ގާނޫނީ ހުކޫމަތުގެ ވާހަކަ ދެއްކުމުގެ ހައިސިއްޔަތެއް މިސަރުކާރަށް ނެތް ކަމަށް ކުރީގެ ބަނޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ނަޝީދަށް އިންތިހާބުގައި ވާދަ ކުރެވޭނެ ކަމަށް އދގެ އިންސާނީ ހައްގުތަކާ ބެހޭ ގުރޫޕުން ނިންމި ނިންމުން ބަލައި ނުގަންނާނެ ކަމަށް ސަރުކާރުން ވިދާޅުވެފައި ވާތީ އެކަމަށް ރައްދު ދެއްވާ ދިޔާނާ ވިދާޅުވީ ގާނޫނީ ހުކޫމަތަކީ ގާނުނީ އުސޫލުތަކަށް ކިޔަމަންވެ އަމަލު ކުރުން ކަމަށެވެ.

ދިޔާނާ ކުރެއްވި ޓުވީޓް ތަކެއްގައި ވަނީ ރާއްޖެއިން ވަނީ އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީގެ އިހުތިސާސް ބަލައިގަނެފައި ކަމަށާއި އެ ނިންމުމަށް އަމަލު ކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ދިޔާނާ ވިދާޅުވީ ގާނޫނީ ހުކޫމަތުގެ ވާހަކަ ދެއްކުމުގެ ހައިސިއްޔަތެއް މިސަރުކާރަށް ނެތް ކަމަށާއި އުއްތަމަ ފަނޑިޔާރައި ސްޕްރީމް ކޯޓުގެ އިތުރު ފަނޑިޔާރަކު ރަހީނުކޮށް ސަރުކާރު މިހާރު ވެސް އޮތީ ގާނޫނީ އިމުން ބޭރުވެފައި ކަމަށެވެ. ދިޔާނާ ވިދާޅުވީ ގާނޫނު ނިޔާ ކުރަނީ ރައީސް ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާހުގައި އޮތުމަށް ކަމަށާއި ﷲގެ އިރާދަފުޅާއެކު އެކަން އެގޮތަށް ވާނެ ކަމަށެވެ.

އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދަށް އިންތިހާބުގައި ވާދަ ކުރެވެން ޖެހޭނެ ކަމަށް ނިންމި ނަމަވެސް އެ ނިންމުން ބަލައި ނުގަންނަ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އުވާލައި، އެމަނިކުފާނުގެ މައްޗަށް ކުރެވުނު ތުހުމަތުތައް އަލުން ދިރާސާ ކުރުމަށް ފަހު، ދައުވާކުރަން ޖެހޭ ނަމަ، އަލުން އިންސާފުވެރިކަމާ އެކު އެމަނިކުފާނުގެ މައްޗަށް ޝަރީޢަތް ކުރުމަށް އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީ އިން ބުނެފައިވައިވެއެވެ.

އަދި އެގުރޫޕުގެ ނިންމުން 180 ދުވަހުގެ ތެރޭގައި ތަންފީޒުކުރެވިފައިވާ މިންވަރު ހާމަކޮށް ކޮމިޓީއަށް ޖަވާބުދާރީވުމަށް ވެސް ހިއުމަން ރައިޓްސް ކޮމިޓީ އިން ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރަނދަ

    ދިޔާނާއަކަށްވެސް ނެތް

  2. ށަލްމާނު

    ދިޔާނާއްތަމެނަށް ނޯންނާނެ ހެޔޮ އެއްގޮތެއްވެސް. ކޮންމެ ސަރުކާރެއްއަޔަސް އެބަޔަކާ ދިމާއަށް ބުނޭ ކަލޭމެންނަކަށް ނޯންނާނޭ ހުކޫމާތުގެ ވާހަކަ ދެއްކޭކަށް. ހުކޫމާތުގެ ވާހަކަ ދެއްކޭނީ މިރާއްޖޭގައި ދިޔާނައްތައަށާ ޖާބިރުބެއަށް އެކަނި.

  3. ސަލާހު

    އަބްދުﷲ ޖާބިރު ހެންވޭރު ތިމާވެށި މިހެން ބުނީ ކަރުދިގު ފުޅިއެއްގައި ބައްދައިގެން އޭގެން ނުނެއްޓިގެން އަބަހައްދަވެ ހޮނޑާދޫ ހޭޅިފަށް މަތީ ކަޅު ވެލައެއްހެން އެނބުރި އެނބުރި ދޮންވެލި ކެވިފައި އޮއްވާ ފުލުހުން ގޮސް ނެގީމަ. ޗީ ޗީ ދޮވާ ކަލްކީ ބިޑިވަސްގަނޑު.

  4. ޤާދިރު

    ޤާނޫނީ ހުކޫމަތުގެ ވާހަކަ ނުދައްކައި ފިރިކަލުން ދިވެހި ދައުލަތަށް ދަރާފައިވާ ދަރަނި އަދާކޮށްބަލަ..

  5. ކަމަނަ

    ސަރުކާރޭ ކިޔައިގެންވާހަކަދެއްކުމުގެ

    ހައިސިއްޔަތެއް ދިޔާނާޔަކަށްވެސްނެއް. ތީކާކު.

    މިއޮއްހުރިހާދުހުކު މަނމަނަކަށްވެފައިންމީހޚު

    މިޔަދު އަނގަފެޅިގެން މިއުޅެނީ.

  6. ޝާހިދު

    ކަލެއަށް ކޮންހައިސިއްޔަތެއް އޮވެގެން އަގަތިގަޅަނީ، ކޮންމެ މުޖިރިމަކުވެސް ތިމަންނަ މެންގެ އެއްވެސް ކުށެށްނެތްކަން ދައްކަން އެތައްބަހަނާ ދައްކާނެ، އެގޮތުން ދިވެހި ދައުލަތަށް (ރައްޔިތުންނަށް) ދައްކަންޖެހޭ ފައިސާ ދިފާޢުކުރުމަށް ނުކުމެތިބި ދެމަފިރިއެއްތީ

  7. ޖެޓް

    ފުރަތަމަ ފައިސާގެ ދަހިވެތިކަމުގައި އިނދެގެން ތިއުޅޭ ރާފުލިޔާއި ދުރައްދޭބަލަ

  8. ޣަފޫރުބޭ

    ޖުމްހޫރީމައިދާނުގައި ކަމަނާ އިންދާ ދަމާކޫއްތާފަ ގެންދިޔަދުވަސް ހަނދާން ނެތުނީތޯ ނުވަތަ ހަމަ ގަސްދުގައި ހަނދާންނައްތާލީތޯ؟ އަންނި ގަޅަހައްދާފަ ޖާބިރއާ ޤާސިމު އެ ގެންގުޅެނީ ފައިސާގެ އެދުމުގަ! ހަމަ ގައިމުވެސް އެ ދެމީހުންނަށް އަންނިއަށް ކޮށްދެވޭނޭކަމެއް ނޯންނާނެ! އަދި އަންނިވެސް އެދެމީހުންނަކަށް ކަމެއް ކޮށެއްނުދޭނެ! ނަޝީދަކީ އެއީ ޒީރޯ! މިހުންނެވީ ހީރޯ! މިއީ ޖާބިރުގެ ވާހަކައެއް! ހުވަފެނުން ހޭލާ ހޭވެރިކަންވޭ ދިޔާނާ ކޮއްކޯ!!!!