އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީއިން ވަކިވެ، ރަށެއްގެ ހައިސިއްޔަތު ހޯދުމަށާއި އެ ދެ ރަށުގައި ރަށު ކައުންސިލް އުފެއްދުމަށް، އެ ރަށުގެ ރައްޔިތުން ސޮއިކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ޕެޓިޝަނެއް ހުށަހަޅާގޮތަށް ނިންމައިފިއެވެ.
އެ މަސައްކަތް ކުރަމުންދަނީ އައްޑޫ ސިޓީގައި އެ ދެ އަވަށް އެކަހެރިކޮށްފައިވާކަމަށް ބުނެ، ޒުވާނުންގެ ބަޔަކު އިސްނަގައިގެންނެވެ.
"އަފިރިންގެ ކައުންސިލް އަފިންނަށް" ނަމުގައި ހުށަހަޅާ އެ ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެ ޕެޓިޝަނުގައި، ހުޅުދޫ އާއި މީދޫ ރައްޔިތުން ބޭނުންވަނީ ދެ ރަށުގައި ރަށު ކައުންސިލެއް އުފައްދަން ކަމަށް ބުނެފައިވެއެވެ.
އަދި އެ ކައުންސިލްތަކަށް ރާއްޖޭގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ލިބޭ ބާރުތަށް ލިބެން ބޭނުންވާކަން ފާހަގަކޮށްފައިވެއެވެ.
"ވަގުތު"އަށް އެ މަސައްކަތުގައި އިސްކޮށް އުޅުއްވާ، ސިޔާދު އަހުމަދު ވިދާޅުވީ އެ މަސައްކަތް ކުރަމުންދަނީ އައްޑޫ ސިޓީގައި އެ ދެ އަވަށް އެކަހެރިކޮށްފައިވާތީ އެ ދެ އަވަށަށް ލިބެން ޖެހޭ ހައްގުތަކުން މަހުރޫމުވާތީ ކަމަށެވެ.
އެގޮތުން އިދާރީ ކަންތައްތައް އަމިއްލާ ނިންމުމުގެ އިޚުތިޔާރު ނެތުމާއި ވަރަށް އާދައިގެ ކަންކަން ނިންމަން އައްޑޫ ސިޓީގެ ހިތަދޫއަށް ދާން ޖެހުމަކީ އެ ދެ އަވަށުގެ ރައްޔިތުން ކަންބޮޑުވާ ކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިތުރަށް ސިޔާދު ވިދާޅުވީ މީގެ ކުރިން ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައިވެސް ހުޅުދޫ އާއި މީދޫއަށް ތިން ގޮނޑި ހަމަޖެހިއްސިކަމަށެވެ. އެހެންނަމަވެސް ފަހުން އެ ދެ ދާއިރާގެ ތެރެއިން، ކޮންމެ ދާއިރާއަކަށް އެއްގޮނޑި ހަމަޖެއްސުމުން ގިނަ ބައެއްގެ ހައްގުތައް ގެއްލުނުކަމަށް ޤަބޫލުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.
އެ ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންދަނީ ބްލޮކްތަކަކަށް ބަހާލައިގެންކަމަށްވެސް ސިޔާދު ވިދާޅުވިއެވެ. އެ ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ހުޅުދޫގައި ވެސް ވަރަށް ބާރަށް ކުރިއަށްދާކަމަށް ސިޔާދުވަނީ ވިދާޅުވެފައެވެ.
"އަފިރިންގެ ކައުންސިލް އަފިންނަށް" ނަމުގައި ހުށަހަޅާ އެ ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެ ޕެޓިޝަނުގައި، ހުޅުދޫ އާއި މީދޫ ރައްޔިތުން ބޭނުންވަނީ ދެ ރަށުގައި ރަށު ކައުންސިލެއް އުފައްދަން ކަމަށް ބުނެފައިވެއެވެ.
އަދި އެ ކައުންސިލްތަކަށް ރާއްޖޭގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ލިބޭ ބާރުތަށް ލިބެން ބޭނުންވާކަން ފާހަގަކޮށްފައިވެއެވެ.
?? ކަލޭމެން ބޭނުންހާ ކުޅިއެއް ނުކުޅެވޭނެ. މަށަކީވެސް އައްޑޫ ރައިއްޔަތެއް މަގޭ ބަހެއްވެސް އޮންނަންޖެހޭ. މަ ގަބޫލެއްނޫން ކަލޭމެން އެކަހެރިވެ ނިކަމެތި ބައެއްގެ ގޮތުގައި ދިރިއުޅެން. އަހަރަމެން މިއުޅެނީ ކަލޭމެން އައްޑޫ ގަމުން އެއްފަސްގަޑަކުން ގުޅާލަން. އިބޫސާލިހު ބޭނުމެއްނުވާނެ ކަލޭމެން ނިކަމެތި ކުރާކައް.
ހުސްނޫ އަލް ބަޖިޔާ ފަނޑިޔާރު އަޑީގަ ހުރެގެން އަނބުރާ ގޭސް.. އެންމެ ދެމީހުންނާ ފަޅި ކޮން ވަކިވުމެއް ވަކިވާކަށްތަ،،
އައްޑޫ ގަމުން އެއްފަސްގަޑަކުން ގުޅާލަފަ ތިވާހަކަ ދައްކާ. މިހާރު ބޭނުމެއް ނޫން އައްޑޫ ސިޓީ އާއި އިދެގެން އުޅޭކަށް؟ ވަރިވާން ބޭނުންވަނީ؟
އައްޑޫ ގަމުން އެއްފަސްގަޑަކުން ގުޅާލަފަ ތިވާހަކަ ދައްކާ. މިހާރު ބޭނުމެއް ނޫން އައްޑޫ ސިޓީ އާއި އިދެގެން އުޅޭކަށް؟ ވަރިވާން ބޭނުންވަނީ؟
ބޭނުންވިޔަސް ނުވިޔަސް ތީ އައްޑޫ އަތޮޅު އެތަން އޮއްކޮށް ސިޓީއަކަށް ހެދީމަ ކަލޭމެންވެސް ހިމެނޭނެ.. ނޯ ވަކިވުން ވަކިވެގަތުމަކީ ނިކަމެތިކަމެއް
އެބުނަނީ ތެދެއް މީދޫ ގައި އުޅެނީ މީގެ 5000 އަހަރުގެ ކުރީގެ ވިސްނުން ތިބިބައެއް.
އައްޑު އަތޮޅުގައި ތިބި އެންމެ ޢިލްމީ ޤާބިލް މީހުން ތިބީ ހުޅުދޫ އާއި މީދޫގައި..
ތިޔަ ސިޓީއެއް ހެދިފަހުން ހިތަދޫ ފިޔަވައި ހުރިހާ ރަށެއް ބާކީ ވެއްޖެ. މިސާލަކަށް ބަލަންޏާ ޒަމާނުއްސުރެ އައްޑުއަށްދާ ހުރިހާ ޔޮޓުފަހަރެއް ބަނދަރުކުރަނީ ގަމާއި ފޭދޫއާއިދޭތެރޭ، އެކަމަކު ޔޮޓުމެރީނާ ހަދަން މިޖެހެނީ ހިތަދޫ ފުއްޓަރުފަރާތުގަ. ހިތަދޫއަށް ހުރިހާކަމެއް ޖަމާކުރަމުން ދަނީ. އެހެން ރަށްރަށްވެސް މިކަމާއި ވިސްނަންޖެހޭ.
މާސް ހުޅުދޫ .. މަދެނެހި ކަމަށް ނުންތޭ...
ތި ހިތަދޫ މީހުން ވަރަށް ވަގުވާނެ
ތިދެރަށުގަ ގިނައީ ހުސް ފަޅުގެތަށް!އެކަމަކު އަދިވެސް ވަކި ކައުންސިލޭތަ ތިކިޔަނީ!
ހުޅުދޫ މީދޫ ރަށްޔަތުން ދާއިމީގޮތަކަށް ތެތާނގައި އުޅޭމީހުން އެހެންވީމާ އެރަށަކު ދިރިއުޅޭ ރަށްޔަތުން ގޮތެއްނިންމަން ޖެހޭނީ އިނބޫއަކަށް އީސީޝަރީފަކަށް ނޭނގޭނެ އެމީހުނެއް ނޫން ހުޅުދޫ މީދޫ ދިރިއުޅެނީ އެރަށެއް ގެރަށްޔަތުންނާ ދެކޮޅަ ށް ސަރުކާރަށް އެއް ވެސްކަމެއްނިން މިގެންވުވާނެ!!!
އައްޑޫގައި ކުނިން ހަކަތަ ފެންއުފައްދާ މަޝްރޫއުއަށް ލޯނު ހަމަޖެހިއްޖެއޭ ތީކިހާވަރެއްގެ ބޮޑު ތެދެއްބާ ވޯޓު ގަތުމަށް ތޯ ލޯނުހަމަޖެހުނީ ކަމެއްނުވިޔަސް ކައުންސިލް އިންތިހާ ބަށް ރަށްޔަތުން ގުބޯ ހެއްދިޔަސް ތީބޮޑުވަރު ގުބޯސަރުކާރު!!!
ކުނިން ހަކަތައުފައްދަން ދިމާކުރަނީ، މިއުޅެނީ ޑީސަލުން ކަރަންޓު އުފައްދާއިރު ދުވާލު ދެދަޅައަށް ހަމައަށް ކަރަންޓު ނުދެވިގެން.
ރައްޔިތުންގެ މަޖިލީސް ގޮނޑި ވެސްދިނީ ރާއްޖެތެރޭ މީހަކައް ތިދެރަޝައްނިސްބައްވާމީހެއްނ
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހޯދަން ޕެޓިޝަނެއް ހުޝައަޅަންފެނޭ އައްޑު އަތޮޅުން ބަހާފަ ގޮނޑިއެއްދިނީމަ ވީވަރު ތިދެރަޝުގަ ބޭރުމީހުން ވަރައްގިނަ ބަންގާޅި ވީމަތިވަރު ކަމެއްކޮއްފިނަމަ ކިހިނެއްވާނީ ރަޝުގަ ބަޔަކުނުއުޅޭ ގިނަމީހުންވަނީ ދިރިއުޅުން މާލެއައްބަދަލުކޮއްވަ
އައްޑު އަތޮޅަކީ ޔެލޯ ސީޓީ!ސިޓީ ގައި އުޅުނަސް އެޖެންޑާ 19ގެ ދަށުން ޖަޒީރާ ވުން ބުއްދިވެރި! ޢެގޮތް ސަޅިވާނެ! ސެލްފީ ނެގޭނީ އޭރުން!
They baakin veyndey thanaky, the rah falha rashahge gothe hadhaah petition hadhafele ?
ހދ އަތޮޅުން ސިޓީގެ ދަރަޖަވެސްދިނީ ހަމައެކަނި ކުޅުދުއްފުއްޓަށް އެއަތޮޅުގެ އެހެންރައްތައް ހިމަނައިގެނެއްނޫން ވީއިރު އައްޑުއަތޮޅުވެސް އޮންނަންވާނީ އެގޮތުގައި ކުޑަމިނުން އެއްގަމުމަގުން ދަތުރުނުކުރެވޭނަމަ އެއީ ސިޓީއެއްކަމަށްބެލެވިގެންނުވާނެ ނޫންނަމަ 10 ހާސްމީހުން ހަމަވާ ކޮންމެއަތޮޅެއް އޮންނަންވާނީ ސިޓީއެއްގެ ދަރަޖަދެވިފައި ހުޅުދުއާއި މީދޫގެ ޒުވާނުން ތިފެށި މަސައްކަތަށް މަރްހަބާ
އާން ވަކިކޮއްފަ އިންޑިޔާއައް ދޭން އެރާވަނީ. ގަމާރުކަނަ މަތީ ކުރިޔައް.
ހުޅުދޫ އަދި މީދޫގެ 48% މީހުން ރަޝުގައުޅެނީ ބާކީ އެންމެން މާލޭގަ ދިރިއުޅެނީ ހުޅުދޫގަ ދިރިއުޅެނީ 1600 މީހުންކަމައް ވޭ ދިރިއުޅޭގެތަކައްވުރެ ފަޅުގެތައް ގިނަ އެކަމަކުވެސް 3 ކައުންސިލަރުން ތިބެން ވީޔޯ ތިއީ ފަހެ ޖޯކެއްތަ!؟ ބުނަންތަ ކަލޭމެންނަކައް ނުކުރެވޭނެ އެއްކަމެއްވެސް ހަނދާން ނައްތާލާ ^
މިވާނީ ނާހިދުގެ ކަމަކަށް
މުޅި ދުނިޔޭގަވެސް އުޅޭ އެންމެ ބޮޑާވާ މީހުން އުޅޭނީ މިދެރަށުގަ
އައްޑޫސިޓީ ބައިބައި ކުރަން ނޫޅޭ ޕްލީޒް!
ފޭދޫ ވެސްވަކިވާންވީ
އައްޑޫ ރައްޔިތުން މިހާރު އެންމެ ބޮޑަށް ބޭނުންވާ ކކކަމަ ކީ ހިތަދޫ އާއި ހުޅުމީދޫ ބުރިޖަ ކުން ގުޅާލަ ދެއްވުމަށް. މިސަރު ކާރު ގެނައުމަށް އެންމެ ބޮޑަށް މަސައް ކަތް ކުރި އަތޮޅު. ރައީސް ސޯލިހް އަރިހުން އަޅުގަނޑުމެން އެދެނީ ވީހާވެސް އަވަހަ ކަށް ބުރިޖުގެ މަސައް ކަތް ފައްޓަވައި ދެއްވުން.
ސުވާލަކީ އެކަން އެގޮތަށް ކުރެވިދާނެ ބާވައެވެ. ނުވަތަ ސަރުކާރުން އެކަން ކޮށްފާނެބާއެވެ. އެހެންނެއްވެސް ނުވާނެއެވެ. މާނައަކީ، ވަކިވާން އެދިފައިއެވާ ސިޓީގެ ނުވަތަ ލިޔުމުގެ މާނަ އޮޅުވާލަނީއެވެ. އަޅުގަނޑަށް ތިބުނާ ޕެޓިޝަނުގެ މާނައަކީ އައްޑޫ އަތޮޅުގެ ގުޅާލާފައިވާ ރަށްތަކާއި ވަކިން އޮންނަ ދެރަށް އެކި ކަންތަށް ތަކުގައި ގިނަ ތަފާތު ކުރުންތައް ހުރިކަމެވެ. ވަކިން ޚާއްސަކޮށް ތަރައްޤީގެ ތަރައްޤީގެ އެކި މަޝްރޫޢު ތަކަށް ބާލާލީމަ އެކަން އެނގެއެވެ. އަދި ވަކިވާން އެދިފައިވާ ދެރަށުގެ ރައްޔިތުން، ވެރިރަށް ހިތަދޫއަށް އެކިކަންކަމުގައި ކުރަންޖެހޭ ދަތުރުތަކަކީ ފަސޭހަ ކަމެއްނޫންކަން ހަމަ ޔަޤީނެވެ.