މަސްތުވާތަކެއްޗާއެކު ނ. މާޅެންދޫއިން ހައްޔަރުކުރި، އެ ރަށު ސްކޫލްގެ ޕްރިންސިޕަލް ދޫކޮށްލައިފިއެވެ.

އޭނާ ދޫކޮށްލާފައި ވަނީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް، ނ. އަތޮޅު ހެނބަދޫ ކޯޓަށް ގެންދިއުމުންނެވެ. އޭނާ ހައްޔަރުކޮށް، ހަތް ދުވަހަށް ބަންދުކުރަން ނިންމީ، ނ.ލަންދޫ ކޯޓުންނެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ، ޖެނުއަރީ 14 ވަނަ ދުވަހުގެ މެންދުރެއް ހާއިރު، ފަސް ގްރާމް މަސްތުވާތަކެއްޗާއެކުގައެވެ.

އޭނާ ހައްޔަރު ކުރީ ލޯންޗަކުން އެރަށަށް ގެންދިޔަ ކޮތަޅެއް ހިފައިގެން ދަނިކޮށެވެ. އޭނާގެ ނަން ޖަހާފައި ހުރި ކޮތަޅު ހިފައިގެން ދަނިކޮށް އޭނާ ހުއްޓުވާ ބެލިއިރު، އޭގެން ވަނީ މަސްތުވާތަކެތި ފެނިފައެވެ. އޭނާގެ އަތުން ފެނުނު ކޮތަޅުން ފަސް ގްރާމްގެ މަސްތުވާތަކެތި ހުއްޓެވެ.

އޭނާއަކީ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން މާޅެންދޫގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެކަކެވެ. އޭގެ އިތުރުން، އޭނާގެ ހަގުއަނބިކަބަލުން އިންތިހާބުގައި ވާދަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    ވަގުތު އާޓިކަލްގެ އެންމެ ފަހު ޕެރެގްރާފް ކިޔާލީމަ ވަރަށް ސާފު ކީއްވެކަން އޭނަ އެ ދޫކޮށްލީ

    20
  2. ގެމަ

    ވެލްޑަން މޯލްޑިވްސް ޕޮލިސް ސާވިސެސް! ގްރޭޓް ޖޮބް! ވަންޑޭ ބްރިންގް އެންޑް ނެކްސްޓްޑޭ ރިލީޒް. ތިޔަކުރާ މަސައްކަތަށް އެވޯޑެއް ދޭވަރުވޭ! މަސްތުވާ ތަކެތި ރާއްޖޭން ކީއްކުރަން މުޅި ދުނިޔެއިން ވެސް ފުހެވޭނެ ތިގޮތައް މަސައްކަތް ކުރާނަމަ!

    17
  3. މުހައްމަދު

    ސާބަހޭ! ނޫނޭވާ ކުޅިއެބަހުރި ވަގުންތައް ކޮޅުކޮޅުގަ ވައްކަން ކުރަން މަގުފަހިކުރުމުގަ މަސްތުވުމުގަ، ޒިނޭކުރުމުގަ، ބަދުއަޚްލާގީ އަމަލުތައް ހިންގުމުގަ، ވައްކަމާއި ފޭރުމުގަ، ކުޑަކުދިންނަށް ޖިންސީގޯނާކުރު މުގަ، ދޮގުހެދުމާއި ، ލާދީނީ ހަރަކާތްހިންގުމުގަ، ކުއްވެރިން ފޮރުވުމާއި ، ރައްޔިތުންނަށް އިސްލާމް ދީނުން ބޭރުވުމަށް ހިތްވަރުދިނުމުގަ ހަމަސާބަސް ޖަޒީރާޔާ އެޖެންޑާ 19ގެ މުޑުދާރު ސަރުކާރު ގެ ބަރަވެލި އަހުލުވެރިންނަށް އަދި މި ބަލާޔާ މުސީބާތް ގެނުވި ހުރިހާ ޚިޔާނަތް ތެރިންނަށްވެސް މިގައުމުގެ ދުވަސް ދުއްވާލައިފި ނުވިތާކަށް އަދިވެސް މުޅިގައުމު އެކިމީހުންގެނަމުގަ ލޫޓުވަމުން އެތިބަގެންދަނީ ލަދެއް ހަޔާތެއްނެތި ސުބްހާނަﷲ ހުރި ހިތާމައެއްގެ ބޮޑުކަމާ!

    15
  4. Anonymous

    މަތީގަޑިން ޖަހަންދެން ވަގުތު އޮންނާނީ ލާދީނީ ބައިގަޑާ . މުޅި ޤައުމު ސުންނާފަތިކޮށްލީއޭ ހަލާކުވެފަ އޮތްތަނެއް އިތުރަށް ހަލާކު

  5. ޢަހަރެން

    ޢެއީއެއްނު ވާވަރަކީ...
    ޙީވަނީ ހައްތަހާވެސް އެކަހަލަ ކަންކަމަށް ހިތްވަރުދޭން އުޅޭހެން...
    ބަލަ ކީއްވެހޭ އެއްދުވަހު ހައްޔަރުކޮށްފަ އަނެއްދުވަހު، އެކަހަލަ ނުބައި ޝައިތާނުން ތިޔަ ދޫކޮށްލަނީ!!! ނިކަން ޖަވާބެއް ދީބަލަ!!!!?...
    ތިޔަ އުޅެނީ މި މުޖުތަމަޢު އިހުނަށްވުރެ ފަސާދަކުރަން..

    6
    1
  6. ރަހުމަ

    މަސްތުވާތަކެއްޗާއެކު. އަތުލި. ޕުރިމްސިޕަލް. ދޫކުރިމީހާ. އަމަލްކުރަނީ. . ވެއްޓުނު. ގާނޫނަކައްތަ.އެހެން ކަންތަށްކުރާމީހުން. އުމުރުދުވަހު. ޖަލުގަބާއްވާބަލަ.

    2
    1
  7. ކެޗް އެންޑް ރިލީޒް...

    ގްރޭޓް ޖޮބް! ވަންޑޭ ބްރިންގް އެންޑް ނެކްސްޓްޑޭ ރިލީޒް! ތިޔަކުރާ މަސައްކަތަށް އެވޯޑެއް ދޭވަރުވޭ!

  8. ށީރު

    މިކަހަލަ ގައުމުތަކުގަ އެހެން ވެދާނެ. މިގައުމުގެ ގާނޫނު ހެދެނީ ހައްޔަރު ކުރެވޭ މީހާގެ މަސްލަހަތައް. ދެން އެންމެ ފުރަތަމަ އިވޭނީ " އިސްލާހުކުރި ގާނޫނުގައި 10 ގްރާމް ހަމަނުވާ މަސްތުވާތަކެތި ފެނުނަސް ކުއްވެރި ނުވާނެ"
    މިއާފާތަކީ މިތަނުގެވެރިން އެދިގެން ތިބެ ފަގީރުން ހަލާކުކުރަން ކުރާކަމެއް