ގއ.ވިލިނގިލީގެ ބައެއް ގެތަކުގެ މީހުންނަށް މިރޭ ލޮޅުމެއްގެ އިހްސާސް ކުރެވުނު ކަމަށް އެމީހުން ބުނެފިއެވެ.

ވިލިނގިލީ އިންޖީންގެ ހުންނަ ސަރަހައްދުގައި ހުންނަ ހަތަރު ގެއެއްގައި ދިރިއުޅުނު މީހުންނަށް މިރޭ ލޮޅުމެއްގެ އިހްސާސް ކުރެވުނު ކަމަށް އެމީހުން ބުނެއެވެ. ރަށުގެ އިތުރު ބަޔަކަށް މި ލޮޅުން އިހްސާސް ކުރެވުނު ކަމެއް، ނުވަތަ ނޫންކަމެއް ވެސް އަދި ސާފެއް ނުވެއެވެ.

ވިލިނގިލިން "ވަގުތު" އަށް މައުލޫމާތު ދިން އެކަކު ބުނީ މިރޭ އަށެއް ޖަހަން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް އޭނާ އަވައްޓެރިއެއްގެ ގެއަށް ވަންއިރު އެގޭގެ މޭޒެއް ވެސް ތެޅުނު މަންޒަރު ފެނުނު ކަމަށާއި ދޮރުފަތެއް ވެސް ތެޅުނު މަންޒަރު ފެނުނު ކަމަށެވެ.

"ދެތިން ހަތަރު މިނެޓް ވަންދެން އެ ލޮޅުން ހުރި. ބިންހެލުމެއް އައިމަ ތަންތަން ތެޅޭ ގޮތައް ތެޅުނު." އޭނާ ބުންޏެވެ.

އެސަރަހައްދުގައި ދިރިއުޅުނު އެހެން މީހަކު ބުނީ އޭނާގެ ގެއަށް ވެސް ލޮޅުން އިހްސާސް ކުރެވުނު ކަމަށާއި ދޮރުތައް ތެޅުވި، ފާރު ކައިރީގައި ހުރި ފިހިގަނޑު ފަދަ ބައެއް ތަކެތި ވެއްޓުނު ކަމަށެވެ.

މި ހެލުމުގެ ސަބަބުން އެއްވެސް ގެއަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ވިލިނގިއްޔަށް އެފަދަ ލޮޅުމެއް އައިކަން އެ އިދާރާގެ އެއްވެސް ސެންސަރަކަށް ފާހަގަ ކުރެވިފައި ނެތް ކަމަށެވެ. އަދި އެއްވެސް ބިންހެލުމެއް ވެސް އެސަރަހައްދަށް އައިސްފައި ނެތް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

ވިލިނގިލީގެ ބައެއް ރައްޔިތުންނަށް ލޮޅުމެއްގެ އިހްސާސް ކުރެވުނު ޚަބަރާއި ގުޅިގެން އެރަށު ކައުންސިލްގެ ބަހެއް ނުލިބުނެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. Anonymous

    ބޮޑުބިންހެލުމެ އް އަންނަނަން އުޅޭކަމުގެ ޢަލާމާތެ އް، ފާ އިތުވެދިޔަ ތިންދުވަހު އިންޑޮނޭޝިޔާ އަށް ކާރިކާރި ކުދި ކުދި ބިންހެލުންތަށް އަ އިސްފަވޭ.

    32
    13
  2. ުހުސޭނޫ

    އެހެންވާނީ މި ރާއްޖެ ތެރޭގަ ކުޑަކުދިން ރޭޕް ކުރަންޏާ
    ﷲ ގެ ކޯފާ ނޭންގިތިއްބާ ކުއްލިއަކަށް އައިސް ދާނެ!

    66
    18
    • ާަައަހަރެން

      الله ގެ ކޯފާ މިދުނިޔޭގައި ޖެހުން ލާޒިމެއްނޫން ބަޔަކު ފާފައެއް ކުރީމަ ވަގުތުން ކޯފާ ނައިސްވެސް ދާނެ. މިދުނިޔެ އަކީ އަމަލު ތަކަށް ޖަޒާދެއްވާ ތަން ނޫން. ހަމައެކަނި الله ގެ އަޒާބު ބައެއްގެ މައްޗަށް ހައްޤުވަނީ ކުޑަކުދިން ރޭޕް ކުރީމަނޫން. ދުއާ އަކީ الله އަހަރެމެން އިސްލާހުކޮށް ރައްކާތެރި ކޮށްދެއްވުން.

      50
      3
  3. ސަހު

    ސަބުހާނަﷲ ....
    ޙުރި ބިރުއެރިކަމެއް
    ކަންކަންވެސް ނުވިއްޔާ ދެރަ ... އެހަވެސް މީހުން ނުބައިވެއްޖޭ...
    ޓި ސެންޓަރަކައް ސުނާމީ އައި އިރު އެނ ގުނުތަ... ނޭންގޭނެ ... އެއީ ﷲ ގެ ކުޅަދުންވަންތަ ކަން

    61
    11
  4. ޏަމްމަން

    " އެފަދަ ލޮޅުމެއް އައިކަން އެ އިދާރާގެ އެއްވެސް ސެންސަރަކަށް ފާހަގަ ކުރެވިފައި ނެތް" .. ކޮން ތާކު އިން ސެންސަރެއް ??

    36
    13
  5. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    އިންޖީނުގެ ކައިރީގަހުރި ގެތަކަށް އެކަނި؟ ތިވާހަކަ އިތުރަށް ނުދެއްކިއްޔާ ރަނގަޅުވާނީ.

    32
    6
  6. ބަކުރުބެ

    މީހުން ހިސާބައް ވުރެއް ޖާހިލުވީމަ ތިފަދަ ލޮޅުންއަންނާނެ

    37
    14
    • އަހަރެން

      ކޮބާ ތިބުނާ ހިސާބަކީ؟

  7. ދިވެހި ފޭރާން

    އެމެރިކާ ގެ އެފް 35 މަތިންދާ ބޯޓް ގެ ސޮނިކް ބޫމް ގެސަބަބުން ވީކަމެއް، ފޯޅަވަހިން ފުރައިގެން އީރާން ގެސަރަހައްދު ކައިރިޔައް ދާއިރު މިހެން ދިމާވެދާނެ.....

    28
    5
    • ވީދިފައިވާ ދިވެހި ފޭރާން

      ކަލޭ ބޭރުކުރި ސޮނިކް ބޫމްއެއް ކަމަށް ތިވާނީ.

      11
      1
  8. ލަތީފާ ގާސިމް

    ބިންހެލުމަކީ ރަށެއްގައި ހުންނަ ގެތަކުގެ ތެރެއިން 4 ގެއަށް އަންނަ އެއްޗެއް ނޫން. ތިއީ ބިންހެލުމެއް ނޫން. ކޮންމެވެސް އެހެން ކަމެއް.

    11
    9
  9. އާދު

    ގައުމައް ﷲގެ ކޯފާ އައުންގާތް މުޅިގައުމުވަނީ ފަސާދަވެނިމި ހެޔޮނުބާއޮޅިފަ މިހާރުވެސް އެންމެބޮޑުކަމައްކިޔާޕާރޓގެވެރިން ބަލަނީ "ދޮގު" އެއީ ތެދުކަމައް ދައްކާ'ދިވެހިންވެސް އެމަޅީގައިޖެހި ގައުމު އަނދަވަޅަކައްވައްޓާލާއިރުވެސް އެބައިގެދިފާއުގަ ވަކާލާތުކުރަމުން މަސްތުވަމާ ޒިނޭ ރޭޕް ވައްކަން މުދާފޭރުން މީއާންމުކަންކަން

    19
    1
    • އަހަރެން

      މުޅި ޤައުމެއް ފަސާދައެއް ނުވޭ، ތި ވިދާޅުވިފަދަ މުންކަރާތްތަކާއި ދުރު ރަނގަޅު އެތަކެއް ބަޔަކު އެބަތިބި.

      7
      2
  10. މަލިކ

    ،ﷲއައް ބިރުވެތިވޭ

    27
    1
  11. އޯކޭ

    ބޭގަނޑު އިން ގޮޅިއަާް ގިނަ ލޮޅުން އެރިއްޔާ ރަނގަޅު.

    16
    2
  12. ނަފްސް

    ތިޔަ މޫސުމާބެހޭ އިދާރާގެ ސެންސަރ ތަކަށް ވާ އެއްވެސް ކަމެއް ނޯންނާނެ! ކަލޭމެން މިއްސާރަ ވާނޭ ބުނެފިނަމަ އެދުވަހެއްގެ މޫސުން ރަނަގަޅުވާނެ ، ކަލޭމެން އުޑުމަތި ސާފް ވައި މަޑު ދުވަހެކޭ ބުނެފި ނަމަ ގުގުރާފާ ވާރެ ވެހޭ މީ ކަން ހިނގަމުންދާ ގޮތަކީ ހެ ހެ

    11
    2
    • އަހަރެން

      ތީ އަދި ރަނގަޅުވާހަކައެއް ނޫން. އެބޭފުޅުން އެލާރޓް ތައްނެރެފަ ހުއްޓާ މޫސުން ރަނގަޅޭ ކިޔާ ދަތުރުކޮށް ހިތާމަވެރި އެތަކެއް ހާދިސާއެއް ހިގައިފި. ހުރިހާދުވަހަކު ބުނާހާ ގޮތަކަށް ދިމާނުވެދާނެ. މީ އެބޭފުޅުންގެ އަތުގައިވާ ބާރެއްނޫން. ކަންހިނގާގޮތް ބަދަލުވެސް ވެދާނެހަމަ.

      11
  13. Anonymous

    މީސްތަކުންގެ ފާފަތައް ގިނަވެ އެކަލާނގެ އަށް ޝަރީކުކުރުން އާންމު ވެ ﷲ ނުރުއްސަވައިފި

    19
    1
  14. އަލިފު!

    ކުޑަކުދިން ރޭޕް ކުރުމާއި، އިސްލާމްދީނަށް ފުރައްސާތަކުރުމާއި، މަސްތުވާ ތަކެއްޗާއި ރާ ޢާއްމުވުމާއި، ޒިނޭއާއި ވައްކަމާއި ޓެކުމާއި ފޭރުން ހައްދުފަހަނަ އަޅައި ހިގައްޖެ! ނުވީތާކަށް މިކުއްތައް ބަލައި އެކަންކަމަށް އިންސާފު ހޯދައި ދޭން އެތިބީ ﷲ އާއި ރަސޫލާއަށް ފުރައްސާރަ ކުރި މުޑުދާރު ނަޖިސް މީހުންނެވެ. މިހެން މިކަން ދެމި އޮއެއްޖެނަމަ ބަރުދާސްތު ކުރަން ދަތި ނުރައްކާތެރި ބިރުވެރި ކޯފާއެއް އައުމަކީ ވަރަށް ކައިރީގައި ވާކަމެކެވެ. ﷲ އަޢުލަމް!

    7
    1
  15. ޢާދެ

    އަނިޔާ ލިބިގެންވާ މުއުމިނުންގެ ދުޢާ އާއި ﷲ އާ ދެމެދު އެއްވެސް ހުރަހެއް ނުވޭ.
    އަދިވެސް ފާޑުގެ ކޮމިޝަންތަށް ހަދާ މުއުމިނުން ފްރޭމްކޮށް ދަންތުރަ ޖަހަމުންދޭ. ކިތައް މުއުމިނުންނަށް ތޯ މިހާރުވެސް ޖަލުގަ އަނިޔާ ލިބެމުން އެ ދަނީ. އަނިޔާވެރިކަން ފެތުރިއްޖެ.
    ދެން ތިބޭ ﷲގެ ކޯފާ އަންނަންދެން އިންތިޒާރުގަ

    9
    1
  16. ސަޓޯ

    އޭ އަހަރެމެންގެ ގެ ވެސް ލޮޅުނު

    5
    1