ނޫސްވެރިކަމުގެ ދާއިރާގައި ތަޖުރިބާކާރު މަޝްހޫރު ހަތަރު ނޫސްވެރިޔަކު "ވަގުތު" އާއި ގުޅިއްޖެއެވެ.
"ވަގުތު" އާއި ގުޅިފައި ވަނީ ރާއްޖޭގެ ބޮޑެތި މީޑިއާތަކުގައި މީގެ ކުރިން އެތައް ހިދުމަތްތަކެއް ކުރި ފާހަގަކޮށްލެވޭ ނޫސްވެރިންތަކެކެވެ. އޭގެ ތެރޭގައި "ޓީވީއެމް"، "މިހާރު"، "ސަންގު ޓީވީ" ގައި މަސައްކަތް ކުރި ނޫސްވެރިން ހިމެނެ އެވެ.
ރާއްޖޭގައި މިވަގުތު އެންމެ ގިނަ ބަޔަކު ކިޔަމުން އަންނަ "ވަގުތު"އާ ގުޅިފައި ވަނީ ޓީވީއެމްގެ އެކި ޕްރޮގްރާމްތައް ޕްރެޒެންޓް ކުރުމުގައި އާންމުންގެ މަގުބޫލުކަން ހޯދި އިބްރާހިމް ޒިޔާއު އާއި "މިހާރު" ނޫހުގައި މަސައްކަތް ކުރި ނޫސްވެރިޔާ މުހައްމަދު ޔާމީނާއި، "ސީއެންއެމް" ގައި އެންމެ ފަހުން މަސައްކަތް ކުރި އާދަމް ނަޒީރާއި "ސަންގު ޓީވީ" ގައި މަސައްކަތް ކުރި ނަޒާހަތު އިބްރާހިމް ރަޝީދެވެ.
"ވަގުތު" އާ ގުޅުނު އިބްރާހިމް ޒިޔާއު 10 އަހަރަށް ވުރެ ގިނަ ދުވަހު "ޓީވީއެމް" ގައި މަސައްކަތް ކުރި އެވެ. ޔާމީނާއި ނަޒީރާއި ނަޒާހަތު ވަނީ އަށް އަހަރު ދުވަހު ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކޮށްފައެވެ.
މި ނޫސްވެރިންގެ ތެރެއިން ޔާމީން ވަނީ "ހަވީރު" ނޫހުގައި ތިން މަސް ދުވަހު މަސައްކަތްކޮށްފަ އެވެ. "ވަގުތު" އުފެދިގެން އައި އިރު ނޫސްވެރިއެއްގެ ގޮތުގައި ވެސް ޔާމީން ވަނީ މަސައްކަތް ކޮށްފައެވެ.
ނަޒީރު ނޫސްވެރިކަމުގެ ހަޔާތް އެންމެ ފުރަތަމަ ފެށީ "ޖަޒީރާ ޓީވީ" އިންނެވެ. އޭގެ ފަހުން "ސަން" އޮންލައިނާއި "ޕީއެސްއެމް" ގައި މަސައްކަތް ކުރިއެވެ. ނަޒާހަތު ވަނީ ސަންގު ޓީވީގެ އިތުރުން މިހާރު ހުއްޓާލާފައިވާ "ދިޓީވީ" ގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައެވެ.
"ވަގުތު"ގެ އޮފިޝަލަކު ވިދާޅުވީ އަލަށް ގުޅުނު ހަތަރު ނޫސްވެރިންގެ ސަބަބުން ވަގުތު މުޅިން އާ ހަރުފަތަކަށް ދާނެ ކަމަށެވެ. ހާއްސަކޮށް މިއީ ޕްރޮފެޝަނަލް ކަމާ އެކީގައި ޚަބަރު ފެތުރުމަށް ލިބޭނެ ބޮޑު ބާރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި "ވަގުތާ" ތަޖުރިބާކާރު ބަޔަކު ގުޅުމަކީ "ވަގުތަށް" ވެސް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.
ކުރިއެކޭ އެއްގޮތަށް ކުރިއަށް އޮތް ތަނުގައި "ވަގުތު" މަސައްކަތް ކުރާނީ ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު އަދި ތާޒާ ކަންމަތީގައި އާންމުންނާ ހަމައަށް ޚަބަރުތައް ފޯރުކޮށްދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މަޤުޞަދަކީ ޕްރޮފެޝަނަލް ކަމާ އެކީގައި މަސައްކަތް ކުރުން. މިއީ ރާއްޖޭގެ އެންމެ ގިނަ މީހުން ވަންނަ ވެބްސައިޓްކަން ދަނެގެން، އާންމުންގެ އިތުބާރު މިހާރަށް ވުރެ ބޮޑަށް ހޯދުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ އަމާޒު، އެ އަމާޒަށް ވާސިލްވެވޭނެ މި ނޫސްވެރިންނާ އެކީ،" އޮފިޝަލް ވިދާޅުވި އެވެ.
"ވަގުތު" އަކީ ރާއްޖޭގެ އެންމެ ގިނަ މީހުން ޒިޔާރަތްކުރާ ދިވެހި ވެބްސައިޓެވެ. "ވަގުތު" އަށް ދުވާލަކު ދޮޅު ލައްކައަށްވުރެ ގިނަ މީހުން ޒިޔާރަތް ކުރެއެވެ.
ވަގުތު ނޫސް ކިޔާ މީހުން މިއަށްވުރެ އިތުރު ކުރަން ބޭނުންނަމަ ލިޔާ ލިޔުންތަކުގައި ކުން މަދުކޮށް ދިވެހި ބަހުގެ ގަވާއިދަށް ލިޔުމަށް ސަމާލުކަން ދޭންޖެހޭ ދިވެހިބަހުގައި ސްކުން ކުރެވެނީ { އާސީނުތަށި } އ ސ ނ ތ ށ މިއަކުރުތަކުގައި.....
މަދުކުރަންވީ "ކުން" އެއްނޫން، "ކުށް".
އެދުރުބެ އަތަށް ގޮވީ!
??
ޢެދުރުބެ ވިދާލުވިހެން ދިވެޚި ބަހުގެ ހަމަތަކާއި ޢުށޫލުތަކާއި އެށްގޮތަށް ތިކިޖެހި ތާނައާއި ސުކުން ކުރެވޭ އަކުރުތަކައް ވިސްނައިގެން ހަބަރުތަށް ގެނެސްދޭންވީ. . ޥީހާވެސް ކުން މަދުކޮއް ހަބަރުތަށް ލިޔެވޭތޯ ބަލުއްވަންވީ.. ??
"..ދިވެހި ބަހުގައި 'ސްކުން' ކުރެވެނީ.." އެއްނޫން، 'ސުކުން' ކުރެވެނީ...
ބަހުގެ "ޤަވަޢިދު" ގައިި އެއްޖުމުލަ އާއި އަނެއް ޖުމުލަ ވަކިކުރުމަށް، ކޮންމެ ޖުމުލައެއް ނިމުމުން "ފުލްސްޓޮޕް (.) ބޭނުންކުރަން ޖެހޭނެ.
މަރުޚަބާ މަރުޚަބާ 4 ނޫސްވެރިންނަށްވެސް.
"ވަގުތު" ނޫހަކީ އަޅުގަނޑު ވަރަށް ކުރިއްސުރެ ޚާއްސަކަމެއް ދެވިފައިވާ ނޫހެއް. ސަބަބަކީ ވަކިފަރާތަކަށް ނުޖެހި މިނިވަން ކަމާއެކު ޚަބަރުތައް ގެނެސްދޜކަން. ގަނެލެވިފައިވާ ނޫހަކަށް ނުވާކަން. ޚަބަރުތައް ވަގުތުން ވަގުތައް ގެނެސްދެއްވަމުން ގެންދަވާކަން. އެއްގޮތަކުން ވެސް ނުވަންނަ، ބަލަން ބޭނުންނުވާ ނޫހެއް ދިވެހި ނޫސްތަކުގެ ތެރޭގައި އެބަ ހިމެނޭ. އެއީ އިތުބާރު ގެއްލިފައިވާ، އަޅުވެތި ވެފައިވާ، މޫނުމަތި ހުތުރު ވެފައިވާ ނޫހެއް. ވަގުތުގެ ކުދިންނަށް ތަޢްރީފު ޙައްޤު. އެއީ، ނުވިކި ދެމިއޮންނަ ކަމަށް ޓަކާ.
ނޫސްތަަކާއި ލިޔުންތައް ޕަބްލިޝްކުރުމުގެ ކުރިން ކުށްތައް ޗެކް ކުރާނެއް ކުއްޖަކުވެސް ހޯދާލާ،
އަނެންހެން ވަގުތު ބަރާބަރު
އަންނި ފޮނުވި ފަންޏެއް ނޫންތަ
ދުނިޔެމަތިން ފެންނަ ކޮންމެ ކުލަޔަކީ ރީތިވާނެ ކުލައެއް ނޫން. ހަމަ އެގޮތަށް ޕަރފެކްޓް ޖޮބެއްވެސް ނުހުންނާނެ...
ވަގުތުނޫހާއި ގުޅިވަޑައި ގެންނެވި ބޭފުޅުންނަށް
ވ.މަރްޙަބާއާ ޝުކުރު ދަންނަވަން. އާހަރުފަތަކަށް ވަގުތުނޫސް ގެންގޮސް ދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ކިއުންތެރިންނަށް އެބައޮތް. ވ.އަޕްޑޭޓް ނޫހެއް. ކިއުންތެރިންގެ ހިތުގައިވާ އިޙްސާސްތައް ބަންޑުން ކޮށްލަން ހަމައެކަނި ފުރުޞަތު .ލިބިދޭނޫސް އެކިފަރާތްތަކުގެ ގޮންޖެހުން ތަކާއިއެކު ވެސް ހިތްވަރު ދޫކޮށްނުލާ ކިއުންތެރިން އެދޭފަދަ އަވަހަށް ޚަބަރު ގެނެސް ދެއްވާފައިވާތީ ވަގުތު ނޫހަށް އައްސަރި ބަހުން ސާބަސް ދަންނަވަން. ވ. ޅަފަތުގެ ނޫހެއް ދުވަސްވީ ތަޖްރިބާކާރުން ނޫސްތަކަށް ގޮންޖަހާލައިފައި ކުރިއަރާ ދަނީ މާޝާﷲ .
ވަގުތުނޫހަށް އަދިވެސް އިތުރު ކުރިއެރުމާއި ކާމިޔާބަށް އެދެން.
ވަގުތު ނޫހުގެ މެނޭޖްމަންޓަށް ސުކުރު ދަންނަވަމެވެ ވަގުތު
ނޫހަކީ ހަމަހަމަކަމާއި އިންސާފުވެރިކަމާއިއެކު ބިނާހުރަނިވި
މަޒުމޫންތަކާއި ޚަބަރުތައް ތާޒާކަމާއިއެކު ރައްޔިތުންނަށް ފޯރު
ކޮށްދިނުގެ ބުރަމަސައްކަތް ކުރަމުން އަންނަ ނޫހެކެވެ.
ރާއްޖޭގައި އޮންނަ ސަރުކާރުތަކުން ހިންގާ ކޮރަޕްޝަންގެ
ކަންކަމާއި މުޖުތަމަޢުގައި ހިނގާ އެކިއެކި ކުށްތަކުގެ ޚަބަރު
ތަކާއި ސިޔާސީ މުޑުދާރު ފަރާތްތަކުން ހަދާ މަކަރާއި ހީލަތް
ފެންމަތި ކޮށްދިނުމުގައި ވަގުތު ނޫހުގެ ދައުރު ވަރަށްބޮޑެވެ
އަދި ޚާއްސަކޮށް، މިހާރު ވެރިކަމުގައޮތް މޑޕގެ ހީލަތްތެރި
ދަންތުރަތަކުން ސަލާމަތްވުމަށް ރައްޔިތުންނަށް އެހީތެރިކަން
ދޭ އެންމެ އިތުބާރުކުރެވޭ ނޫހަކީވެސް ވަގުތު ނޫހެވެ.
ހާދަ ހަބޭ ހޭ ދޯ "ވަގުތު" މަރުހަބާ މަރުހަބާ އަލަށްގުނޅު ނު 4 ނޫސްވެރީން ވެސް ވަރަށް ތެދުވެރި ކަމާއެކު ވަކިކޮޅަކަށް ނުޖެހި ހިތްވަރާއި ޖޯޝްގައި މަސައްކަތް ކުރާނެކަ މަށް އުންމީދުކުރަންމެވެ.
ޔާމީން ހޮަޕް ހޮޕް...މިހާރު ފެއިލް..! ވަގުތު ބަރާބަރު
ތިކޮމެންޓުވެސް ހީވަނީ ވަގުތުގެ (ވަކިކޮޅަކަށް ނުޖެހި ގެނެސްދޭ) ޚަބަރެއްގެ ސުރުޚީއެއްހެން... މަ ހަމަ މި އަތްޖަހަނީ...
"ވަގުތު ޓީވީ" ޗެނަލްއެއް ހަދައި ދީބަލަ!
ހަދާލަބަލަ
"މަސް ދުވާނީ ފެން އޮތް ތާކަށް.."
ވަރަށް ރަގަނޅު ނިންމުމެއް. އަބަދުވެސް އެންމެ ހިތްހަމަ ޖެހެނީ ވަގުތުނޫސް ކިޔާލެވުނީމަ.
މަރުހަބާ ވަގުތު ނޫހާ ގުޅުނު ކުދިންނަށް
ވަހުށީ ވާހަކަތައް ނުލިޔެ އަދި އެއީ މުޖުތަމައުގަ ހިނގަމުންދާ ކަމަކަށް ވިޔަސް އަކުރުން އަކުރަށް ޑިޓެއިލްސްނުލިޔެ ޒިންމާދާރު ނޫސްވެރިކަމެއް ކުރާނެކަމަށް އުންމީދުކުރަން.ނޫސްތައް ކިޔާއުޅެނީކީހުސް 18 އަހަރުން މަތީމީހުންނެއްނޫން.އެހެންވީމާ ލިޔުންތައްވެސް މުޖުތަމައުގެ އަދަބާ އަހުލާގަށް ފެތިގެން އަންނާނެކަމަށް ހީކުރަން.އަލަށް ގުޅުނު ކުދިންނަށް މަރުގަބާ.
މަރުޙަބާ. ހަމަ ހަގީގަތުގައިވެސް ވަގުތު ނޫހަކީ އެންމެ ގިނަބަޔަކު ކިޔާ ނޫސް. ވަގުތުން އެންމެ އިސްކަމެއް ދޭން ޖެހޭ ކަމަކީ ޚަބަރު ތަކުގައި ކުށް މަދުކުރުން. ތިޔަ ގުޅުނީ ވަރަށް ރަގަޅު ޓީމެއް.