ހުޅުމާލެ ހޮސްޕިޓަލްގައި އޮތް މާބަނޑު މީހަކަށް ބޭނުންވި ހަ ޕޮއިންޓް ލޭ ހޮސްޕިޓަލްގެ ޑިއުޓީގައި ތިބި ނަރުހުން ހަދިޔާކޮށް، ބަލި މީހާގެ ފުރާނަ ސަލާމަތްކޮށްދީފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ހަ ނަރުހުން ލޭ ހަދިޔާ ކުރީ ސީ ސެކްޝަނަށް ދާން ޖެހުނު މާ ބަނޑު މީހަކަށް ކަމަށެވެ. ވިހެއުމުގެ ކުރިން އެ އަންހެން މީހާގެ ގައިން ގިނަ އަދަދަކަށް ލޭ ފޭބި ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މާބަނޑު މީހާގެ ގައިން އެހާ ގިނަ އިން ލޭ ފޭބުމާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ވެސް ލޭ އެޅި އެވެ.

އެކަމަކު، މިދިޔަ އާދިއްތަ ދުވަހު މާބަނޑު މީހާގެ ސިޒޭރިއަން ހެދި އިރު، އަންހެން މީހާ އަށް އިތުރަށް ލޭ ބޭނުންވުމާ ގުޅިގެން ހަ ޕޮއިންޓް ލޭ ދިނީ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ހަ ނަރުހުން ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެގޮތުން ސިޒޭރިއަން ކުރިއަށް ދިޔަ ވަގުތު ނަރުހުން ވަނީ ހުޅުމާލެ ހޮސްޕިޓަލްގައި ހުންނަ ބްލަޑް ބޭންކަށް ގޮސް، ލޭ ހަދިޔާކޮށް ވަގުތުން ބަލި މީހާގެ ގަޔަށް ލޭ އަޅައިފައެވެ. އަދި ސިޒޭރިއަން ކުރިއަށް ގެންދިއުމުގައި ވެސް އެ ނަރުހުން އެހީތެރިވި ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުންޏެވެ. ހަ ނަރުހުން ދެއްކި ނަމޫނާ އަށް އެތައް ބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި އަންހެން މީހާ އަށް ފަރުވާ ދިނުމަށް ފަހު، މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފަ އެވެ. އަދި ދެ މައިންގެ ހާލު ވެސް ރަނގަޅު ކަމަށް އައިޖީއެމްއެޗާ ހަވާލާދީ ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މާބަނޑު މީހާއަށް އެހީތެރިވި ނަރުހުން ދެއްކި ނަމޫނާގެ ސަބަބުން ޓްވިޓާއާއި ފޭސްބުކްގައި އެ މީހުންނަށް ތައުރީފްކުރާ މީހުން ބުނީ އެ ހަ ނަރުހުން ވެސް ކުރީ ގައުމީ ހިދުމަތެއް ކަމަށާއި އެމީހުންގެ އަގު ވަޒަން ކުރަން ޖެހޭނެ ކަމަށެވެ. އަދި މާބަނޑު މީހާ އަށް އެހީތެރިވި ހަ ނަރުހުންނަށް ހެޔޮ ރަހްމަތް ލެއްވުން އެދި ގިނަ ބަޔަކު ވަނީ ދުއާ ވެސް ކޮށްފައެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ވެސް ވަނީ ލޭ ހަދިޔާކުރި ހުރިހާ ނަރުހުންނާއި، އެ މާބަނޑު މީހާ ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި ހުރިހާ އެންމެންނަށް ޝުކުރު އަދާކޮށްފައެވެ. އަދި ވަރުބަލިކަމެއް ނެތި ބަލި މީހުންނަށް ހިދުމަތް ކުރުމަށް ހުޅުމާލެ ހޮސްޕިޓަލް ތައްޔާރަށް އޮތް ކަމުގެ ޔަގީން ކަން ދިވެހި ރައްޔިތުންނަށް އެ ހޮސްޕިޓަލުން ވަނީ ދީފަ އެވެ.

ސިއްހީ ދާއިރާގައި ދިމާވާ އެކިއެކި މައްސަލަތަކުގެ ވާހަކަތައް ދޭތެރެ ދޭތެރެއިން މީޑިއާތަކުގެ ސަމާލުކަމަށް އާދެއެވެ. އެކަމަކު، އެ ދާއިރާގައި އުޅޭ މީހުންގެ ހިދުމަތްތަކުގެ ވާހަކަ މީޑިއާ އަށް ތިލަވަނީ ވަރަށް މަދު ފަހަރެއްގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. އައިންތު

    މާޝާ ﷲ . މާތްﷲ އެހުރިހާ ނަރުހުންނަށާއި އެމީހުންގެ އާއިލާ އަށް ހެޔޮ ރަހުމަތް ލައްވާށި. މީގެ 8 އަހަރު ކުރިން އަޅުގަނޑަށް ވެސް ވިހެއުމަށް ލޭ ދިނުމަށް އެ ހޮސްޕިޓަލްގަ އޭރުގަ މަސައްކަތް ކުރި ބީދޭސީ ނަރުހަކު ކްރޮސްމެޗް ހެދި . އަލްހަމްދުﷲ އަޅުގަޔަށް ލޭ އަޅާކައް ނުއެއް ޖެހުނު އެކަމަކު. މިކަހަލަ ކަންތައްތައް ބަލައި ގަތުން އަސްލުވެސް ވަރަށް މުހިއްމު.

    137
    1
  2. ވައިޑީ

    މާތްﷲ ތިޔަކަބަލުންނަށް ބަރަކަކާތް ލައްވަށި.

    121
    3
  3. ޢާންމު މީހެއް

    ހުޅުމާލެ ހޮސްޕިޓަލްގެ ގައިނީވޯޑްގެ ނަ ރުހުންގެ ޚިދުމަތް އަޅުގްނޑަށް ހަމަ ވަ ރަށް ފު ރިހަމައަށް ލިބުނު. އާންމު ގޮތެއްގަ ހު ރިހާ ނަ ރުހުންވެސް ވަ ރަށް ރަނގަޅޭ އަޅުގަނޑަށް ބުނެވެން އޮތީ.

    101
    • ސަންތި

      ތިޔަ މައްސަލައިގަ ހުޅުމާލެ ހޮސްޕިޓަލްގެ އިހުމާލު ވަރަށް ބޮޑު، ލޭ ދެއްވި ހުރިހާ ނަރުހުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ ނަމަވެސް އެހެން އެތައް ބަޔަކުވެސް ލޭ ދެއްވި، މި ޙަބަރުގަ އެވާހަކަވެސް ފާހަގަ ކޮއްލެއްވިނަމަ ވަރަށް ރަނގަޅުވިސް. ދެން ބުނެލަން އޮތީ ހޮސްޕިޓަލް މެނޭޖްމެންޓް އިސްތިއުފާދީފަ ފަރަށްދާށޭ!

      8
      7
  4. ނަރުސް

    ތިކުރި ހިއްވަރައް ސާބަސް.

    89
    1
  5. މައިސަރާ

    ތިޔަ ލޭހަދިޔާ ކުރި ހުރިހާ ނަރުހުން މާތް ﷲ ހިޔު ރަހްމާތް ލައްވާށީ

    114
    1
  6. Anonymous

    ތިޔަ ލޭހަދިޔާ ކުރި ހުރިހާ ނަރުހުން މާތް ﷲ ހިޔު ރަހްމާތް ލައްވާށި! ޢެމީހުނަށް ފުރިހަމަ ޞިއްޙަތަކާއި ތަނަވަސްކަން މިންވަރު ކުރައްވާށި! އާމީން!

    88
    1
  7. ރާއްޖެ

    ރަގަޅު ކަމެއް. ޝުކުރު ހައްގު. ޢެކަމަު މިފަހުން ކުޑަކުއްޖެގެ ޖިންސީ ގުނަވަން “ފިއްސާލީ” ވެސް ތިތާ ނަރުހުން.

    12
    32
    • ނަން

      މިވަގުތު ތިވާހަކަ ދައްކަންޖެހޭ ސަބަބެއް ނެތް.

      47
      4
  8. ވާނުވާ

    ދުނިޔޭގައި މިއަދު ދޮގު މަައުލޫމަތުދީ ގަދަކަން ދައްކާ ހުޅުމާލެ ހޮސްޕިޓަލްގެ އިސްވެރިންނަށް އުޅެވިދާނެ. ހުޅުމާލޭ ހޮސްޕިޓަލް އިން އިހުމާލުވެފަ އޮތް މައްސަލައެއް ތިއީ.

    11
    17
  9. ޒާ

    ތީނޫންތޯ އިންސާނުންނަށް ޚިދުމަތް ކުރުމަކީ. އެއްވެސް އަގަކާ ނުލާ ކިހާބޮޑު ހޭދައެއްތޯ އެކުރީ.

    32
  10. Anonymous

    ޙާދަ ރަނގަޅޭ، ޙަމްދު لله. ޢެމީހުންނަށް ފާފަ ފުއްސަވާއި ތެދުމަގުގައި ޘާބިތު ކުރައްވައި ރާޖޭގެ އެންމެހާ ކަތައްތައް ﷲ ރުހިވޮޑިގެންވާ މަގުން އިޞްލާޙުކޮށް ރަނގަޅުކޮށް ދެއްވާށި ޔާ ﷲ އާމީން، ހުރިހާ ކިޔުންތެރިން އާމީން ކިޔުއްވުން ވވ. ބޮޑަށް އެދެން! ޢެންމެ ލޭތިއްކަކީވެސް އެހާ އަގުހުރި އެއްޗެއް. ޢެއަށް ﷲ ސުބްޙާނަޙޫ ވަތަޢާލާގެ ޙަޟްރަތުން ލިބޭނެ މަތިވެރި ދަރުމައާ ޘަވާބު މާބޮޑު އިންސާނުންގެ ފަރާތުން ލިބޭ އިނާމާ ތަރުޙީބާށްވުރެ!! ނަމަވެސް އެމީހަކު ﷲގެ ވަޖުހަފުޅަށްޓަކައި (ﷲއަށްޓަކައި) ހޭދަކުރިނަމަ!!އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމުގައި އެހީ ދިން މީހެކޭ ދުނިޔޭގެ އެންމެންގެ ފުރާނަ ސަލާމަތްކޮށްދިން މީހެކޭ އެއްފަދަ ކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ބަސްފުޅުތަކުން އިރުޝާދު ލިބެނީ...

    34
    1
  11. ޗިޗަންޑާބެ

    މޮޅު ކޮއްތު ކާލައިގެން ތިބޭ ފުލުހުންނާއި ޖަލުގާޑުން އަދި ސިފައިންގެ ފަރާތުން މިފަދަ އެމެޖެންސީތަކަށް އެޓެންޑްކުރުމަކީ މަޖުބޫރު ކަމެއް

    19
    5
  12. ބނ

    އަހަރެންގެ އަންހެނުން ވިހަން ގެންދާނީ ހުޅުމާލޭ ހޮސްޕިޓަލަށް

    19
    1
    • މަލް

      ޕްލީޒް ނުގެންދާތި.. މަ މިހިރީ މަރު ނުވެފަ އެމީހުން އަތުން..

      2
      13
  13. މަލިކުރުވާ މާ

    ކަންކަން ކުރަން އޮންނަ އުސޫލުން ކުރާނަމަ ނަރުހުން ލޭ ހަދިޔާ ކުރާކަށް ނުޖެހުނީސް ... މިކަމުން އެނގެނީ މިފަދަ ކަންކަމަށް ތައްޔާރުވެފައި ނުވާކަން ... ލޭ ހަދިޔާ ކުރާނެ މިފަދަ ނަރުހުން ތަކެއް އެތާ އެވަގުތު ނެތްނަމަ މިހަބަރު މިހާ ރީއްޗެއްނުވީސް .......

    15
    2
  14. ސަމީހު

    ނާހަމަ ތެދެއް.. ތީ ހާދަހާ ރަނގަޅު ބަޔެކޭ..

  15. ޢަހަރެން

    ޢަހަރެންވެސް ވަރަށް ބޭނުން ލޭ ހަދިޔާ ކުރަން..

    ޢެކަމަކު ނޭންގެ ލޭގެ ގްރޫޕެއް ވެސް?

  16. نسیم

    މާޝާ ﷲ .އެ 6 ނަރުހުން ދައްކާއެދިނީ قومي ވަންތަކަމުގެ ރިވެތި ނަމޫނާއެއް. މާތްﷲ އެ 6 ނަރުހުންގެ مستقبل އުޖާލާ ކޮށްދެއްވާ އެ 6 ނަރުހުންގެލޮބުވެތި عائلةއަށް ހެޔޮރަހުމަތް މިންވަރުކޮށް ދެއްވާށި.آمین اللهم آمین
    މިފަދަ ކަންތައްތައް دولة ގެ އެކިއެކި މުއައްސާތަކުން ބަލައި ގަނެ٫ އެކަމުގެ އަގު ވަޒަންކުރުމަކީ ވވވ މުހިންމު ކަމެއްކަމުގައި އަޅުގަނޑު ދެކެން. އެއީ، އޭގެސަބަބުން އެފަދަ قومی واجب އަދާކުރުމަށްޓަކައި ރައްޔިތުން ފަސްޖެހުމެއް ނެތި އަތުކުރި އޮޅާލުމަށްފަހު ނުކުންނާނެކަމަށް قبول ކުރެވޭތީ އިނގޭތޯ!.

  17. ލެބް

    ލޭދިނީ 5 ނަރުހުންނާއި 1 ލެބް ޓެކްނިޝަން. ނަރުހުންގެ މަސައްކަތައް ވަރަށް ބޮޑަށް ސާބަސް ދެން. އެކަމަކު އަގު ވަޒަން ކުރާއިރު އެ ލެބްޓެކްނިޝަން ގެ ވާހަކަ އެޓްލީސްޓް މެންޝަން ކޮއްލި ނަމަ. ލެބޯޓްރީ ސައިންސް އަކީ އޮންނަ އެއްޗެއްކަން ވެސް ނޭނގޭ އެތައް ބަޔަކު ރާއްޖޭގަ އުޅޭ. އެހެން ޤައުމުތަކާ ޚިލާފަށް އެ ޕްރޮފެޝަން އަކީ ރާއްޖޭގަ ވަރަށް ބޮޑަށް އަންޑަރ ރޭޓެޑް ޕްރޮފެޝަން އެއް. އެކަމަކު އެއީ އެބަޔަކާ ނުލާ ބަލިމީހަކަށް ފަރުވާނުދެވޭނެ މުހިންމު ބައެއް.

    10
  18. ރަސްގެފާނު

    ރާއްޖެ ޓީވީ ފަށާއިރު ޕްރޮގްރާމަށް އަރާ ކޮސްގަނޑު ބުނީ ނަރުހުން މެދުވެރިވެގެން އެ ހެންމީ ހުންގެ އަތުން ލޭ ހޯދީޔޯ...

    2
    1
  19. ާަގހ

    ޙަޖަމު ކޮަޮއިލަަަ