މި ބްލޮގްގައި ޝެއާ ކުރަމުން ގެންދާނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ހިނގަމުންދާ މުހިއްމު ކަންތައްތަކާއި، އެކަންތައްތަކުގެ ތަފްސީލް ހިމެނޭ ޚަބަރުތަކެވެ.

23:39

 

10:35

އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީއިން ވަކިވެ، ރަށެއްގެ ހައިސިއްޔަތު ހޯދުމަށާއި އެ ދެ ރަށުގައި ރަށު ކައުންސިލް އުފެއްދުމަށް، ބޭނުން ވެގެން މަސައްކަތް ކުރަނީ މީދޫ މީހުން ކަމަށާ، އެ މަސައްކަތުގައި ހުޅުދޫ މީހުންގެ ބައިވެރިވުން ކުޑަކަމަށް ހުޅުދޫ ކައުންސިލަރ އިބްރާހިމް ޝުކުރީ ވިދާޅުވެއްޖެއެވެ.

00:04

މެކް ކޮނެލް ހުށައެޅުއްވި ޝަރީއަތް ހިންގާނެ ގޮތުގެ އުސޫލުތަކަށް ބަދަލު ގެނެސްފި

00:00

މެކްކޮނެލް ހުށައެޅުއްވި އުސޫލުތަކަށް ބަދަލު ގެނައުމަކީ ޝަރީއަތުގެ ހަމަހަމަކަން ކަށަވަރުކޮށްދޭނެ ކަމެއް ކަމުގައި ރިޕަބްލިކަން ޕާޓީގެ ސެނޭޓަރ ސޫސަން ކޮލިންސް ވިދާޅުވެއްޖެ

23:57

ރިޕަބްލިކަން ޕާޓީގެ ސެނޭޓަރުން ބުނަނީ ޝަރީއަތުގެ އުސޫލުތަކުގައި، ރައީސް ޓްރަމްޕަށް ދިފާއުގައި ހެކި ހުށައެޅޭނެ ފުރުސަތު އޮންނަން ވާނެ ކަމަށް. އަދި ހައުސް މެނޭޖަރުންނަށްވެސް އެ ފުރުސަތު އޮންނަން ވާނެ ކަމަށް ދަނީ ބުނަމުން.

23:53

ސެނޭޓާ މެކް ކޮނެލް ހުށައެޅުއްވި އުސޫލުތަކާ ގުޅިގެން ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ސެނޭޓަރުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުން.

23:51

ސެނޭޓަރ މެކް ކޮނެލް ހުށައެޅުއްވި އުސޫލުތަކާ މެދު ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުން ހިތްހަމަ ނުޖެހުމާ ގުޅިގެން އެ އުސޫލުތަކާ ގުޅޭ ގޮތުން މައްސަލަ ހުށައެޅުމަށް 24 ގަޑިއިރުގެ މުއްދަތެއް ދީފި.

23:31

ޓްރަމްޕް މަގާމުން ދުރުކުރުމާއި މެދު ގޮތެއް ނިންމަން ކުރިއަށް ގެންދާ ޝަރީޢަތް ކުރިއަށް ގެންދާނެ އުސޫލުތައް ސެނެޓަރ މެކޮނެލް ހުށަހަޅުއްވަން ފައްޓަވައިފި.

23:25

ޓްރަމްޕް މަގާމުން ދުރުކުރުމާއި މެދު ގޮތެއް ނިންމަން ކުރިއަށް ގެންދާ ޝަރީޢަތުގައި ގޮތެއް ނިންމާނެ ސެނެޓްގެ ހުރިހާ މެންބަރުން ހުވައިކޮށް ނިންމައިފި. މިރޭ ހުވާ ކޮށްފައި ވަނީ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ސެނެޓް މެންބަރ ޖޯން އިނޯފް. ސެނެޓްގެ އެހެން މެންބަރުން މިދިޔަ ހަފްތާގައި ހުވާ ކުރިއިރު އޭނާ ހުވާކޮށްފައެއް ނުވޭ. އެހެންވެ މިރޭ އޭނާ ވަނީ ހުވާކޮށްފައި. ހުވައި ލައިދެއްވީ އެމެރިކާގެ އުއްތަމަ ފަނޑިޔާރު ޖޯން ރޮބަޓްސް.

23:19

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރުކުރަން ކޮންގްރެސް އިން ނިންމި ނިންމުމުގެ ސައްހަކަން ބެލުމަށް ސެނެޓްގައި ކުރިއަށް ގެންދާ ޝަރީޢަތް ފަށަން ތައްޔާރުވެއްޖެ.

23:16

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވާ ޑިމޮކްރަސީ އާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކޮބައިތޯ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ސުވާލު ކުރައްވައިފިއެވެ.

22:37

އުމުރުން ދެއަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ އެކުއްޖާގެ މުނިކާފައަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

22:22

22:20

ދިވެހިންވެސް މި ވައިރަސް އަށް ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުން މުހިއްމު.

22:03

އަންނަ ހުކުރު ދުވަހުގެ ހުތުބާގައި ދިވެހިންގެ ނުރަނގަޅު އާދަތައް ފަޟީހަތްކޮށް ދެއްވުމަށް އެދި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޗީފް ކޮންޓެންޓް އޮފިސަރު އިބްރާހިމް ރަޝީދު (އިއްބެ) 11 ކަމެއްގެ ލިސްޓެއް މިއަދު އާންމު ކުރައްވައިފިއެވެ.

21:50

އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދީގެން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް 47.3 މިލިއަން ޑޮލަރު ލިބޭނެ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ރިޕޯޓްގައި ބަޔާންކޮށްފައި އޮތްނަމަވެސް އެއަދަދަކީ ސައްހަ އަދަދެއް ނޫން ކަމަށް ސީޕްލޭންގެ ހިދުމަތް ދެމުން އަންނަ ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ) އިން ބުނެފިއެވެ.

21:35

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއިމެދު ކެބިނެޓާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިންނާއި، ކަމާއިބެހޭ އިދާރާތަކުގެ އިސް ބޭފުޅުން މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

21:29

ބަންގްލަދޭޝްގައި ކިޔަވަން ހުއްޓާ މަރުވި ރައުދާ އާތިފްގެ ބައްޕަ ޑރ.މުހައްމަދު އާތިފް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒަށް ތުހުމަތުތަކެއް ކުރައްވައިފިއެވެ.

21:28

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައި ގަދަވާނެތީ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު ނެރެފިއެވެ.

20:56

މިއީ ހުރިހާ ސޭޓުންވެސް ވަރަށް ސަމާލުވާން ޖެހޭ ކަމެއް.

20:14

މި ދުވަސްވަރު ޗައިނާ އިން ބޭރަށް 7 މިލިއަނަށް ވުރެން ގިނަ ފަތުރުވެރިން ފުރާނެ.

18:53

ކެނެޑާ އަކީ މީގެ ކުރިން މޭގަން ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅުނު ގައުމެއް.

17:54

ޖަލުތައް ބެލެހެއްޓުމުގެ ކަންކަމާއި ހަވާލުވެ ހުންނަވާ ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މަގާމުން ވަކިކޮށްފި.

17:53

މިކަން ހާމަކޮށްފައި ވަނީ އީރާނުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން.

16:35

ކ.ގުރާދޫ ކައިރިން ދަތުރު ކުރި އެމްއެންޑީއެފްގެ ލޯންޗެއްގައި އަލިފާން ރޯވެއްޖެ.

15:58

ކޮރޯނާ ވައިރަސް ޖެހުމުގެ ސަބަބުން އިތުރު ދެ މީހަކު ޗައިނާއިން މަރުވެއްޖެ.

15:48

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ބަދަލުކޮށް، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ބަދަލުކޮށްފި.

15:18

ކ. މާފުށި އެކި ސަރަހައްދުތަކުންނާއި ގޯތި ގެދޮރުން ފެންނަމުންދާ މަކުނަކީ ބްރައުން ވިޑޯކަމަށް ހެލްތް މިނިސްޓްރީން އަންގާފައިވާކަމަށް އެ ރަށު ކައުންސިލުން ވިދާޅުވެއްޖެ.

14:55

މާލެ ތަރައްގީ ކުރުމުގައި ހުވަފެންތަކެއް އެބަހުރި ކަމަށާއި އެ ހުވަފެންތަކުގައި ކުލަ ޖައްސައިދެވޭނީ މޭޔަރު ކަމަށް އޭނާ ހޮވައިގެން ކަމަށް އާދަމް މަނިކު (ސަރަނގު އާދަމް މަނިކު) ވިދާޅުވެއްޖެ.

14:37

އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީއިން ވަކިވެ، ރަށެއްގެ ހައިސިއްޔަތު ހޯދުމަށާއި އެ ދެ ރަށުގައި ރަށު ކައުންސިލް އުފެއްދުމަށް، އެ ރަށުގެ ރައްޔިތުން ސޮއިކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ޕެޓިޝަނެއް ހުށަހަޅަނީ....

14:27

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އިތުރު މައްސަލަތަކެއް ތަޙްޤީގް ކުރަމުންދާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމްގެ ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ.

14:14

ކޮރޯނާ ވައިރަސް ޖެހުމުގެ ސަބަބުން އިތުރު މީހާކު ޗައިނާއިން މަރުވެއްޖެ.

 

13:47

13:10

ހައްމާދު ބިން ހަލީފާ އަލް ތާނީ ސްކޫލްގެ ފަންކާއެއް ވެއްޓި ކުދިންތަކަކަށް އަނިޔާވެއްޖެ.

12:54

12:50

މެދުރާއްޖެތެރޭގެ ރަށެއްގެ ސްކޫލުގެ ލީޑިން ޓީޗަރު ކުއްޖަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ޖެންޑާ މިނިސްޓްރީން ތަޙްޤީޤު ކުރަން ފެށުމުން އެމައްސަލަ "އޮއްބާލަން" ލީޑިން ޓީޗަރުގެ އަނބިމީހާ އާއި އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ އަނިޔާ ލިބުނު ކުއްޖާގެ މަންމައަށާއި އެކުއްޖާއަށް ފޯނުކޮށް ދެއްކި ވާހަކަތަކެއްގެ އޯޑިއޯ "ވަގުތު" އަށް ލިބިއްޖެއެވެ.

12:23

އުމުރުން އެންމެ ދެއަހަރުގެ އަންހެން ކުއްޖާ ރޭޕް ކުރުމުގައި ބައިވެރިވި މީހުން އާއްމުންގެ ކުރިމަތީގައި ދަންޖައްސަވައިގެން އެމީހުންނަށް މަރުގެ އަދަބު ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

11:51

ގއ.ކަނޑުހުޅުދޫގައި އެއްޖިންސުން ގުޅުން ހިންގަން ތިއްބާ ފެނިގެން މީގެ ހައެއްކަ މަސް ކުރިން ހައްޔަރުކުރި ދެ ފިރިހެނުންގެ ތެރެއިން އެކަކު ރަށުގައި މިނިވަންކަމާއި އެކު އުޅެމުން އަންނާތީ އެރަށު މީހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

10:55

ހުޅުމާލެ ހޮސްޕިޓަލްގައި އޮތް މާބަނޑުމީހަކަށް ބޭނުންވި ލޭ ހޮސްޕިޓަލްގެ ޑިއުޓީގައި ތިބި ނަރުހުން ހަދިޔާކޮށް، ބަލި މީހާގެ ފުރާނަ ސަލާމަތްކޮށްދީފިއެވެ.

10:02

އިރާޤުގެ ވެރިރަށް ބަޣުދާދުގެ ގްރީން ޒޯނަށް ރޮކެޓް ހަމަލާތަކެއް ދީފިއެވެ. އެމެރިކާގެ އެމްބަސީ އާއި ބައެއް އެހެން ޑިޕްލޮމެޓިކް އޮފީސްތައް ވެސް ބަޣުދާދުގެ ގްރީން ޒޯންގައި ހުރެއެވެ.

09:43

މަޝްރޫއުތައް ލަސްވާ ގޮތަށް އަމަލު ނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފައިވާތީ އެންޓިކޮރަޕްޝަން ކޮމިޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުން އެމަނިކުފާނާއި އިއްޔެ ބައްދަލުކުރައްވާ ކޮމިޝަންގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ހިއްސާ ކުރައްވައިފިއެވެ.

09:33

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ތުއްތު ކުއްޖަކު ރޭޕްކުރި މައްސަލާގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ހަނު ތިބުމުން އެކަމަށް ފާޑުކިޔުންތައް އަމާޒުވާން ފަށައިފިއެވެ.

09:16

ރާއްޖޭގެ އުތުރުގެ ރަށެއްގައި ދޮންބައްޕަ އަކާއި އޭނާގެ ދަރިފުޅު ވެގެން އުމުރުން އެންމެ ހަތް އަހަރުގެ އަންހެން ކުއްޖަކަށް އެތައް ފަހަރެއްގެ މަތިން ޖިންސީ ގޯނާކޮށް ރޭޕް ކޮށްފައިވާ މައްސަލައިގައި އިއްޔެ ހެކިބަސް ދިން އަންހެނަކަށް މި އަމަލު ހިންގި ދެމީހުންގެ ތެރެއިން އެކަކު އިންޒާރު ދެމުންދާ ކަމުގެ މައުލޫމާތު "ވަގުތު" އަށް ލިބިއްޖެއެވެ.

08:44

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރުކުރަން ސެނެޓަށް ހުށަހަޅާފައިވާ މައްސަލަ ޓްރަމްޕް އާއި ދެކޮޅަށް ނިންމާ، އޭނާ މަގާމުން ދުރުކުރަން އެމެރިކާ ރައްޔިތުންގެ 51 އިންސައްތަ މީހުން ބޭނުންވާ ކަމަށް ޚިޔާލު ހޯދުމުގެ ވޯޓަކުން ދައްކައިފިއެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި ލިބުނު މުހިއްމު ޚަބަރުތަކަށް ބަލާއިރު އެންމެ ހިތާމަވެރި އަދި ހައިރާންކަން ގެނުވި އެއް ޚަބަރަކީ އުމުރުން އެންމެ ހަތް އަހަރުގެ ކުއްޖަކަށް އެކުއްޖާގެ ދޮންބައްޕަ އާއި ދޮންބައްޕަގެ ދަރިފުޅު ޖިންސީ ގޯނާކޮށް، ރޭޕް ކުރި ޚަބަރެވެ. މި ލާއިންސާނިއްޔަތު އަމަލު ހިންގި ދެމީހުން މިހާރު ވެސް ތިބީ މުޖުތަމަޢަށް ދޫކޮށްލާފައެވެ.

ދެއަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހުންގެ ދިފާޢުގައި އެމީހުންގެ އާއިލާ މެންބަރުން ވެސް މިއަދު ވަނީ ވާހަކަދައްކާފައެވެ.

ކުޑަކުދިންގެ ހިޔާގައި ހުރި ކުއްޖަކަށް ކުރިމަތިވެފައިވާ ފުރައްސާރައިގެ މައްސަލައެއް ވެސް މިއަދު ވަނީ ފެންމަތިވެފައެވެ.

2015 ވަނަ އަހަރު ހިނގި މަރުގެ ހާދިސާއެއްގެ ޝަރީޢަތުގެ އަޑުއެހުމެއް މިއަދު ވަނީ ކްރިމިނަލް ކޯޓުގައި ބާއްވާފައެވެ.

ގއ.ވިލިނގިލީގެ ބައެއް ގެތަކަށް ލޮޅުމެއް އަރައިގެން މިރޭ ވަނީ އެކަމުގެ ރިޕޯޓް ކޮށްފައެވެ.

މިހާރު ޗައިނާގައި ފެތުރެމުންދާ ކްރޯނާވައިރަސް ރާއްޖެ އަށް ވެސް އައުމުގެ ފުރުސަތު އޮތް ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީން މިއަދު ވަނީ ވިދާޅުވެފައެވެ.

ކޮރޯނާވައިރަސް އަކީ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށް ޗައިނާ އިން މިރޭ ވަނީ ހާމަކޮށްފައެވެ.