ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރެނު އާދަޔާ ހިލާފު އަމުރު ތަންފީޒްކޮށް ދިނުމަށް އެދި އިދިކޮޅު ފަރާތްތަކުން ފުލުސް އޮފީހަށް ދިއުމަށް ނިންމައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ރާއްޖެ އެމްވީއަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ 1 ފެބްރުއަރީގެ އަމުރު ތަންފީޒް ކޮށްދިނުމަށް އެދި ގުޅިފައިވާ ޕާޓީތަކުން މިއަދު ފުލުހުންނާ ބައްދަލު ކުރުމަށް ފުލުސް އޮފީހަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފުލުހުންނާއި ބައްދަލުކުރުމަށް އެދި ފުލުސް އޮފީހަށް ދިއުމަށް ހަމަޖެހިފައިވަނީ މިއަދު 11 ޖަހާއިރު ކަމަށާއި އެބައްދަލުވުމަށް ޕާޓީތަކުގެ އިސްބައެއް ބޭފުޅުންނާއި ގުޅިފައިވާ ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ސަމީރު ވިދާޅުވިއެވެ.

މަޖިލިސްގެ ގޮނޑި ގެއްލިފައިވާ ކަމަށް ހުކުމްކޮށްފައިވާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށާއި އެކި ސިޔާސީ ދައުވާ އުފުލައި ޖަލު ހުކުމްކޮށްފައިވާ ހުރިހާ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ސްޕްރީމު ކޯޓުން ކުރި އަމުރު ތަންފީޒު ކުރަން ޖެހޭ ތަނެއް މިހާރު ނެތް ކަމަށް ބުނެ ސްޕްރީމް ކޯޓުން އެ އަމުރު މި ދިޔަ މަހު 18 ވަނަ ދުވަހު ސްޕްރީމު ކޯޓުން ވަނީ ބާތިލު ކޮށްފައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓުން ފަހުން ކުރި ޙުކުމް ބަލައެއް ނުގަނެއެވެ. އިދިކޮޅު ފަރާތްތަކުން ބޯލަނބަނީ ހަމައެކަނި ފެބްރުއަރީ 01 ވަނަ ދުވަހު ކުރި އަމުރެވެ.

މިހާރު ފުލުހުންގެ ތަޙްޤީޤަށް ކަށަވަރުވެފައިވާ ގޮތުގައި ފެބްރުއަރީ 01 ގެ އަމުރަކީ އިދިކޮޅު ފަރާތްތަކުން ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ނެރުނު އަމުރެކެވެ. އެއަމުރު ނެރުމުގެ މަޤުޞަދަކަށް އޮތީ ސަރުކާރު ވައްޓާލުމެވެ.

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުލަތުން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ސަރުކާރު ވައްޓާލަން އުޅުމާއި ނިރުބަވެރި ކަމުގެ ދައުވާއާއި ރިޝްވަތު ދިނުމުގެ ދައުވާވެސް އުފުލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙޮއްކޮ

    ސަމީރު ނުގޮސް ގެން ޕޮލިހުން އެތިބީ ތަންފޯޒުނުކުރެވިފަ

    • ެސެލްފިޝް ބައިގަނޑު ތީ

      ގައުމުގެ ހަލާކު

      އިސްލާމްދީނާ ސީދާ ދެކޮޅު އަދުއްވުން ކަމުގައިވާ ފަރާތްތަކުން އެހީ ހޯދައިގެން ނަމަވެސް އަމިއްލަ އެދުން ..... އަނިޔާއޭ.... ބަނިޔާއޭ... ކިޔައިގެން މީހުން ގުނބޯ ހެއްދޭތޯ ބަލަމުން....

  2. ފުތާބެއްޔާ

    ގާޒީީ އަކު ވަގައްނަގައިގެން ނަޝީދު އަށް ކޮއްފަވާ ހުކުމް ތަންފީޒް ކުރުމަށް ރާއްޖެ ފޮނުވައިދިނުމަށް އެދި ދޭބަލަ އިނގިރޭސި ވިލާތުގަ އެދެން ތިހާ އަދުލު އިންސާފަށް ލޯބިކުރާ ބަޔަކުނަމަ.

  3. ޢަބްދުﷲ

    ސަމީރު ތިހިފައިގެން ގެޔަށްގޮސް ގޭމީހުން ކައިރީބުނޭ ތީތި ތަންފީޒުކުރާށޭ، ނޫނީ ތީތި ހިފައިގެން މަހަށްދޭ
    ތީގެ ތެރެއިން އެކަތި ކުރީދުވަހު މަސްކަނޑަންވެސް ހުއްޓެއްނު

  4. ޙާލުގެދުލުން

    ބަޔަކު މޮޔަވާނީ މިހަަކަށްވަރަށް އަޅެމިމީހުން ގުރައިދޫއަށްގެންގޮސް ފަރުވާދޭންވީނުނ