 34 އަހަރުގެ މީހެކެވެ.

އެ މައްސަލައިގައި އެމީހުން ހައްޔަރު ކުރިނަމަވެސް މިހާރު ތިބީ ދޫކޮށްލާފައެވެ.

އެމައްސަލައިގެ ޝަރީޢަތް މިހާރު އެމީހުންގެ ރަށުގައި ކުރިއަށް އެބަދެއެވެ. މިއަދުވެސް އެމައްސަލައިގެ އަޑުއެހުމެއް ވަނީ ބާއްވާފައެވެ. މިއަދު އޮތީ ހެއްކެތްގެ ހެކި ބަސް ނެގުމެވެ. ހެކިވެރިޔާ ވަނީ އަންހެން ކުއްޖާ އޭނާ އަށް ޖިންސީ ގޯނާގެ ވާހަކަތައް ކިޔައިދިން ކަމަށް ހެކިބަސް ދީފައެވެ.

ހެކިވެރިޔާ ވަނީ އޭނާ ހެކިބަސް ދީފިނަމަ ދުއްވާލާނެ ކަމުގެ އިންޒާރު ދިން ކަމަށް ޝަރީޢަތުގެ މަޖިލީހުގައި ވެސް ބުނެފައެވެ.

އަހްމަދު ވަހީދު އާއި ހުސައިން ކައުޘަރު ހައްޔަރުކުރީ 2016 ޖުލައި 30 ވަނަ ދުވަހު އެވެ. އެމީހުން ދޫކޮށްލާފައި ވަނީ 27 އޮކްޓޯބަރ 2016 ގައެވެ.

"ވަގުތު" އަށް ވަނީ މި ދެމީހުންގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ލިޔުންތަކެއް ވެސް ލިބިފައެވެ. އެ ލިޔުންތަކުގައި އުމުރުން އެންމެ ހަތް އަހަރުގެ އަންހެން ކުއްޖާ އަށް އަހްމަދު ވަހީދު އާއި ހުސައިން ކައުޘަރު ކުރި ޖިންސީ އަނިޔާތަކުގެ ތަފްސީލް މައުލޫމާތުތައް ހިމަނާފައި އެބަހުއްޓެވެ.

ކުއްޖާގެ މެޑިކަލް ރިޕޯޓްތަކުން ކުއްޖާ އަށް ޖިންސީ ގޯނާ ކޮށްފައި ހުރިކަން އެނގޭ ކަމަށް ޕީޖީ އިން ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުގައި ވެއެވެ.

ޖިންސީ ގޯނާގެ ބޮޑު ތުހުމަތެއް ކުރެވޭ ދެމީހަކު އާއްމުންގެ ތެރެއަށް ދޫކޮށްލާފައި ތިބި ސަބަބެއް ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. ކާލޯ

    ބިރުދައްކާ މީހުނަށް ފިޔަވަޅުއަޅާ ނޫނީމިކަމެއް ނުހުއްޓާނެ

    37
    1
  2. ކާލޯ

    ބިރުދައްކާމީހުން ހުއްޓުވާ

    27
  3. ޑހދޖޖޔ

    !!!!ދޮގު ހަބަރު ފެތުރުން ހުއްޓާ

    8
    37
    • ސްަ

      މި އެކަން ކުރިމީހާތަ އަނެއްކާ؟

  4. ޒަކަރިއްޔާ

    އިސްލާމީ ޝަރީއަތް ގާއިމުކޮއްބަލަ

    217
    6
    • ސަންތިމަރިޔަބު

      ﷲ ސުބްހާނަހޫ ވަތައާލާ އިންސާނުން މިދުނިޔޭގައި އާބާދުކުރަށްވާ އުޅެންވީ ގޮތަާއި އުޅެގެން ނުވާނެ ގޮތާއި ކުރަންވީ ކަންކަމާއި ކޮށްގެން ނުވާނެކަންކަން އަންގަވާފާއި ވާއިރު އެއަށް ފުރަގަސްދީ ތިމަތިމާ މެންނަކީ މާމޮޅުބަޔަކަށް ވެގެން ﷲ ސުބްހާނަހޫ ވަތައާލާ ގެ ސަރިއްޔާގެ މަށްޗަށް ގާނޫނުތަޢް ހަދާއި ހިންގަންވީމަ ނުވެނުދާނެ ހަތަރެތި ތިޔަވެނިމެނީ އަސާސީތައްލީމުގެ ފެންވަރުވެސް ނެތްމީހުން އިއްޒަތް ތެރިބިނާގެ ތެރެއަށްވަދެ އަމިއްލަޔަށް ތިމަތިމާމެންގެ ނަމުގެކުރިޔަށް “އިއްޒަތްތެރި” ލާގެން އުޅޭ އިރު ހިނާތާހިރު ވާންވެސް ނުމެއެގޭމެއެވެ. ޢިސްލާމީ ސަރިއްޔާ ހިންގަން މިވެރިން ބިރުގަންނަނީ ފަހެކީވެގެން ބާއޭ މި ކޮށި ސިކުޑިޔަކަށް ނުވިސްނުނެވެ. ކުރީން ވިދާޅުވީ ފަޑިޔާރުގެތައް އިސްލާހު ކޮއްގެންނޭ ތިކަންތަށް ވާނީ ދެންތޯ މަޝްހޫރު ދީނީ އިލްމްވެރިޔަކު ވިދާޅުވަނީ އިސްލާމީ ޝަރިއްޔާ ގާއިމުކުރުން ދިގުދަންމާލެވި ދާނެކަމަށެޗެ. މިހާރު ފަޑިޔާރު ގެތައް އިސްލާހުކުރުމާށް ކުރަންޖެހޭ އެންމެހާ ކަންކަން އިއްޒައްތެރި މަޖިލިހުން ކޮށްނިމިފާވާ ވާހަކަ ވިދާޅުވީ އެވިދާޅުވާ “އިއްޒަތްތެރި” މަޖިލީސްގެ އެންމެ އުސްގޮޑީގާއި ވެޑުވިގެން އިންނަވާ އިއްޒައްތެރިޔާއެވެ. އަދިވެސް ދިގުދަންމާލަންވީތޯ؟ ދެންވިދާޅުވާނީ ކީކޭބާއޭ ހިތައްއަރާ ދެންތޯ ދެން އުޒުރަކަށް ހައްދަވާނީ މިހާރު ފަޑިޔާރުގެތަކުގާއި އިސްލާމީޝަރިއްޔާ ދަންނަބޭފުޅަކުނެތޭ ތިކަމެއް ނުވާނެއޭ! މަހުޝަރު ދުވަހެވެ. ޢެދުވަހުގެ ބިރުވެރިކަމެވެ. ގައުމުގެ ވަލިއްޔުލްއަމްރު ގެ އިސްތަށިފުޅުގާއި އެޅިފާއި މިވާ ބޮޑު ޒިންމާ ﷲ އަމުރު ކުރަށްވާފައި ވާގޮތަށް ކުރެއްވުމަށް މަނިކުފާނަށް އިލްތިމާސް ކުރަމެވެ. މިއަޅާގެ ފެންވަރުން މިއަޅާގެ ބަސް އިއްވާއި ފީމުއެވެ އިނބަ އިލާހު ހެކިވެވޮޑިގެންފާދޭވެ. ޔާﷲ މިގައުމަކީ އިނބަ އިލާހު ހަތްއުޑުމަތިން ބާވާލަށްވާފާއިވާ އިނބައިލާހުގެ ކަލާންފުޅުގާއިވާ ގޮތައް އަމަލް ކުރާބަޔަކު ކަމުގާލަށްވާ ފާދޭވެ. އާމީން!

      24
      3
  5. މުޙައްމަދު މަނިކު

    ތި ބުނަނީ ރ. މަޑުއްވަރީ ބައެއްގެ ވާހަކަ. މަޑުއްވަރީ މީހުންނަކީ މީހުންނަށް މަރުގެ އިންޒާރު ދިނުމާއި ސައިޒަށްވުރެ ބޮޑަށް ފުއްޕުމުގައި އަރާތިބި ބައެއް. ތި ކައުޘަރުމެން އެތައް ދުވަހެއް ވަންދެން ބަންދުކޮށްފައި ބޭތިއްބިކަން ވެސް ދެނަހުރިން

    19
    3
  6. ޖ

    ސުބުހާނަﷲ މުޅިރާއްޖެ މިއޮތީހަލާކުވެފަ މިކަމައްފިޔަވަޅު ނާޅާ އަދިވެސް ކައުންސިލު ވޯޓުހޯދަން އެބަދުވޭ ތިބެ ގެން

    21
    1
    • ޗ

      ކަލެއަށްވެސް ފިޔަވަޅު އަޅަން ވެފަ

  7. އަމައްޔާއި

    ރ.މަޑުއްވަރީ ދެމީހުން ތީ. ވަރަށް ގޮތެއް ފޮތެއްނެތް ދެ ޖަނަވާރުން ހަމަ.

    26
  8. ބަކުރު

    ވަކީލުން ފައިސާ ނަގައިގެން ތިޔަ މީހުން ސަލާމަތް ކުރަން އުޅޭތީ މުޅި ގައުމުވެސް ލަދުގަނޭ.

    25
  9. Anonymous

    މިހާރު މިއޮތީ ޙާލަތު ބަދަލުވެފަ މީގެ ކުރިން އިންޑިޔާއިން މިކަހަލަ ކަމެއް ހިނގާއިރަށް މަލާމަތް ކޮށް ހަޑި ހުތުރުބަސް ބުނެހެދީ އެހެންވީމާ ދިމާކުރުމާ، ފުރައްސާރަ ކުރުމާ، އަދި ހުތުރު އެއްޗެތި ކިއުމުގެ ބަދަލުގާ މިފަދަ މުޑުދާރު ޢަމަލް ހިންގާ ފަތްތަކަށް މާތްﷲ ހެޔޮ ވިސްނުން ދެއްވައި ހުރިހާ މިހުންވެސް މިފަދަ ޢަމަލުތައް ކުރުމާ ދުރުހެލިކުރެއްވުންއެދި ހެޔޮދުޢާ ކުރަންވީ
    ވީމާ، މާތްﷲގެ އިރާދަފުޅުން އަހަރުމެން ހުރިހާ އެންމެންނަށްވެސް ހެޔޮ ވިސްނުން ދެއްވައި މިފަދަ ހަޑި މުޑުދާރު ޢަމަލުތަކާ އަހަރުމެން ދުރުކުރައްވައިފާންދޭވެ. އާމީން

    17
  10. ޙަސަން

    މަޑުއްވަރީން ތި ދެމީހުން ބާލަން ނުކެރިގެން އުޅެނީ ކީއްވެގެންނޯ؟ ހުސް އެއްކަހަލަ މީހުން ވިއްޔާ އެރަށުގައި އުޅެނީ. އެހެންވެގެން ނޫން ދެން ކޮންކަމެއް؟ ބާލަންވީ ހަމަ ރައްޔިތުން ނުކުމެ.

    17
    1
  11. އިބޫ

    ރަށުގެ ނަންވެސް ހާމަކޮށްލި ނަމަދޯ؟؟

    15
  12. އަޙްމަދު

    އަދިވެސް ކިތައް ރަށުގަ ކިތައް މީހުން ތިކަން ކުރަމުން ދާނެ އަދި ކޮށްފަ ހުންނާނެ، މިފަހަރު ވާނެ ތި އެންމެން ފަލީހަތް ކޮށް ހަރުކަށި އަދަބު ދޭން ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން

    19
  13. ލޮލާލޯ

    އަދިވެސް ކިޔާބަލަ ހަރުކަށްޓޭ އަނެއް ކަށްޓެކޭ. ބަލަ މީވެސް ނުވޭތަ ހަރުކަށި ފިކުރަކަށް ނޫނީ މިޔަށް ކިޔަނީ ޖަޒީރާ ވަންތަ މަޑުކަށި ފިކުރޭތަ

    18
    1
  14. ފުއާދު

    އިންޑިޔާ އާއި ރާއްޖެ ގާތް ކަން ވަރައްބޮޑައް އެބަ އިގޭ..

    16
  15. އެންދެރި

    އޮރިޔާން ސައިޓް ތަކަށް ދިރާގާ އުރީދޫ އިން ނުވަދެވޭ ގޮތް ހަދާ ދީބަލާށެވެ.

    30
    2
  16. ހުސޭނުބޭ

    ވަރަށް ރަގަޅު މި ނޫހުން ތިކުރާ މަސައްކަތް! އެފަދަ މީހުން ހަމަ ބޭޒާރުކޮށް އެހެން މީހުން އެމީހުންގެ ނުލަފާކަން ދެނެގަނެވޭނެގޮތް ހަދަންޖެހޭ!

    21
  17. މާހިރު

    ފުރަތަމަ ޕޮލިހުންނަށް ފިޔަވަޅު އަޅަން ގޮވާލަން

    17
  18. މެލޯ

    އިންޑީއާގެ އަވަށަކަށްވަނީ މިއޮއްގެން.

    13
  19. ޖޭޑަން

    އިސްލާމީ ޝަރީއާ ގެ މުހިއްމުކަން މިހާރު ހިތައް ނަަގައިގނޭ.. އެއީ އޮތް ހަަމައެކަނި ހައްލު.

    45
    1
    • ގޯސް

      ޝަރީއާގައި ކުޑަކުދީންނާ ބެހުމުން ނޫނީ އިނުމުން ދޭންވީ އަދަބެއް އޮވޭތަ؟ ބުނެދީބަލަ

  20. އަދުރޭ_09

    ޔާމީން ސަރުކާރުގަދޯ ދޫކޮށްލީ، ނުވާނެ ކަމަކަށް. ތިވެސް މިސަރުކާރުގަ ވެފައޮތް ކަމެއްނަމަ ޕީޕީއެމް، ޕީއެންސީ މީހުން ހީވާނީ ފަޔަށް ހިނިއަރައިގެން އުޅޭހެން، އަދި ވަގުތުވެސް.....

    23
    35
    • ޢަލިބެ

      އަދިވެސް ޔާމީނު ނޫން އެއްޗެއްނުކިޔޭދޯ.

      16
      3
  21. ޘުހޫ

    ޢެކަމުވެސް ރަށުތެރެޔަށް ދޫކޮއްލާފަ ދޯ

    24
  22. ާއަންހެން ދަރިއެއް

    ހަމަ އަންހެނުންނާއި ކުޑަ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ސަރުކާރަށް މުހިންމު ނޫނީ ތޯ؟ ޖިންސީ ގޯނާ ކުރާ މީހުންނަށް ޙައްގު އަދަބު ނުދެވިގެން މި އުޅެނީ މަތީ މަގާމު ތަކުގައި ޖިންސީ ގޯނާ ކުރާ މީހުންނަށް އެއްބާރުލުންދޭ ނުނީ އެކަންކަން ކުރާ މީހުން އުޅޭތީ އެވެ. ކުދިން ހަލާކު ވެގެން ދަނީ މިކަހަލަ ކަންތައްތަކަށް ކުއްޖާ ހާމަކުރެވޭތީ އެވެ. ކުށްތަކަށް އަރައިގަންނަ ގިނަ މީހުންގެ ހިސްޓްރީއަށް ބަލައިލާއިރު ކުޑަ އިރު އޮންނަނީ ކޮންމެސް ގޯނާ އެއް ކޮށްފައެވެ. ވަކި އަންހެން ކުދިންނެއް ނޫނެވެ. ފިރިހެން ކުދިން ވެސް ލިމެނެއެވެ.

    28
  23. އަޅެފަހެ

    އަދިވެސް ނުވޭ ދޯ އިސްލާމީ ޝަރީޢަތް ޤާއިމު ކުރާކަށް؟ ކިހާ ހިތާމަ ހުރި ކަމެއް މީ؟

    15
    1
  24. ރައްޔިތުން

    ފޮޓޯ ކޮބާ.. ޕީޑޮފައިލްސް ގެ ފޮޓޯ އެބަ ޖެހޭ ވީ އެންމެ އަވަހަކަށް އާންމު ކުރަން، ސަރުކާރުން ފިޔަވަޅު ނޭޅިއަސް، އާންމުން ނަށް ރައްކާތެރިކަން ހޯދޭނީ އޭރުން.

    10
  25. ނާއްޕެ

    އަދިމިޔައްވުރެންގޯސްވާނެ ކައުންސިލްތަކައްބާރުލިބުނީމަ

    10
  26. މާމިގިލީ މީހާ

    ފޮޓޯ ޖަހާބަލަ.

  27. އިބްރާހިމް

    މުސްކުޅިންނަށް ދައުލަތުންދޭ އުޖޫރަވެސް މިނުބައި އަމަލު ހިންގުމުގެ ބާރަކަާއްވޭ

  28. Anonymous

    އިސްލާމީ ޝަރީއަތް ގާއިމުކޮއްބަލަ

    12
  29. ލޫލޫ

    ޢޮރިޔާން ސައިޓުތަކަށް ނުވަދެވޭގޮތް ހަދާ!

  30. ތިމަންނަ

    "ޖިންސީ ގޯނާގެ ބޮޑު ތުހުމަތެއް ކުރެވޭ ދެމީހަކު އާއްމުންގެ ތެރެއަށް ދޫކޮށްލާފައި ތިބި ސަބަބެއް ސާފެއް ނުވެއެވެ". ސަބަބު ސާފު. ރަށުގައި މިކަން ދިރުވާ އާލާކުރުން

  31. އިންޑިއާ - ރާއޖެ

    ރާއްޖެ އެކޭ އިންޑިއާ އޭ އެކައްޗަކަށް ނު މި ވަނީ. ތިކަހަލަ މީހުން މުޖުތަމައު ގަ ތިބުން އެ ވަރަށް ބޮޑު ދެރައެއް ރައްޔިތުންނަށ. ޜަގަޅު ކުރޭ . 7 އަހަރު ކުއޖަކަށް އަނިޔާކޮށފަ އަދިވެސް ހެކި ގެއލުވަނ. ކުޑަ ކުދިނނަށް ލިބެމުނދާ އަނިޔާ މި ރާއްޖެ އިން ހުއޓުވާ.

  32. އެސޮރު

    ކުށް ކުރާ މީހުން މިނިވަން ކަންމަތީ އުޅުމުގެ ފުރުސަތު ދޭތީ މިގަައުމު މިދަނީ ހަލާކު ވަމުން.