މާލެ ތަރައްގީ ކުރުމުގައި ހުވަފެންތަކެއް އެބަހުރި ކަމަށާއި އެ ހުވަފެންތަކުގައި ކުލަ ޖައްސައިދެވޭނީ މޭޔަރު ކަމަށް އޭނާ ހޮވައިގެން ކަމަށް އާދަމް މަނިކު (ސަރަނގު އާދަމް މަނިކު) ވިދާޅުވެއްޖެއެވެ.

އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް އާދަމް މަނިކު ވަނީ ނިންމަވައިފަ އެވެ. އޭނާ ބޭނުން ވަނީ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކޮށް، އެ ޕާޓީގެ ޓިކެޓުގައި މޭޔަރު ކަމަށް ނުކުންނެވުމަށެވެ.

މާލޭގެ މޭޔަރު ކަން މީގެކުރިން ވެސް ކުރެއްވި އާދަމް މަނިކު މިދިޔަ ހަފްތާގައި "ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މާލެ އަށް އެކިއެކި މައްސަލަތައް ދިމާވެފައިވާ އިރު، އެ މައްސަލަތައް ހައްލު ކުރެވޭނީ އޭނާ މޭޔަރު ކަމަށް އިންތިހާބުކޮށްގެން ކަމަށެވެ.

އާދަމް މަނިކު ވިދާޅުވި ގޮތުގައި ރާއްޖޭގެ ވެރިރަށް މާލޭގެ މޭޔަރު ކަން އެންމެ ފުރަތަމަ ކުރެއްވި އިރު، މާލެ އަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އިހްލާސްތެރިކަމާ އެކީގައި މަސައްކަތް ކުރައްވައި ބަދަލުތައް ގެނެސްފައިވާނެއެވެ. އަދި މާލޭގެ މޭޔަރު ކަމަށް ދެ ވަނަ ފަހަރަށް ވާދަކުރައްވަން ނިންމެވީ މާލެއާ މެދު ދެކޭ ހުވަފެންތަކުގައި ކުލަ ޖައްސަން ކަމަށް އޭނާ ވިދާޅުވިއެވެ.

ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އާދަމް މަނިކަކީ މާލެ ސިޓީގެ ތަރައްގީއަށް ބޮޑެތި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އޭނާ ވިދާޅުވި ގޮތުގައި މާލެ އަށް ބަދަލުތަކެއް ގެނައުމުގެ ތަޖުރިބާ އާއި އަޒުމް އޭނާގެ ގައިގައި އެބަހުއްޓެވެ. މީގެކުރިން އާދަމް މަނިކު ވިދާޅުވި ގޮތުގައި މާލެއިން އެހެން ބަޔަކަށް ކަމެއް ވާނީ މާލޭގެ ރައްޔިތުންނަށް ކަންކަން ފުރިހަމަކޮށްދީފަ އެވެ.

"މާލޭގެ ރައްޔިތުން ހަގީގަތުގައި ވެސް އުޅެމުން ދަނީ ވަރަށް ހާލުގައި. އެންމެ ފުރަތަމަ ކަމަކަށް އެބަޖެހޭ އެމީހުންނަށް ރަނގަޅު ބޯހިޔާވަހިކަމުގެ ނިޒާމެއް ތައާރަފު ކޮށްދޭން. ބޭންކުތަކުން އެމީހުންގެ ގެތައް ހެދުމަށް ފަސޭހައިން ލޯނުތައް ދޫކުރަން އެބަޖެހޭ. އެކަންކަމާއި ސީދާ އަޅުގަނޑު އުޅޭނަން،" އާދަމް މަނިކު ވިދާޅުވިއެވެ.

އާދަމް މަނިކު ވިދާޅުވީ ވޯޓު ހޯދަން ކޮންމެ މީހަކުވެސް ދިއުމުން ރައްޔިތު މީހާގެ ހާލަތު ކިޔައިދީ އެ ކަންކަން ރަނގަޅު ވާނެ ކަމުގެ ޔަގީންކަން ދީ ވޯޓު ދިނުމަށް އެދެމުންދާ ކަމަށެވެ. ނަމަވެސް ރައްޔިތުންނާ ހަމައަށް ވޯޓު ހޯދަން އޭނާ ވަޑައިގަންނަވަނީ ޕްލޭނަކާއި އެކުގައި ރައްޔިތުންގެ މޫނު މައްޗަށް ހިނިތުންވުން އަންނާނެ ފަދަ ވާހަކަތައްވެސް ހިފައިގެން ކަމަށް އާދަމް މަނިކު ވިދާޅުވިއެވެ.

"މިހާރު މާލެ މީހުންނަށް ދެއްތޯ މިތަނުން އެންމެ ބޮޑު ހައްގެއް މިއޮތީ. އެހެންވީމަ އެމީހުންގެ ހައްގުތައް އެއްކައިރި ކޮށްފައި އެހެން ބައެއްގެ ހައްގުތައް ހިމާޔަތް ކުރުމަކީވެސް ކޮށްގެން ވާނެ ކަމެއް ނޫން. އަޅުގަނޑު އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ ރާއްޖޭގެ ރަށްރަށުން މާލެއަށް ވަޑައިގެން ތިއްބެވި އަޅުގަނޑުމެންގެ އަހުންނާއި އުހުތުންނަށް ދަންނަވާ ކުޑައިމިސް ބަހެއް ނޫން މިއީ. އެކަމަކު އެބޭފުޅުންގެ ހައްގުތަކާއި އެއްވަރަށް މާލޭގެ ރައްޔިތުންގެ ހައްގުތައްވެސް ހިމާޔަތް ކޮށްދެންޖެހޭނެ.،" އާދަމް މަނިކު ވިދާޅުވިއެވެ.

އާދަމް މަނިކަކީ މާލޭގެ މޭޔަރަކަށް ހުރި އިރު، ބައެއް މީހުންގެ ލޯތްބާއި ތާއީދު ލިބުނު މޭޔަރެކެވެ. އާދަމް މަނިކު ވަނީ އޭނާގެ މޭސްތިރިކަމުގެ ދަށުން މާލެއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ޕާކިންގެ މައްސަލައަށް ހައްލެއް ހޯދައި ދެއްވާފައެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލެއަށް މިހާރު ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭނެއެވެ. ނަމަވެސް އެކަންކަން ކުރެވޭނީ އެކަންކަން ކުރެވޭނެ ވަރުގެ ބޭފުޅަކު މާލޭގެ މޭޔަރު ކަމަށް ވަޑައިގަތުމުން ކަމަށް ތަކުރާރުކޮށް އާދަމް މަނިކު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ދެރަކަމެއް

    މީ ކީއްކުރެވޭ މީހެއް. ފޮނި ވަަހަކަ....

    13
    1
  2. ދޮން ހަސަނު

    ސަރަނގު އާދަމްމަނިކު ކުލަޖައްސާދޭންވީ ސަރަނގު އާދަމްމަނިކުގެ އާއިލާގެ ހުވަފެންތަކަށް ކޮންމެހެން މާލޭ ރަށްވެހިން ވާވައްދަން އުޅޭނެކަމެއްނެތް ތިމާގެ ތަނަވަސްކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން އާއިލާ ބިކަހާލުގަ ތެޅެނީ އެކަން ހައްލުކުރުން މާ މުހިންމުވާނެ

    15
    1
  3. އަހްމަދު

    އެހުވަފެންތަކުގައި މާލެ މާލެއަކަށްވާ ނާސިގެ ތައްވެސް ހަދަންވާނެ.

    9
    1
    • ނުޖެހޭ

      ނާސިގެ ނުޖެހޭނެ ހަދާކަށް

  4. ޢަލިބެ

    މާލެ މިއޮތީ ވާންވީއެތި ވެނިމިފަ. މާލެއުފަން މާލޭގެ ރަށްވެހިންގެ ރަޖިސްޓަރީގައި ހިމެނޭމީހުން ބޯހިޔާވަހިކަމަށް އެދިއެދި ތިއްބާ ރާއްޖޭގެ އެހެންރަށްރަށުގައި ތިބި ތަންދޮރުފިލާ އެންމެން މާލެގެނެސް މާލެއިން ގޯތިދިނީ. ރަށްރަށަށްވެސް ވީ ގެއްލުން. މާލޭގެ ރަށްވެހިންނަށް މިހާރު ޖެހިފައިމިވަނީ ވަރަށް ނިކަމެތި ޙާލެއް. މިކަމުގެ ފުރިހަމަ ޒިންމާ 1978 އިން 2008 އަށް ރާއްޖޭގެ ރައީސްކަންކުރި މައުމޫން ޢަބުދުލްޤައްޔޫމް އުފުލަންޖެހޭނެ. ވިލިނގިލިން ގޯތި ދީފައިވާ ފަރާތްތައް އެކަނިބަލާލިޔަސް މިކަން ހާމަވާނެ.

    4
    1
  5. ޢަލީކޮއި

    ކކކަލޭމެން ގައިގަ ރީނދޫ ކުލަ ޖައްސާ

  6. ހުޅުރާއްޖެ

    އެ ވިދާޅުވާ ހުވަފެންފުޅުގައި ކުލަޖެހޭއިރު، މާލެ މާލެއަކަށްވާއިރު މާލޭގައި އެމަނިކުފާނު ވިދާޅުވެފައިވާ ގޮތަށް ގައިމޮޑެދޭ ތަންތަނާއި ހިތްއުފާކޮށްލަން ބޮވޭނެ ތަންތަން ހުންނާނެ. ކުރިން އޮތީ އެ ހުވަފެން ވިދާޅުވެދެއްވާފައި ނޫންތޯ.

  7. ކުލަ

    ތެދުފުޅެއް ކުލަ ޖައްސަ ދޭނެ ފިސާރި ރަނގަޅަށް

  8. ހުސޭނުބޭ

    މި ބޭ މިއީ އަދިވެސް ނިދާފައި އޮތް ބެއެއް! އެހެންވީމާނޫންތަ ހުވަފެން ދެކެނީ!

  9. އެސޮރު

    ދެން ތިހާ ދުވަސްވީމަ ތިކަންކަމާ ނޫޅެ ގޭގަ އޮށނަން ވީނުން.