ފަސޭހަކަމާއި އެކުގައި މައްސަލަތައް ހައްލު ކުރުމަށް ސަރުކާރަކަށް ދޭންޖެހޭ ހުރިހާ އެއްޗެއް ދިވެހި ރައްޔިތުންގެ ފަރާތުން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަށް ދިނުމުންވެސް ރާއްޖެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލު ނުވާތީ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) އެޕާޓީއަށް ސުވާލެއް ކުރިމަތިކޮށްފިއެވެ.

އިބްރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތް ހިންގުމަށްޓަކައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހުރިއްޔާކަން އެމްޑީޕީއަށް ދިވެހި ރައްޔިތުން ދީފައިވާ ކަމަށާއި މަޖިލީހުގެ ސުޕަ މެޖޯރިޓީވެސް އެމްޑީޕީއަށް ދިވެހި ރައްޔިތުން ދީފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް އެވަރުން ފުދެން ޖެހޭނެ ކަމަށް އިބްރާ ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލަތައް ހައްލު ނުވަނީ ކީއްވެގެންތޯ އޭނާ ވަނީ ސުވާލު ކުރައްވާފައެވެ.

 

 

އިބްރާ މިފަދައިން ވިދާޅުވެފައި މިވަނީ ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް އެކުއްޖާގެ ކާފައާ މުނިކާފަ ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެ ގިނަ ބަޔަކު ސަރުކާރާއި ކަމާ ގުޅުންހުރި އިދާރާތަކަށް ފާޑު ކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ. އަދި އެ މައްސަލަ ފެންމަތިވުމާއި ގުޅިގެން ޖިންސީ ގޯނާ ކުރުމުގެ އެތައް މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ.

އިބްރާ މިފަދައިން ވިދާޅުވިއިރު ސަރުކާރުން ހިންގާ މައިޕާޓީ އެމްޑީޕީއާ ސަރުކާރު ކޯލިޝަން ޕާޓްނަރު އަދާލަތު ޕާޓީން މި މައްސަލަ ކުށްވެރިކޮށް އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. އެކަމާއި ވެސް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޟބޖފ

    ކަލޭމެންގެ ގޭތެރޭގައި ކަންކަން ގޮސްފައި އޮންނާނެ ހާލު އަހަރެން ހިތައްއަރަނީ.

    34
    1
  2. ލަބްނާ

    ދެކޮޅަށް އެއްޗެއް ބުނެވޭނެތަ؟ އެޒަމާނުގައި އާންމު ކަމެއް.

    15
    1
    • އިބު

      އެމްޑީއެން އުވާލުނުން އެކަމާ ހިތް ހަމަނުޖެހިފަ ހުންނަނީ

      17
      1
  3. އެމް ޝަމް

    އިބްރާހިމް އިސްމާއިލް ތި ސްވާލު ތައް ކުރާކަން ނުޖެހޭނެ ޤްރްއާން ގައި އަންގަވާފައިވާ ގޮތަށް ގާނޫން ހެދި ނަމަ. އަދިވެސް ބަލާ ދީނަށް ފުރައްސާރަ ކުރެވޭތޯ

    44
    3
  4. ދަވާލި19

    އިބުރާ ހުރިހާކަމެއްވެސް ހައްލުކުރެވޭނީ ކައުންސިލް އިންތިހާބު ބޮޑުމެޖޯރިޓީއަކާއެކު އެމްޑީޕީއައް ލިބިގެން އެހެންނޫނީ ކިހިނެއް ސަރުކާރު ރަނގަޅައް ހިންގޭނީ

    8
    29
    • އައްޑޫސިޓީ

      ހުރިހ ހާކަމެއް ހައްލު ކުރެވޭނީ ކޮންމެދިވެ ހިރައްޔެތަކީ އެމްޑީޕީ މެމްބަރަކަށް ވީދުވަ ހަކުން.

      12
      5
  5. މޫސާ މަނިކު

    ޝަހިންދާގެ މައްސަލައަކީ ވަކި ދީނީ ގޮތުން ބަލާއިރު ހަމަ ކުޑަ މައްސަލައެއް ނޫން. އެ މައްސަލަވެސް މި ސަރުކާރުން ބަލާ ފިޔަވަޅު އަޅާން ވަނީ ނުކުޅެދިފައި. އިބްރާ އަކަށް އެކަމެއް ހަމަނޭގުނު ތާ! އިސްލާމްދީނުގެ ހައްދު ކަޑައެޅިފައިވާ ކުއްތަކަށް އަރަމުން ދާމީހުންނަށް ފިޔަވަޅު އެޅުމަކީ ކޮބާ ކަންވެސް ހަމަ އިބްރާ އެބަޖެހޭ ދަސް ކުރަން. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާމީހުންނާއި ދިނާއި ޚިލާފު އަމަލްތައް ހިފާ ހައްޔަރުކޮށް އަދަބު ދޭނަމަ މިފަދަ އަމަލްތައް ހުއްޓޭނެ

    21
    2
  6. ހުސޭނުބޭ

    އަވަހަށް ޒިނޭކުރާ މީހުން ހައްދުޖަހަންފަށާ! އޭރުން މީނަކުރާ ސުވާލު ހުސް އަވަގުރާނައަށް ވާނެ!

    21
    1
  7. މަރުމޯލު

    ތިންގޮލާ އެއްކޮށް ދިނީމާވެސް އެއުޅެނީ ނުވެގެން.

    11
  8. އައްޔަ

    ދެން ބޭނުންވަނީ ހިތަކަށް ކައުންސިލްތައް ދިނުން. އެއަށްފަހު ފަޅުތަކާ ރަށްތައް ދޭންވީ ބުނި މުއްދަތަކަށް ކުއްޔަށްދޭން. އެވަރުންވެސް ބުނާނީ ކުރީ ސަރުކާރުން ހާވާފަ ހުރި ހަޑި ފިލުވަންށޭ ފުރަތަމަ 5 އަހަރު ދިޔައީ އަދި އިތުރު 5 އަހަރު ބޭނުމޭ.

    11
    1
  9. އަލްޖިބްރާ

    ހުރިހާބާރެއް ނަގާ އަމިއްލަ އަންބޮޑިއަށް ޖެހި ސަރުކާރަށް ކަންތައްތައް އިސްލާހު ނުކުރެވުނީ ކޮންބާރެއް ނެތިގެން ތަ ؟

    11
    6
  10. ކުދުބެއްޔާ

    މުޅިޤައުމު ހިތަކައްލިބުނަސް ނުވާނެ ކަމެއްކުރަން އެނގޭބަޔަކައްދޯ ކަންތައްކުރެވޭނީ ނޭންގޭބަޔަކައް އަތުގަހިފަގެންގޮސް ދެއްކިޔަސް ނޭންގޭނެ ކުރާކައް އެމީހުންނައްއެނގޭނީ މަގުމަތީސަކަރާތްޖަހަން އުނދަގޫކުރަން ވަރައްމޮޅުވާނެ އެކަމައް

    11
  11. އެންދެރި

    އެބުނަނީ އެމްޑީއެން މައްސަލަ ހައްލު ނުވާ ވާހަކަ އެވެ.

    9
    1
  12. ދުންމާރި

    މި ލާދީނީ މުޑުދާރު އަނެއްކާ މީޑިޔާއަށް ތިލަވީ ކޮން ކަމެއް ބޭނުންވެގެންބާ؟؟؟

    12
    2
  13. މަކިނބޫ އެޓް ދުބާއީ

    މަށަށް އެއިރުގަ ވެސް އިނގޭ މިހެންކަން ކަންކަން ވާނީ.. ދިވެއްސަކަށް ވީތީ ލަދު ގަންނަ ހިސާބަށް ކަންކަން ގޮއްސި. މަވެސް ޔޫސޭ ދިޔަ ގޮތަށް ރާއްޖެ ދޫކޮށް ދާންވެއްޖެ. އެނބުރި ނުވެސް އަންނާނަން ގޮއްސިޔާ!

  14. ހައްޕު

    އެމްޑީޕީއަށް މުޅި ދިވެހިރާއްޖެ ދޭންވީނުން. ރާއްޖެ ރަގަޅު ވޭތޯ ބަލަން... މުޅީ މަޖިލިސް މެމްޑީޕީ.. ސަރުކާރުގެ ގިނަ މިނިސްޓްރީތައް އެމްޑީޕީ.. އަދި ގިނަ ކުންފުނިތަކުގައި އެމްޑީޕީ.. އަތޮޅު ކައުންސިލް އެމްޑީޕީ... ދެން ކޯޗެއް ނެތިގެންތޯ ރާއްޖޭގެ މީހުންނަށް ކަންކަން ނުކޮށްދެވިގެން މިއުޅޭނީ.. ހަމަ އަންތަރީސްވާވަރުވޭ.