އުމުރުން އެންމެ ދެއަހަރުގެ އަންހެން ކުއްޖާ ރޭޕް ކުރުމުގައި ބައިވެރިވި މީހުން އާއްމުންގެ ކުރިމަތީގައި ދަންޖައްސަވައިގެން އެމީހުންނަށް މަރުގެ އަދަބު ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިއަދު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އުމުރުން އެންމެ ދެއަހަރުގެ ކުއްޖަކު ރޭޕް ކުރުމުގައި ބައިވެރިވި މީހުންނަށް ދަންޖަހައްސައިގެން މަރުގެ އަދަބު ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ސިޓީއެއް ފޮނުވާނެ ކަމަށާއި އަދި އެކަން ކުރުމަށް ހުރި ޤާނޫނީ ހުރަސްތައް ނައްތާލުމަށް ޤާނޫނަށް އިސްލާހް ވެސް ހުށަހަޅުއްވާނެ ކަމަށެވެ.

"އާއްމުންގެ ކުރިމަތީގައި ދަން ޖައްސައިގެން މަރުގެ އަދަބު ދިނުމަށް ހުރި ޤާނޫނީ ހުރަސްތައް ނައްތާލުމަށް ޤާނޫނަށް އަޅުގަނޑު އިސްލާހު ހުށަހަޅާނަން. އެމީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ ދަންޖައްސާ މަރަން ޖެހޭނެ. މުނިކާފަ އާއި ކާފަ އާއި ބައްޕައާ މިއީ ތަންކޮޅެއް ބޮޑުވަރު ނޫންތޯ" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ރައީސް ޞާލިހް އާއި ރައީސް ނަޝީދު ވެސް ކުޑަކުދިން ރޭޕް ކުރުން ފަދަ ކުށްތައް ހިންގަން ޖާގަ ދެއްވަން ބޭނުންފުޅު ނުވާނެ ކަމަށެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ހައްޔަރުކޮށްފައި ހުރި އެމްޑީޕީގެ އިސް މީހެއް ކަމަށްވާ އިބްރާހިމް ރަޝީދު (ހޯރައިއްބެ) އަނބުރާ ޖަލަށް ގެންދަން ވެސް ހުށަހަޅުއްވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ތުއްތު ކުއްޖާ ރޭޕް ކުރި މީހުން ދަންޖައްސަން ހުށަހެޅުމަށް ޖާބިރު ނިންމެވިއިރު ވަރަށް ގިނަ އާއްމުން ވެސް ގެންދަނީ ކުޑަކުދިން ރޭޕްކޮށް ޖިންސީ ގޯނާ ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް މީސް މީޑިއާގައި ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. ޝާހް، ރ.ވާދޫ

    އަނެއްކާ ހިނދޮކޮޅުގަ ހުރި ދުވަހެއް. ކަލޭ ތިހެން ލައްކަ ކަންކަން މަޖިލީހަށް ވައްދައިފީމެއްނު މިހާރު. މަޖިލީހަށް ވެއްދި ކަންކަން ގިނަކަމުން ގައުމުގެ ރައީސަށް ޕްރެޝަރު ބޮޑުވެގެން ރައީސްގެ ކަންކަން ވެސް ކުރަންޖެހެނީ މިހާރު މަޖިލީހުގެ ރައީސަށް. ހެތޮނުވާނެ ކަލޭ ތިކަން ހުއްޓާލާ.

    16
    28
  2. ޜަނޑ

    ކުޑަ ކުދިންނާ ބެހިފަ ހުރި އެންމެން ދަން ޖައްސަން ވީ..

    60
    1
  3. ޙަސަން

    އެއީވެސް ބޮޑުވަރޭ.! އެކަމަކު ހިނޑައިދޫ ބީޗްގައި މަސްތުވެ އެޖެއްސި ވައްތަރުތައްވެސް އެއީ ބޮޑުވަރޭ! ދެންވެސް އެފަދަކަންކަން ނުހުއްޓިގެން އުޅޭ އުޅުން އެއީވެސް ބޮޑުވަރޭ! މަޖިލީހުގައި ތުޔަ ދައްކާ ދެއުޅިއެއނުވާ ވާހަކަތައްވެސް އެއީ ބޮޑުވަރޭ! ކަށިދޫއާއި ގާފަރާ ދޭތެރޭ މާކަނޑުހުރަސްކޮށް ކޭބަލްކާރު އަޅާނަމޭ ބުނުންވެސް އެއީ ތަންކޮޅެއްބޮޑުވަރޭ! މިއީ ހައްތާވެސް ބޮޑުވަރު ކަންތަކޭ، އެކަމަކު މިފަހަރު އޮޅިގެންވެސް ތިބުނެވުނީ ހަމަ ކުރަން ޖެހިފައިވާ ބޮޑު ވާހަކައެކެވެ. ބުނަންހެއްޔެވެ. ޤައު އިސްލާޙްކުރުމުގެ ވާހަކަ ދައްކާ މަތީފަޑީގެ ބޭކަލުންގެ ހުރި އުނި ސިފަތައް ރަގަޅުކޮށް މާތްﷲ އަށް ބިރުވެތިވެގެންނޫނީ ކަންކަން ރަގަޅަށް ނުވާނެއެވެ.

    25
    1
  4. ޖާބެ

    ޖާބެގެ ޙުކުމަކީ އެންމެ ފަހުގެ ޙުކުމް. މިކަން ތަންފީޒުކުރަންޖެހޭ

    51
    1
  5. Anonymous

    ތުއްތުކުއްޖާގެ ބައްޕަ މަސްތުވާތަކެތި ގަންނާނެ ރުފިޔާ ހޯދުމަށް މިކުރާ ކަމަކީ ތުއްތުކުއްޖާގެ މަންމަ މުނިކާފަޔައް ވިއްކާލަނީ

    31
    1
    • ކަންމަތި

      ސެއިސް ހޫ؟ ކުއްޖާގެ އަމާދޯ. އޭނަ މަސްތުވާތަކެތި ބޭނުންކުރޭތަ، ކުރަންޏާ އޭނަ މަސްތުވާތަކެތި ހޯދަނީ ބަޖިޔާ ވިއްކައިގެންތަ. ބަފާ އިހުމާލުވެއްޖެއޭކިޔައިގެން ޖަލުގަ، އަމާގެ އިހުމާލެއްނެތްތަ؟ އެކަމަކު ބަފާ ހައްޔަރުކުރަން ހަވަރުނިކުތްއިރު އަންހެނަކަށްވީތީ އޭނަ އޮތީ ނޫސްތަކަށް އިންޓަވިއުދޭން. ހަގީގަތުގަ ފުރަތަމަ ގޮޅިއަށްލާންޖެހެނީ އޭނައެއްނޫންތަ؟

      17
      9
  6. ސޮނިފުހޭ

    ތީ ސަޅި ވާހަކައެއް ޖާ ބުންޏަސް މިދޭ ތެރޭން މެދުއިރުމަތި ގައުމެއްގައިވެސް އެއަދަބު ދީފި ގާނޫނުގެ ވެރިކަން ކުރަންޏާ ކުށް މަދުވާނެ . އަނެއްކާ ކައޭ އެކަހަލަ ކަމެއް ނުކުރައްޗޭ މަގޭ ދޮންކަލޯޯޯ

    32
    2
  7. ޖާބެ ފޭން

    ޖާބެ ވަރެއް ނެތް

    31
    2
  8. ޒާ

    އަތިރިމަތި ވެއްޔާ މޮޑެވުނުމީހުން ތަޢުޒީރު ކުރަން މަޖިލީހަށް ހުށަހަޅާބަލަ. ތިކަހަލަ ސްޓަންޓް ޖައްސާ މީހެއް ތީ އަބަދުވެސް. ދެއްކެން އުޅެނީ

    19
    5
  9. އައިންތު

    ޖާބިރު މީގެކުރިން އެކަން ކޮއްފަތިބި މީހުންވެސް ދޫނުކުރާތި

    28
    2
  10. ބަރާބަރު

    މި ރާއްޖޭގައި ނުބައި ކަންކަން ޙައްދުފަހަނައަޅާފައި ވަނީ، އިސްލާމީ ޙުކުމް ތަންފީޛް ނުކުރެވޭތީ އެވެ. މަރަންޖެހޭ މީހުން މެރުމާއި، ތަޢުޒީރް ކުރަންޖެހޭ މީހުން ތަޢުޒީރު ކުރުމަކީ އެކަމުގެ ޙައްލެވެ.

    27
  11. ދަވާލި19

    ޖާބިރުގެ ތިޔަނިންމުން ކިތަންމެހާވެސް ރަނގަޅު އެކަމަކު ހިތާމަޔަކީ ޖާބިރުގެ ތިޔަ ހުށަހެޅުން ގަބޫލުކުރާނެ އަދި އަޑުވެސް އަހާނެ ސަރުކާރެއްވެސް އަދި މުއައްސަސާއެއްވެސް މިރާއްޖެއަކު ނެއްކަން މީހިތާމަޔަކީ

    27
    1
  12. ދިިޔާނާ

    ފޮނިކެނޑުމުގެ ނިޔަތުގަ ނަމަވެސް މިފަހަރު ޖާބެ ތިޔަ ދެއްކި ވާހަކަ ރަނގަޅު

    25
    2
  13. ލަކީ އަލީ

    ސާބަސް ޖާބިރޫ

    18
    2
  14. ޢާމިރު

    ރާބޯ މީހުންނަށް ހަދަންވާގޮތްވެސް ބުނެދިންނަމަ ރަގަޅުވީސް

    17
    2
  15. Saman

    ޚޮލަމާފުށިން ބަންދު ކުރިމީހހޙާވެސް ދަންޖަސްސަންވީތަ؟

  16. އ. ޖ. އ

    ދިގު އުމުރުފުޅެއް

    10
  17. ތެދުބަސް

    ދަރިންނާ އަޅާނުލާ ދަރިންނަށް އިހްމާލުވެ ދަރިންނަށް ބޯހިޔާވެހިކަން ނުދީ އުޅޭނެގޮތަކަށް އުޅުމުގެ ސަބަބުން ދަރިންނަށް ގެއްލުންލިބޭ ބަފައިންނަށް ވެސް އަދަބުދިނުމަށް ހުށަހަޅަންފެނޭ

    14
  18. ސުސް

    ކުޑަކުދިންނާ ބެޙޭމީ ހުން މެރޭނީ، މީމުން މަރާފަ ތިބި މީންމެރިގެންނުން..

    13
  19. ކައުން ސިލަރ

    ޖާ ބިރު މަޖިލީ ހަށް ވައްދާފައި ހުރި ހުށަ ހެޅުންތައް ފޮތެއްގެ ސިފާގައި ބޮޑު ތަރުތީބެއް ނެރެން މަ ޖިލީ ހުން ވިސްނަނީ

  20. ާށ

    ކޮންމެ ކަމެއްގަވެސް ވިސްނާލަންޖެހޭ ކަންތައްތަކެއް ވާނެ. ކޮންމެ މީހަކު ކުރި ކަމުގައި ވިޔަސް ކުށް ކުރި ކަމަށް ވަންޏާ އަދަބު ލިބެން ޖެހޭ. އެކަމަކު ފުރިހަމަ ތަހުގީގެއް ކުރަންޖެހޭނެ. ވަކި ބަޔަކު ކިޔާ އެއްޗަކަށް ހެއްލެވޭކަށް ނެތް. މީ ހާލަތު!!!!!!!!!!!!!

  21. އަލްޖިބްރާ

    ޖާބިރު ތިކަން ހުށައެޅިއަސް ތިކަމެއް ނުހިގާނެ ! މީހުން މަރާމީހުނަށް މަރުގެ އަދަބު ދޭނަމޭ މީގެ ކުރިންއޮތް މާބާރުގަދަ ސަރުކާރެކޭ ގޮވި މީހުނަށް ވެސް ނުވި ! ދެނެއްވެސް ނުވާނެ !

    8
    2
  22. ބްރޯ

    އިސްލާމްދިނުގަ ކަނޑައެޅިފައިވާ އަދަބު ދޭންވާނެ.އެ ނޫންއަދަބެއްދިފިނަމަ އެ ވާނީ އަނިޔާއަކަށް ރާބޯ މީހުނަށް ވެސް 80 އެތިފަހަރުން ތައުޒިރު ކުރަން އޮވެ.

    11
    1
  23. ރަޝް

    އިސްލާމީ ޝަރީއަތުގެ އޮންނަ އަދަބެއް ދިނީމަ އެނިމުނީ. ވަރަށް ސިންޕަލް. ހުރިހާ އެންމެންނަށް އޭރުން އުފާފާގަތި ކަމާއި ހިތްހަމަޖެހުން ލިބިގެންދާނެ.

    10
  24. ތިމަންނަ

    އިބްލީސް ބުންޏަސް ތެދެއްވާނީ ހަމަ ތެދަކަށް...

  25. ޖިންސީ ގޯނާއާ ދެކޮޅައް.....

    ރަގަޅު ޖާބިރު ތިނިންމެވި ގޮތް.....???

  26. މަލް

    ޖާ ގެ ބައެއް ޕާޓީތަކުގަ ފާހިޝް އަމަލުތައްކޮށް 18އަހަރުނުފުރޭ ކުދިންނަށް ބެހުނު މައްސަލަތައްވެސް ބަލަންވާނެ!

    2
    2
  27. Anoo

    އާން ތެދު ވާހަކަ އެތީ? މަރާލާ ހަމަ

  28. ރުމޭ

    ޖާބިރު ވަރަށް ބަރާބަރު. މި ގައުމުގަ ތިކަންތައްގަނޑު ވަރަށް ބޮޑުވެއްޖެ މިހާރު. އިންޑިޔާ ތަންތާގަވެސް ދަން ޖައްސަނީ ދޯ ހަމަ....

  29. ހަވަރަށް

    އަދި ކީތް މި އެއްޗެހިން މަގުމަތިން ފެންނަ އިރަށް ގައިގަ ގަލުން ވެސް ތަޅަން ޖެހޭނެ. ރަޖަމު ކަުރޭ

  30. ސަޓޯ

    އަބަދުވެސް ފޫނެއް ފަޔަށް ފެން ފުރާ އެއްޗެއް މިޖާބީރު އަކީ

    2
    1
  31. އެސޮރު

    ފުރަތަމަ ޖާބިރު އިސްލާހުވޭ އޭގެ ފަހުގަ އެހެން ކަންކަމާ އުޅޭ.

  32. އެސޮރު

    ޖާބިރުމެން ކަހަލަ މީހުންގެ ސަބަބުން މިގައުމު މިދަނީ ހަލާކު ވަމުން.