އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ އީސީގެ މެންބަރު ކަމުގެ މަގާމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލީ، އެ ކޮމިޝަންގެ މެންބަރެއްގެ މެންބަރު ކަމުގެ މުއްދަތު އަންނަ މާޗު މަހުގެ 23 ވަނަ ދުވަހު ހަމަވާތީއެވެ. އެ ތާރީހުގައި ދައުރު ހަމަވާ މެންބަރަކީ އެ ކޮމިޝަންގެ ނާއިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި އަހުމަދު އަކްރަމެވެ.

އަކްރަމް އިލެކްޝަންސްގެ މެންބަރު ކަމަށް އައްޔަން ކުރެއްވީ 2015ވަނަ އަހަރުގެ ތެރޭގައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އީސީގެ މެންބަރު ކަމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލީ މިއަދުން ފެށިގެން މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ނިޔަލަށެވެ. އެ ކަމަށް އެދި ހުށަހަޅަން ޖެހޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެ އެވެ. އަދި އެ އޮފީހުގެ ވެބްސައިޓުން ޑައުންލޯންޑް ކުރެވެން ހުންނާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒީނިޔާ

    އަނެކާވެސް ރައީސް އޮފީސް ގެ މިނިސްޓަރ (އެމް.ޑީ.ޕީ ގެ ނައިބް) ގެ ކޮއްކޮ ގެ ނަން ފޮނުވަންވީނުންތޯ! ހަމަ ލަށްވާލަފާނެނޫންތޯ! މެލޭސިޔާގައި އެންޓި ކޮރަޕްސަން ކޮމިސަން ގެ ބޮޑު ދަތުރުފުލުގައިވެސް އުލުއްވީނުންތޯ! ސުކުރިއްޔާ

  2. ބޭރުމީހާ

    އާމެންބަރުން ހޮޑަޏޭ ހޯދާނެ ކަމެއް ނެތެވެ. އިންޑިޔާއިން ދިން ރުފިޔާގަނޑުން އެންމެ ބޮޑުބަޔެއްދީގެން ބޭނުންވާގިތަށް ވޯޓު ބަދަލުކޮށްދިން ޝަރީފުއަކާއި އަނެއްމީހަކާއި ތިޔަތިބީއެވެ. ދެންހުރި އަނގައި ދެބްސްއެއްކޮށް ކިޔަން ނޭނގޭމީހާ އެހެރީ ލާފައެވެ.