ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އެއްވެސް ސަބަބެއް ނެތި މައްސަލަތައް ކުރިޔަށް ނުގެންދާ ފަނޑިޔާރުންނާއި މެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ބުނެފިއެވެ.

ދަށު ކޯޓުތަކާއި މެޖިސްޓްރޭޓު ކޯޓުތަކަށް ފަނޑިޔާރުން ހުވާ ކުރުމަށް މިއަދު ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖޭއެސްސީއަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި ހުންނަވާ މެމްބަރު މަސްތޫރު ހުސްނީ ވިދާޅުވީ، މިހާތަނަށް ޖޭއެސްސީއަށް އެންމެ ގިނައިން ލިބިފައިވާ ޝަކުވާއަކީ ނުވަތަ މައްސަލައަކީ ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތައް ލަސްވާ މައްސަލަ ކަމަށެވެ. އެގޮތުން މިހާތަނަށް 200އެއްހާ ޝަކުވާ ޖޭއެސްސީއަށް ލިިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދުލު އިންސާފު ލަސްވުމަކީ ރައްޔިތުންނަށް އިންސާފު ލިބިގެން ނުދާ ކަމެއްކަން ފާހަގަކުރައްވާ މަސްތޫރު ވިދާޅުވީ ދެތިން އަހަރު ވަންދެން ޝަރީއަތް ނުނިމިގެން ބައެއް މީހުން ޖަލުގެ ތޭރިތަކުގެ ތެރޭގައި އޮންނަން ޖެހޭ ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަމަކީ ހައްލެއް ގެންނަންޖެހޭ ކަންތައްތަކެއް ކަމަށް މަސްތޫރު ވިދާޅުވިއެވެ.

އެހެންކަމުން އެކަށީގެންވާ ސަބަބެއް ނެތި މައްސަލަ އާދައާ ހިލާފަށް ލަސްވަމުންދާ ނަމަ މައްސަލަ ލަސްވަމުންދާ ކަމުގެ ޒިންމާވާ ފަރާތާއި މެދު ފިޔަވަޅު އަޅާނެ ކަމަށް މަސްތޫރު ވިދާޅުވިއެވ. އެއީ ފަނޑިޔާރަކަށް ވިޔަސް އެ ފަނޑިޔާރަކާ މެދު ފިޔަވަޅު އަޅާނެ ކަމަށާއި އެ މަސައްކަތް ޖޭއެސްސީން ފަށާފައިވާ ކަމަށް މަސްތޫރު ވިދާޅުވިއެވެ.

ހުވާ ކުރެއްވީ، ކްރިމިނަލް ކޯޓަށް އައްޔަން ކުރެއްވި ބޭފުޅަކާއި ސިވިލް ކޯޓަށް އައްޔަން ކުރެއްވި ހަތަރު ބޭފުޅަކާއި ކ. ގުރައިދޫ މެޖިސްޓްރޭޓޫ ކޯޓަށް ބޭފުޅެއްގެ އިތުރުން ތ. ހިރިލަންދޫ މެޖިސްޓޭޓު ކޯޓަށް އައްޔަންކުރެއްވި ފަނޑިޔާރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މައްސަލަ

    މިއީ ރަނގަޅުކަމެއް. އެކިބާވަތުގެ ކޮރަޕްޝަނާހެދި އަދި މިއަދާހަމައަށް ކުރެވިފައި ނުވާކަމެއް. މިފަދަ ނިޒާމީ ކަންކަން ހައްލުކުރުމަށް ސަރުކާރުން ބާރަށް މަސައްކަތް ކުރާނަމަ މިސަރުކާރަށް ތަރުޙީބުލިބޭނޭ. ނުވާނަމަ ބާލާނަން.

  2. Anonymous

    މިޤައުމުގެ ހަލާކަކީ އަންނި ކޮން ހެޔޮ ބަދަލެއްތޯ އައީ ތިމާމެން ހިތް ނޭދޭ ބަޔަކު ކަ ހަރުވަކެކޭ ކިޔާފައި ވަކިކޮށްފައި ބޭނުން ޕަޕެޓްތަކެއް ފަނޑިޔާރުންނަށް ލެވުނީމަތޯ އައި ހެޔޮ ބަދަލަކީ.

  3. ޒާ

    އަނގައިން ކޮންމެ ކަމެއްވެސް ހަަމަޖައްސާލެވިދާނެ. ޝަރީޢަތާއި ނުލައި އެތައް ބަޔަކު ޖަލުގައި ބަންދު ކޮށްފަައިވޭ. އެއީ އަދުލު އިންސާފުގެ ބޭރުން މީހުންނަށް ދޭ އަނިޔާ. މަހުޝަރު ދުވަހުން އެކަމުގެ ހައްގު ޖަޒާ ޒިންމާވާ މީހުންނަށް ލިބޭނީ.

  4. ހުސައިން އިބްރާހީމް

    ފިޔަވަޅުއަޅަން މާލަސްވެއްޖެ ބޮޑުމުސާރައާއި އެލަވަންސް ދީގެންގެންގުޅޭބައެއް މިހެންވެމިކަންކަން
    ބަލާފައިކުރިޔަށްގެންދަންވީއެވެ.

  5. ދގ

    ވެއްޖެ އެންނު ތިކަން ކުރަން މިހާރު. ވާނުވާގަ ބައިތިއްބާފަ ކިތަށް މީހުން.