ޓީއެމްއޭއަށް އާ ސީޕްލޭން ޓާމިނަލް ދޭން ދެކޮޅު ހެދުމާއި ގުޅިގެން، އެމްއޭސީއެލްގެ އިސް ދެ މުވައްޒަފަކުވަކި ކުރި އިރު ވިސްްލް ބްލޯވަރުންގެ ހައްގުގެ ވާހަކަދައްކާ މީހުން ކޮބާތޯ ކުރީގެ ނައިބު ރައީސް ޑރ.ޖަމީލް ސުވާލު އުފައްދަވައިފިއެެވެ.

ޑރ. ޖަމީލް މިފަދައިން ސުވާލު އުފެއްދެވީ، މިދިޔަ އަހަރު ފަހުކޮޅު ވަޒީފާއިން ވަކިކުރި އެމްއޭސީއެލްގެ ދެ މުވައްޒަފުންގެ ވާހަކަ ޝާއިއުކޮށް، މިހާރު ނޫހުން ލިޔުނު ލިޔުމަކާއި އެކު ކުރެއްވި ޓްވީޓެއްގައެވެ.

ޑރ.ޖަމީލްގެ އެ ޓްވީޓުުގައި ވަނީ މި ސަރުކާރުގެ އަމަލުތަކާއި މެދު ސަރުކާރު ލަދުވެތިވާން ޖެހޭކަމަށް ވިދާޅުވެފައެވެ.

އަދި ގޯސް ނިންމުމަކާއި މެދު އަޑު އުފުލާ ބަޔަކު ވަޒީފާއިން ވަކިކުރުމަކީ އެއީ ކޮންހަމައަކުން ކުރި ކަމެއްތޯ އެމަނިކުފާނު ވަނީ ސުވާލުކުރައްވާފައެވެ.

މީގެ އިތުރުން ސަރުކާރުން އެފަދަ ނިންމުމެއް ނިންމެވި އިރު ވިސްލް ބްލޯވަރުންގެ ހައްގުގައި ވާހަކަދައްކާ މީހުން ކޮބާތޯވެސް ޑރ. ޖަމީލް ސުވާލުކުރެއްވިއެވެ.

ޓީއެމްއޭއަށް އާ ސީޕްލޭން ޓާމިނަލް ދޭން އުޅޭ ގޮތާ މެދު، އެމްއޭސީއެލް ތެރޭގައި ހިތްހަމަނުޖެހުން ބޮޑުވެ ތަނުގެ ޚިދުމަތްތެރި ބައެއް މުވައްޒަފުން ވަކިކޮށްފައިވާކަން މީޑިއާގައި ހާމަވުމާއި އެކު އެމްއޭސީއެލްއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒވެފައެވެ.

އަދި ސީޕްލޭން ދުއްވާ ރާއްޖޭގެ އަމިއްލަ ކުންފުނިތަކުގެ ވިޔަފާރި ފުޅާކުރަން އެ ނިންމުމުގެ ސަބަބުން ދަތިވާނެކަން އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

އެމްއޭސީއެލްއަށް އަމާޒުވި ބޮޑެތި ފާޑުކިޔުންތަކަށް ފަހުގައި، އެ ކުންފުނިން ވަނީ ޓާމިނަލް ދޭނީ، ޓީއެމްއޭ އާއި އެހެން އެއާލައިންތަކުން އަމިއްލައަށް އޮޕަރޭޓްކުރާ ގޮތަށް ކަމަށާ، ޓާމިނަލް ދޭނީ 3 އަހަރު ދުވަހަށް ކަމަށް ބުނެފައެވެ.

އެމްއޭސީއެލްއިން ވަނީ އެ މުއްދަތުގެ ތެރޭގައި މުޅި ތަން އެމްއޭސީއެލްގެ ދަށަށް ގެންދާނެ ކަންވެސް ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޯޮޮޮޮޮޮޮޯޯހިތާމަ

    ޓީއެމްއޭއަށް ޓާމިނަލް ދިނުމާދެކޮޅު ހެއްދެވި ދެބޭފުޅުންނަށް މިއޯގާ ތެރިސަރުކާރުގެ ހައްޤު ވާމިންވަރަކީ އެއީ އިނގޭ ތޯ ކީއްކުރާނީ ހުރި ހިތާމައެއް ގެ ބޮޑު ކަމާއޭ