ރައީސް ޔާމީން ސަރުކާރުގެ ދެވަނަ ނައިބު ރައީސް، އަޙްމަދު އަދީބު، ކުރާ ދައުވާއެއްގެ ޝަރީއަތް މާދަމާ ބާއްވަން ތާވަލުކޮށްފިއެވެ..

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ވަނީ ވަނީ އަދީބުގެ މައްޗަށް ހަތް ދައުވާއެއްކޮށް ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ. މި ދައުވާތަކަކީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދައުވާއެއްގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެކެވެ.

މި ހަތް ދައުވާއަކީވެސް، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އުފުލާފައިވާ ދައުވާތަކެކެވެ.

މީގެ ތެރެއިން ފަށަން ތައްޔާރުވެފައި ވަނީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދައުވާއެއްގެ ޝަރީއަތެވެ. އެ ޝަރީއަތް މާދަމާ 14:00ގައި ފަށާނެކަމަށް ޝެޑިއުލްގައި ބުނެފައި ވެެއެވެ.

ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަތަކުގެ ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލީނޯ

    ރާއްޖޭގެ ތާރީޚަށް ބަލާލާއިރު ޒުވާން ލީޑަރުން ތިބީ ފިތިފައި ފިއްތާފައި. އަދީބަށްވެސް އެހުރީ އެހެން ހަދާފައި.

    1
    3
  2. ރެކޭ

    ސަރުކާރަށް ޕްރެސަރު ބޮޑުވީމާ ރައްޔަތުން ލޮލިގެ އަނދުނެއް އަޅުވާލަނީ ދޯ