ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނުން، ރާއްޖޭގެ ކަނޑުތަކުގެ ދުޅަހެޔޮކަމުގެ ހާލަތު ދެނެގަތުމުގެ ގޮތުން ކުރާ ދިރާސާގެ ދަށުން ރާއްޖޭގެ އުތުރުގެ ކަނޑުތައް ދިރާސާކޮށް ނިންމާލައިފިއެވެ.

ރާއްޖޭގެ ކަނޑުތައް ދިރާސާ ކުރަން ފަށާފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.

މި ސާވޭގައި ރާއްޖޭގެ ކަނޑުގައި އުޅެމުން އަންނަ މަސްމަހާމެހީގެ އިތުރުން މުރަކައިގެ ދިރުންތަކަށް އަންނަ ބަދަލުތައް ފާހަގަކޮށްފައި ވެެެވެ.

މި ސާވޭ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ކުރިއަށް ގެންދާގޮތައް ވެސް ވަނީ ނިންމާފައެވެ.

ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ ކަނޑާއި ފަރުތަކުގެ ދިރާސާކުރުމަށް ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނުގެ އިތުރުން މެރިން ރިސާޗް އިންޓިޓިއުޓާއި ރާއްޖޭގެ ބައެެއް ޖަމިއްޔާތަކުގެ ޑައިވަރުން ހިމެނޭ ގޮތަށް ވަނީ 48 ޑައިވް ކޮށްފަ އެވެ. އެގޮތުން މިހާތަނަށް ވަނީ އުތުރުގެ 8 އަތޮޅުގައި މި ސާވޭ ކުރިއަށް ގެންގޮސްފަ އެވެ.

ރާއްޖޭގެ ކަނޑުތަކުގެ ދުޅަހެޔޮކަމުގެ ޙާލަތު ދެނެގަތުމުގެ ގޮތުން ރާއްޖޭގެ ކަނޑުފަޅުތަކުގައި މި ދިރާސާ ކުރުމުގެ ބޭނުމަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގާނީ ކަނޑުފަޅުގެ މާހައުލާއި، އެ މާހައުލުގެ ދިރުންތަކަށް ބުރޫ ނާރާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާ އެކުގައިކަން ކަށަވަރު ކުރުމެވެ.

މި ދިރާސާގައި އެއްކުރެވޭ މައުލޫމާތު ރާއްޖޭގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމުގެ އިތުރުން ރާއްޖޭގެ ކަނޑުތަކުގެ ދިރުންތައް ރައްކާތެރިކުރުމަށް ސިޔާސަތު ކަނޑައެޅުމުގައި ބޭނުން ކުރެވޭނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޯކިބާ

    ހަފްތާއެއްގެތެރޭ ރާއްޖޭގެ އުތުރު ދިރާސާކޮށް ނިމިއްޖެ.؟ކަނޑުމަގުން އުތުރުގެ އެއްކޮޅުން އަނެއްކޮޅަށް ދަތުރަށް އެކަނިވެސް ނަގާނެ ދެތިންދުވަސް.

  2. ޒާ

    ހާދަ ކުޅަދާނައޭ އެންމެ 6 ދުވަހުން ނިންމާލީ

  3. ޙޚޏޛ

    ތީވެސް ރައްޔެތުންގެ ފައިސާ ވަގައް ނަގަން ރައްޔެތުން ލޮލުގަ އަޅުވާ އަނދުނެއް..ކިތަން މިލިޔަނައް ކުރާ ކަމެއް ބާ؟؟؟؟