މަޝްރޫއުތައް ލަސްވާ ގޮތަށް އަމަލު ނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފައިވާތީ އެންޓިކޮރަޕްޝަން ކޮމިޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުން އެމަނިކުފާނާއި އިއްޔެ ބައްދަލުކުރައްވާ ކޮމިޝަންގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ހިއްސާ ކުރައްވައިފިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ބޮޑުތިލަދުންމައްޗަށް ވަޑައިގެން ހދ. ވައިކަރަދޫގައި ރައީސް ވިދާޅުވެފައި ވަނީ މަޝްރޫއެއް ކުރިއަށް ގެންދަން ހުޅުވައިލާ ބީލަމަކާ ގުޅޭ ގޮތުން ޝަކުވާއެއް ހުށަހަޅައިފި ނަމަ އޭސީސީން އެކަން ބަލަންޖެހޭ ކަމަށާއި ކޮމިޝަންގެ ގާނޫނީ ޒިންމާއަކީ އެއީ ކަމަށެވެ.

ރައީސް އޮފީހުން ވިދާޅުވީ އިއްޔެ އޮތް ބައްދަލުވުމުގައި ބައްދަލުވުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން ވަނީ އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ބެހޭގޮތުންނާއި އެކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށްގެންދަވާ ގޮތާބެހޭގޮތުން ރައީސްއާ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

އެގޮތުން އެކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ބެހޭގޮތުން ކޮމިޝަނުން އަމަލުކުރަމުންގެންދާ ޢާންމު އުސޫލުތަކާއި މަޝްރޫއެއްގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް އަންގަވާ ޙާލަތްތަކުގައި އެ ކޮމިޝަނުން ގެންގުޅުއްވާ އުސޫލުތައްފަދަ މައުލޫމާތު އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެންބަރުން ރައީސްއާ ޙިއްޞާކުރެއްވި ކަމަށާއި ކޮރަޕްޝަނުގެ ޢަމަލުތައް ހުއްޓުވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ސަރުކާރުގެ އިދާރާތަކަށް ބާރު އަޅުއްވަން މަސައްކަތްކުރައްވަމުން ގެންދަވާކަން ވެސް އެ ކޮމިޝަނުގެ މެންބަރުން ފާހަގަ ކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކޮމިޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައި ކަމަށް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.

އަދި ކޮމިޝަނުގެ މަސައްކަތަށް ސަރުކާރުން ވެސް އަދި ސަރުކާރުގެ އެއްވެސް އޮފިޝަލަކު ވިޔަސް ނުފޫޒު ފޯރުވުމަށް އެދިވަޑައި ނުގަންނަވާކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކޮރަޕްޝަން ހުއްޓުވުމަކީ ސަރުކާރުން އެންމެ އިސްކަން ދެއްވާ އެއް ދާއިރާކަން ފާހަގަކުރައްވައި ކޮރަޕްޝަނާމެދު ހޭލުންތެރިކަން އިތުރުކުރައްވައި ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތްތައް އިތުރުކުރެއްވުމަށް ވެސް ރައީސް ވަނީ ކޮމިޝަނުގެ މެންބަރުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފަޟީލާ

    ޢިލްމާއި ޙިލްމުވެސް ނެތް ދެބަންދިހާރަކު ޤަވްމެއްގެ އެންމެ މަތީ ވެރިޔާގެ މަޤާމަށް އައުމަކީ ދުނިޔެ ޤިޔާމަތްވުން ކައިރިވެއްޖެކަމުގެ ޢަލާމަތެކެވެ. އެފަދަ މީހުނަށް ދުނިޔޭގެ ވަޔާ އޮއި ހިނގާމަގު ނޭގޭނެއެވެ. ޖީބުގައި ހުރި އެއްޗެއްސާ ފޮށިގައި ހުރި އެއްޗެތިވެސް ބުނެ ނުދެވޭނެއެވެ. ޙިލްމުވެރިންނާ ޢިލްމުލިބި ތިބި މީހުންގެ ކުރިމަތީ އަގަހުޅުވަން ޖެހެލުންވާނެއެވެ. އެކަމުގެ ސަބަބުން ދަށުގައިތިބި ޢިލްމާއި ޙިލްމުވެރިން އިސްވެރިޔާއަށް ސިހުންކެނޑި ހިތުހުރި ކަމެއް ކުރަމުން ދާނެއެވެ.

    31
    2
  2. ޔާފިއު

    ވައްކަމާއި ފަސާދަ

    29
    2
  3. ޒަކް

    ކިހާވަރަކުން ދާނެ ކަމިޝަނެއްބާ؟؟؟ ދުވަސްކޮޅަކުން ބޭރުކުރާ ވާހަކަ ކަންނޭގެ އަޑު އިވޭނީ

    27
    1
  4. ރަންނަ

    ދުނިޔެއިން ބޭރަށް މީހުން ކިޔަވަން ފޮނުވަންޏާ ވާނީ ތިވަރު އޯކޭ.

    18
    1
  5. ބޯހަލާކު

    ލާދީނީ ދީނައްފުރައްސާރަކުރާ ބަޔަކައް ކޮންކަމެއްކުރެވޭނީ..

    18
    1
  6. ކާޕެޓް ވަގު

    ފުރަތަމަ ކޮމިޝަނުން ހުއްޓުވަން ވީ މި ސަރުކާރު... މިއީ ކޮރަޕްޝަނުން ފުރިފައިވާ ސަރުކާރެއް...

    10
    2
  7. ޞާލިހް

    މިހާރު މިއޮތީ އޭސީސީ އާއިއެކު ޑީލު ނިމިފައި ދެން ވަރަށް ބާރަށް އެއްވެސް ކަމެއް މަޑު ނުޖެހި ޑަބަލް ޒީރޯގެ ހުރިހާ ޓޮލޮރަންސެއްގެ ދަށުން ކުރިއަށް ދާނެ. އޭސީސީ ކުދިންވެސް ތިބޭނީ ހިތްހަމަ ޖެހިގެން.