”އެޖެންޑާ 19 ރަށަށް"ގެ ނަމުގައި އެމްޑީޕީން ކުރިއަށްގެންދާ ކެމްޕޭންތައް އަންނަ ބުރާސްފަތި ދުވަހު ފަށާއިރު، ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

އެމްޑީީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވީ، މުޅި ރާއްޖޭގައި ހިންގަން ނިންމާފައިވާ އެމްޑީޕީގެ ކެމްޕޭން ހަރަކާތުގައި ބައިވެރިވުމަށް މާލެއިން އެ ޕާޓީގެ ކެމްޕޭން ޓީމެއް ކޮންމެ އަތޮޅަކަށް ދަތުރު ކުރާނެ ކަމަށެވެ. އަދި މި ދަތުރުގެ ތެރެއިން ދޮރުން ދޮރަށް ހިނގާނެ ކަމަށްވެސް ޝިފާޒް ވިދާޅުވިއެވެ.

ޝިއްޕެ ވިދާޅުވީ، މި ވޯކްޝޮޕް ކުރިއަށް ދާނީ އަތޮޅެއްގެ ކޮންމެ ވެސް އެއް ރަށެއްގައި ކަމަށާއި، ވޯކްޝޮޕް އޮންނާނީ ހޮނިހިރު ދުވަހު ކަމަށެވެ. އޭނާ ވިދާޅުވީ، އެ ވޯކްޝޮޕްގައި އޮންނަނީ ކައުންސިލް އިންތިހާބަށް ވަކިވަކި ރަށްރަށަށް އެމްޑީޕީން ވާނެ މަޝްރޫއުތަކުގެ ވައުދުތައް ކަނޑައެޅުުން ކަމަށެވެ.

އެ ވޯކްޝޮޕް ކުރިއަށްދާނީ އެ ދުވެހު ހެނދުނު 10:00 އިން ފެށިގެން ހަވީރު 5:00 އަށެވެ.

އެމްޑީޕީން މިދިޔަ ހަފްތާ ތެރޭގައި ވަނީ ހދ. ކުޅުދުއްފުށި ސިޓީގައި ވެސް މިފަދަ ވޯކްޝޮޕެއް ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މޭން

    ކިތަންމެ ކެމްޕޭނެއް ކުރިޔަސް މާތްﷲ ގެ އިރާދަފުޅުން އެމްޑީޕީ އަށް ބޮޑު ނާކާމިޔާބެއް ލިބޭނީ. އެއީ އަހަރުމެންގެ ދުޢާ އަކީ ވެސް.

    10
    1
  2. Anonymous

    ރައީސް ޢަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމް ޖަލަށް ލައިގެން ޅ. ހިންނަވަރު އިބްރާހިމް މުހައްމަދު ސޯލިހު ތާ އަބަދު ބަންޑާރަ ބާލިހުގައި ބަގުޑި ބައްދައިގެން ހުރެވޭނެ ކަމަށް އުއްމީދު ނުކުރައްޗޭ

    4
    3
  3. ދިވެހިމިީހަާ

    އެޖެންޑާ19 ދެކެ ލޯބިވަނީ ބިރު ފަނަ އަޅަން ބޭނުންވާ މީހުން އެވެރިންނަށް ހުރަހަކަށްވަނީ މީސްތަކުން ﷲ ދެކެ ބިރުވެތި ވުން ކަމަށްވާތީ 1 ދީނަށް ފުރަށްސާރަކުރުން 2ތުންދިގު ފުޅި ބުއިން 3 ވަހުޝީވެ ވަލު ޖަނަވާރުންނާ އެއްގޮތަށް އުޅުން މީ އަސްލު ހަގީގަތް ހިތާމަޔަކީ ދިވެހިން އެގިތިބެވެސް އެމީހުންނަށް ތާއީދު ކުރާތީ ދިވެއްސެއްގެ ހައިސިއްޔަތުން އެންމެހާދިވެހިންނަށް ﷲ ދެކެ ބިރުވެތި ވުމަށް ނަސޭހަތްތެރިވަން .ހުރިހާ ހެޔޮކަމެއް ލަށްވާ ފައިވަނީ އިސްލާމްދީނުގައި

  4. ޗާލު

    ސަރުކާރުންވި ވައުދު ނުފުއްދިގެން އުޅޭއިރު، ކައުންސިލަރުންގެ ވައުދު ފުއްދާނެ ގޮތެއް ނޭނގޭ. އަހަރެއްވެ ނިމުނުއިރު ބަޖެޓަކު ފައިސާއެއްނެތް ކުރެވުނު ތަރައްގީއެއްނެތް. ދަރަނި މަތިމައްޗަށް.