ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ އާ ގުޅުން ހުރި މައްސަލަތައް އަވަހަށް ނިންމުމަށް ފަނޑިޔާރުން ތާއިދުކުރާކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވިދާޅުވެއްޖެއެވެ.

ޖޭއެސްސީން މިގޮތަށް ވިދާޅުވެފައި ވަނީ ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ ފަރާތްތަކާއި ގުޅޭގޮތުން ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތަކުގައި ކޯޓުތަކުން އަވަސް ކުރުމާއި އެފަދަ މައްސަލަތައް ކޯޓުތަކުގައި ލަސްވުމަށް މެދުވެރިވާ ސަބަބުއް ބެލުމަށް،ކޯޓުތަކުގެ އިސްފަނޑިޔާރުންނާއެކު ރޭ ބޭއްވި ބައްދަލުވުމާއި ގުޅޭ މައުލޫމާތު ދެއްވަމުންނެވެ.

އެ ބައްދަލުވުމުގައި ކޯޓުތަކަށް މިފަދަ މައްސަލަތައް ހުށަހެޅިފައިވާ އަދަދާއި، މައްސަލަތައް ނުނިމި ހުރި އަދަދުގެ އިތުރުން، އެ މައްސަލަ ނުނިމި ހުރި ސަބަބުތަކާއި ގުޅޭގޮތުން މައުލޫމާތު ސާފުކޮށްފައި ވެއެވެ.

ޖޭއެސްސީން ވިދާޅުވީ، މައްސަލަތައް އަވަސްވާނެ ފަދަ ގޮތަކަށް އިންތިޒާމް ހަމަޖެއްސުމަށްޓަކައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ގުޅޭގޮތުން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ބްލޮކް ޓްރައިލްސް ނިމާޒެއްގެ ތެރެއިން ބަލަން ފެށޭނެ ނިޒާމެއް ޝަރުއީ ދާއިރާގެ ތެރޭގައި ގާއިމު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިކަންކުރުމަށް ކޯޓުތަކުގެ އިސް ފަނޑިޔާރުންނާ އިދާރީ ވެރިން އެއްބާރުލުންދެއްވާ ހާއްސަ ސަމާލުކަމެއްދީ، މަރުހަބާ ކިޔުނު ކަމަށާއި، އެހެންކަމުން މިއީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ގުޅޭގޮތުން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް އަވަސް ކުރުމަށް އެ ކޮމިޝަނަށް ލިބުނު ބާރެއް ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަނަމަނަ

    ފަޑިޔާރުންވެސް ވަޒީފާގަތިބެން ބޭނުމިއްޔާ ޖެހޭނީތިހުރިހާކަމަކައް އެއްބަސްވާން