ރާއްޖޭގެ އުތުރުގެ ރަށެއްގައި ދޮންބައްޕަ އަކާއި އޭނާގެ ދަރިފުޅު ވެގެން އުމުރުން އެންމެ ހަތް އަހަރުގެ އަންހެން ކުއްޖަކަށް އެތައް ފަހަރެއްގެ މަތިން ޖިންސީ ގޯނާކޮށް ރޭޕް ކޮށްފައިވާ މައްސަލައިގައި އިއްޔެ ހެކިބަސް ދިން އަންހެނަކަށް މި އަމަލު ހިންގި ދެމީހުންގެ ތެރެއިން އެކަކު އިންޒާރު ދެމުންދާ ކަމުގެ މައުލޫމާތު "ވަގުތު" އަށް ލިބިއްޖެއެވެ.

އުމުރުން ހަތް އަހަރުގެ އަންހެން ކުއްޖާ ރޭޕް ކޮށްފައި ވަނީ އަހްމަދު ވަހީދު ނަމަކަށް ކިޔާ މީހަކާއި އަހްމަދު ވަހީދުގެ ދަރިފުޅު ހުސައިން ކައުޘަރު އެވެ. މި ދެމީހުން އަންހެން ކުއްޖާ އެކި ފަހަރުމަތިން ރޭޕް ކޮށްފައި ވަނީ 2016 ވަނަ އަހަރު އެވެ.

އަހްމަދު ވަހީދަކީ 61 އަހަރުގެ މީހެކެވެ. ހުސައިން ކައުޘަރު އަކީ 34 އަހަރުގެ މީހެކެވެ.

އެ ރަށުން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި މި މައްސަލައިގައި އިއްޔެ އޮތް ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދިން އަންހެނަކަށް ހުސައިން ކައުޘަރު ގެންދަނީ އިންޒާރު ދެމުންނެވެ.

ހެކިބަސް ދިން އަންހެން މީހާ ވަނީ އޭނާ އަށް އިންޒާރުތައް ލިބިފައިވާ ކަމަށް އިއްޔެގެ ޝަރީޢަތުގެ މަޖިލީހުގައި ވެސް ބުނެފައެވެ.

ނަމަވެސް ދައުލަތުގެ އެއްވެސް އިދާރާއަކުން ހެކިވެރިޔާގެ ރައްކާތެރިކަމަށް އަދި މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

އަހްމަދު ވަހީދު އާއި ހުސައިން ކައުޘަރު ހައްޔަރުކުރީ 2016 ޖުލައި 30 ވަނަ ދުވަހު އެވެ. އެމީހުން ދޫކޮށްލާފައި ވަނީ 27 އޮކްޓޯބަރ 2016 ގައެވެ.

"ވަގުތު" އަށް ވަނީ މި ދެމީހުންގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ލިޔުންތަކެއް ވެސް ލިބިފައެވެ. އެ ލިޔުންތަކުގައި އުމުރުން އެންމެ ހަތް އަހަރުގެ އަންހެން ކުއްޖާ އަށް އަހްމަދު ވަހީދު އާއި ހުސައިން ކައުޘަރު ކުރި ޖިންސީ އަނިޔާތަކުގެ ތަފްސީލް މައުލޫމާތުތައް ހިމަނާފައި އެބަހުއްޓެވެ.

ކުއްޖާގެ މެޑިކަލް ރިޕޯޓްތަކުން ކުއްޖާ އަށް ޖިންސީ ގޯނާ ކޮށްފައި ހުރިކަން އެނގޭ ކަމަށް ޕީޖީ އިން ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުގައި ވެއެވެ.

ޖިންސީ ގޯނާގެ ބޮޑު ތުހުމަތެއް ކުރެވޭ ދެމީހަކު އާއްމުންގެ ތެރެއަށް ދޫކޮށްލާފައި ތިބި ސަބަބެއް ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަލީ

    މިކަން ހުއްޓުވުމުގެ ފުރިހަމަ ބާރު މިހާރު އޮތީ އެމް.ޑީ.ޕީ. މެޖޯރިޓީ އަތުގައި.

    35
    3
    • އ. ޖ. އ

      އެމް.ޑީ.ޕީ ވެރިކަމަށް އައީ 2018 ގާ.. ބުނެލީ...

      1
      2
  2. Anonymous

    އެއޮތީ ހުއްޓުވާފަ. މިހާ ރުހެކިވެ ރިޔާ އަށް އެދަނީ އިންޒާ ރުދެމުން. ހެކިވެ ރިޔާގެ ސަލާމަތާ ރައްކާތެ ރިކަމައް އެއްވެސް ފިޔަވަޅެއް ނޭޅި ވަނިކޮށް ހެކިވެ ރިޔާ ކޮށާކުދިކޮށްފަ އޮއްވާފެނުނީމަ އެއޮތީވެސް ހުއްޓުވިފަ. އެއްވެސްކަމެއްގަ ދެއުޅިއެއްނުވާ ބަޔަކަށް ކޮންކަމެއްހުއްޓުވޭނީ؟؟؟؟

    7
    1
  3. ވާނުވާ

    އެންމެން ވަރަށް އަޑަށް ބާރު ލާފައި ބުނާނެ ރިޕޯޓް ނުކުރަނީ ކީއްވެހޭ؟ ރިޕޯޓް ނުކުރަނީ މައްސަލާގަި ތުމަހތު ކުރެވޭ މީހާ އަށް ވުރެ ރިޕޯޓް ކުރާ މީޙާ ނުވަތަ ހެކި ބަސް ދޭ މީޙާ މުޖުމައު ގެ ފަރާތުން ކުރިމަތިވާ މަލާމާތާ ފުރައްސާރަ އާއިންޒާރު ގިނަ. މިއީ ދިވެހި މުޖުތަމައުގެ ގަބޫލު ކުރަން ޖެހޭ ހިތި ހަގީގަތް . ކުޑަ ކުއްޖަކު ރޭޕް ކޮށް، މައްސަލާގައި ހެކިބަސްދޭން ހުރި މީހާ އަށް އިންޒާރު ދޭ މީޙާ ދޫވެފަ.. އެމް ޑީ އެން ގެ ވެރިން ނަށްގާނޫނީ އިމުގެ ތެރެއިން މަރުގެ އަދަބު ދޭން ޖެހޭ ކަމަށް ސޯޝަލް މީޑީޔާ ގަ ބުނި މީހާ ތަހުގީގު ނިމެންދެން ޖަލުގަ.. ކޮބާ ކީކޭ ހީވޭ؟

    15
  4. ހަމަ

    ކީވެބާ

  5. މަހޭޝް

    ދެން މިހާރު ކޮންމެ ކަމަކަށް އޮތީ މުޒާހަރާ. ތިކަމާވެސް މުޒާހަރާކޮށްގެން ނޫނީ ތިއަޑެއް ސަރުކާރަކަށް ނީވޭނެ.

    5
    1
  6. މަހޭޝް

    ދެން މިހާރު ކޮންމެ ކަމަކަށް އޮތީ މުޒާހަރާ. ތިކަމާވެސް މުޒާހަރާކޮށްގެން ނޫނީ ތިއަޑެއް ސަރުކާރަކަށް ނީވޭނެ. ....

  7. ަމަރިޔަމް މަނިކެ

    މިގައުމުގައި ވަރިވެގެން އެއްގެއެއްގެ ތެރޭގައި އެބައުޅޭ ބަދު އަޚުލާގީ ޢަމަލު ހިންގަ ހިންގާ ކާކުތޯ ބަލަނީ ބަލާނެ ފަރާތެއްވޭތޯ

  8. ާއާދަމް

    ޖިންސީ ގޯނާ ކަމަށް ތި ވިދާޅުވަނީ ޒިނޭ ކުރުމަށްތޯ، ޖިންސީ ގުނަވަނެއްގައި އަތް ލުމައްތޯ ތަނަކަށް އިނގިއްޔަކުން އަނިޔާ ކުރުންތޯ. ސާފު ކޮއްލަ ދެއްވުން އެދެން.

  9. ސަލާމުދެން

    2016 ގައި މި އެއްޗިހި ދޫކޮށްލި ސަރުކާރަށް ވަރަށް ސަލާމް

    1
    1
  10. މުހައްމާ

    ދޫވެފަ ތިބެނީ މިސަރުކާރަށް ސަޕޯޓް ކުރާތީ!!!!

  11. ޥފ

    އެއްވެސް ސަރުކާރަކުން ކުރާނެހަމަ އެއްވެސް ކަމެއް އަޅުގަނޑަކަށް ނުވިސްނުނު.
    އިސްލާމީ ޝަރީޢަތުގަ ދޭންޖެހޭ އަދަބު ކަނޑައެޅިގެން އެބަ އޮވޭ. ތަންފީޒު ކޮށްބަލަ.