ނައިބު ރައީސް ފައިސަލް ނަސީމް ކުވެއިތުގެ ބައެއް ޖަމިއްޔާތަކުގެ ވެރިންނާ ބައްދަލު ކުރައްވައި ރާއްޖެ އަށް ގުރުއާން އަދި އަރަބި ކިޔަވައިދޭ މުދައްރިސުން ހޯދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

ކުވެއިތަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ނައިބު ރައީސް ވަނީ އެ ގައުމުގެ ކެމްބްރިޖް އިންގްލިޝް ސްކޫލް- މަންގަފް އާއި އުންމުލް ގުރާ އާއި ބައިލިންގުއަލް އަދި އެމެރިކަން ޖަމަން ސްކޫލަށް ޒިޔާރަތް ކުރައްވައި އެތަނުގެ ވެރިންނާ ބައްދަލު ކުރައްވައިފައެވެ. އެމަނިކުފާނު ވަނީ ސްކޫލްތައް ބައްލަވާލެއްވުމުގެ އިތުރުން އެ ތަންތަނުގައި ބޭނުން ކުރާ ވަސީލަތްތަކާ ބެހޭ މައުލޫމާތު ވެސް ހޯއްދަވައިފައެވެ.

ރައީސް އޮފީހުން ބުނީ ކުވެއިތުގެ ބައެއް ޖަމިއްޔާތަކާ ބައްދަލުކުރައްވައި ޓީޗަރުން ތަމްރީންކުރުމުގެ ޕްރޮގްރާމްގެ އިތުރުން ޤުރްއާން އަދި ޢަރަބި ކިޔަވައިދޭ މުދައްރިސުން ހޯދުމާއި، ދީނީ އެއްބައިވަންތަކަމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އެކި ގޮތްތަކާއި ބެހޭގޮތުން ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރާއި، ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީ ބައިވެރިވެ ވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިހަވަންދޫ ރައްޔިތެއް

    މަދުވަނީ ހައެއްކަ ޤްރުއާން ޓީޗަރުންނޭ ބުނި. އެކަމް މިވީ ކިހިނެއް، އޭ ރިޕޯޓް ލިބުނު މިނިސްޓަރު ކޮބާ. ނުވީތޯ ކަމެއް، ފޮނުވީ ފައިސަލް މިކަމަށްވެސް އަޑުއަރަނީ ރަނގަޅަށްތާ. އިބޫ ޖައްސާ މަޅިތާތީ. ދިރިއުޅުން ހަލާކުުރަން. ސަމާލުވޭ

    2
    1
  2. އެމް ޝަމް

    ތި ކަން ފެއިލް ކޮށްލާނެ މަޖިލީހުން

    2
    1